ދުނިޔެ ސޫރިޔާގެ އިންސާނީ ޙައްޤުތަކާއިބެހޭ މަންދޫބު އިދިކޮޅުފަރާތްތަކާ ގުޅިއްޖެ

ސޫރިޔާގެ އިންސާނީ ޙައްޤުތަކާއިބެހޭ މަންދޫބު އިދިކޮޅުފަރާތްތަކާ ގުޅިއްޖެ

ސޫރިޔާގެ އިންސާނީ ޙައްޤުތަކާއިބެހޭ މަންދޫބު އިދިކޮޅުފަރާތްތަކާ ގުޅިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އދ.ގެ އިންސާނީ ކަންތައްތަކާއިބެހޭ ކައުންސިލަށް ކަނޑައަޅާފައި ހުންނަ ސޫރިޔާގެ މަންދޫބު ދާނީ އަލްބަޢާޖް އިދިކޮޅުފަރާތްތަކާ އިއްޔެ ގުޅިއްޖެއެވެ.

ސޫރިޔާގެ އިންސާނީ ޙައްޤުތަކާއިބެހޭ މަންދޫބު ހާމަކުރިގޮތުގައި އޭނާ އިދިކޮޅުފަރާތްތަކާއި ގުޅުނީ ސަރުކާރުގައި ހުރެގެން ސޫރިޔާގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ނުކުރެވޭނެކަމުގައި ހީވުމުގެ ސަބަބުންނެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމުގެ ރައްޔިތުން ރައްކާތެރިކުރާނެ ގޮތެއް ހޯދުން. އެއްވެސް ހާލެއްގައި ސަރުކާރު ރަައްކާތެރިކުރުމެއް ނޫން،" އަލްބަޢާޖް މީޑިއާއަށް މަޢުލޫމާތުދީފައިވެއެވެ.

އަލްބަޢާޖް އިތުރަށް ހާމަކުރިގޮތުގައި އޭނާވަނީ އިދިކޮޅުފަރާތްތަކާއި ގުޅެން މާކުރީއްސުރެވެސް ނިންމާފައެވެ. އެގޮތުން ޕެރިސްގައި ހަރަކާތްތެރިވަމުން އަންނަ އިދިކޮޅު ޖަމާޢަތެއްކަމުގައިވާ ޑިމޮކްރެޓިކް ފޯރަމްއާއި އޭނާ ގުޅުން ބާއްވަމުން އަންނަތާ މިހާރު އެތަކެއް ދުވަހެއްވެފައިވާކަމަށްވެސް އޭނާ ބުނެއެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަފަށާފައިވާ މިދުވަސްކޮޅުގައި ފަހަކަށް އައިސް ސޫރިޔާގެ ސަރުކާރުގެ ގިނަ ފަރާތްތަކާއި އަސްކަރިއްޔާގެ ގިނަބަޔަކު ދަނީ އިދިކޮޅު ފަރާތްތަކާއި ގުޅެމުންނެވެ. އެގޮތުން ދާދިފަހުން އެޤައުމުގެ ބޮޑުވަޒީރު ރިޔާޒް ހިޖާބްވެސްވަނީ އިދިކޮޅުފަރާތްތަކާއި ގުޅިފައެވެ.

ސޫރިޔާގެ މަސްރަޙް ދިރާސާކުރާ ގިނަ ފަރާތްތަކުން ހާމަކުރާގޮތުގައި ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓެން ދެން މާގިނަ ދުވަހެއް ނެތްކަމަށެވެ. އަދި ބައްޝާރުލް އަސަދުގެ އަނިޔާވެރި ސަރުކާރު މިހާރުވަނީ ކަރުތާފެނުގައި ކަމުގައިވެސް އެފަރާތްތަކުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.