ޕާސްކިތާނުގެ އަސްކަރިއްޔާއިން ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން އެޤައުމުގެ ހުޅަނގުއުތުރުގެ ޤަބީލާ ސަރަހައްދަށް ވައިގެމަގުން ދިން ހަމަލާތަކެއްގައި ހަނގުރާމަވެރިންގެ 10 މީހަކު މަރުވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
އަސްކަރިއްޔާއިން މިހަމަލާދީފައިވަނީ ޤަބީލާ ސަރަޙައްދުގެ ތިން އަވަށަކަށެވެ. މިހަމަލާތަކާއި ގުޅިގެން އެޤައުމުގެ ސަލާމަތީ ބާރުންވަނީ އެސަރަޙައްދުތަކުގައި ކަރފިއުއެއް ހިންގާފައެވެ.
އަސްކަރިއްޔާއިން މިހަމަލާދީފައިވާއިރު އަފްޣާނިސްތާނުގެ ބޯޑަރުކައިރުން ވަޒަރިސްތާނުގައި ހަނގުރާމަވެރިން ދިން ބޮމުގެ ހަމަލާއެއްގައި ޕާކިސްތާނު ސިފައިންގެ ތިން މީހަކު ވަނީ މަރުވެފައެވެ.
ހަނގުރާމަވެރިންގެ މިހަމަލާ ދީފައިވަނީ އުތުރު ވަޒަރިސްތާނުގެ މިރާންސާ އަވަށަށް އަސްކަރިއްޔާގެ ޤާފިލާއެއް މިރާލީ އަވަށުން ދަތުރުކުރަމުން ދިޔަ މަގުމަތީގައެވެ. މިހަމަލާގައި ތިން މީހަކު މަރުވެފައިވާއިރު އިތުރު ތިން މީހަކަށްވަނީ އެކިވަރުގެ ޒަޚަމްތައްވެފައެވެ.
ޓެރަރިޒަމްއާއި ދެކޮޅަށްކަމަށް ބުނެ އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގައި 2001 ވަނަ އަހަރު ޕާކިސްތާނު ސަރުކާރުން އެމެރިކާއަށް އެއްބާރުލުންދިނުމަށް އެއްބަސްވިފަހުން ޕާކިސްތާނުގެ 35000 މީހުން މިފަދަ އެކި ހަމަލާތަކުގައި މަރުވެފައިވާކަމަށް ޕާކިސްތާނުގެ މީޑިއާއިން ހާމަކުރެއެވެ.

















advertisment
ޚިޔާލު