ދިއިސްލާމް އެމެރިކާގައި ކީރިތި ރަސޫލާއަށް އިހާނެތި ބަސް ރައްދުވާގޮތަށް ފިލްމެއް ތައްޔާރުކުރުމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފި

އެމެރިކާގައި ކީރިތި ރަސޫލާއަށް އިހާނެތި ބަސް ރައްދުވާގޮތަށް ފިލްމެއް ތައްޔާރުކުރުމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފި

އެމެރިކާގައި ކީރިތި ރަސޫލާއަށް އިހާނެތި ބަސް ރައްދުވާގޮތަށް ފިލްމެއް ތައްޔާރުކުރުމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އެތައް މުސްލިމުނެއް ޖަމައުވެއްޖެއެވެ.  މި އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ  ސެޕްޓެމްބަރު 11 ފާހަގަކުރުމުގެ ގޮތުން ބައިދަނޑިއަށް ތިރިކޮށްފައިވާ އެމެރިކާގެ ދިދަ ބާލައި، އޭގެ ބަދަލުގައި ތައުހީދުގެ ދިދަ ނަގާފައެވެ.

މިއެއްވުމަކީ އެމެރިކާއިން ކީރިތި ރަސޫލާއަށް އިހާނެތި ބަސް ރައްދުވާގޮތަށް  ފިލްމެއް ތައްޔާރުކުރުމުގެ ސަބަބުން އެކަމާ ނުރުހުންތެރިކަމާއި ދެކޮޅުވެރިކަން ފާޅުކުރުމަށް އެއްވި އެއްވުމެކެވެ. އެ ފިލްމުގެ ޕްރޮޑިއސަރުންގެ ތެރޭގައި ކީރިތި ޤުރުއާނުގެ މުޞްހަފްތަކެއް އެންދިކަމަށް ބުނާ މީހަކުވެސް ހިމެނެއެވެ.

އެއްވުން ކުރިއަށް ދިޔަ ވަގުތުވެސް އެމްބަސީގެ ވަށައިގެން ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ، ނަމަވެސް އެއްވުމުގެ ބައިވެރިންނާއި ފުލުހުންނާދެމެދު އެއްވެސް ކުރިމަތިލުންތަކެއް ހިނގިކަމުގެ ޚަބަރުލިބިފައެއް ނުވެއެވެ.

އެމެރިކާއަކީ މީގެ ކުރިންވެސް  އިސްލާމް ދީނާއި ދެކޮޅަށް މިފަދަ އެތަކެއް އަމަލުތަކެއް ހިންގާފައެވެ. މިގޮތުން އަފްގާނިސްތާނުގައި ކީރިތި ޤުރުއާނުގެ މުޞްހަފުތަކެއް އެންދި އެންދުން ފާހަގަ ކޮށްލެވެއެވެ. އިސްލާމް ދީންދެކެ ލޯބިވާ، މިފަދަ ކަންކަމާއި ދެކޮޅުހަދައި،ފާޅުގައި ނިކުންނަން ކެރޭ ހިތްވަރުގަދަ ފަހުލަވާނުން ތިބިކަން މިފަދަ ކަންތައްތަކުން ހާމަވެގެންދެއެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.