ދުނިޔެ ފިލިޕީންސްގެ މެނީލާގައި ފެންބޮޑުވެ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ

ފިލިޕީންސްގެ މެނީލާގައި ފެންބޮޑުވެ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ

ފިލިޕީންސްގެ މެނީލާގައި ފެންބޮޑުވެ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފިލިޕީންސްއަށް ކުރަމުން އައި ގަދަ ވިއްސާރައިގެ ސަބަބުން އެޤައުމުގެ ވެރިރަށް މެނީލާއާއި އަދި ކައިރި ރަށްތަކުގައި ފަސްފޫޓަށްވުރެ ފުންމިނަށް ފެންބޮޑުވެ ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ބޭރުގެ ޚަބަރުފަތުރާ ވަސީލާތްތަކުން ހާމަކުރާގޮތުގައި ބޯކޮށްވާރޭވެހުމުގެ ސަބަބުން މެނީލާއާއި އަދި އެސިޓީގެ ކައިރި ރަށްތަކުގެ 80 އިން ސައްތަވަނީ ފެނުއަޑީގައެވެ. ފިލިޕީންސްއަށް ކުރިމަތިވެފައިވާ މިކާރިޘާގައި މިހައިތަނަށް 20 މީހުން މަރުވެފައިވާއިރު ގެދޮރު ހަލާކުވުމުގެ ސަބަބުން އެތަކެއް ބަޔަކުވަނީ ޙާލުގައި ޖެހިފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ގިނަ ރައްޔިތުން މިހާރު ދިރިއުޅެމުންގެންދަނީ ގެތަކުގެ ފުރާޅުމަތީގައިއާއި ޓެރަސް މަތީއެވެ. އަދި ރަށުތެރޭގައި ދަތުރުފަތުރުކުރަނީ ލޯންޗުފަހަރުގައިއާއި ބޯޓުފަހަރުގައި ކަމަށް ޚަބަރުތަކުން ހާމަކުރެއެވެ.

ފިލިޕީންސްއަކީ ފެންބޮޑުވުމުގެ ހާދިސާތަށް ދޭތެރެ ދޭތެރެއިން ކުރިމަތިވަމުން އަންނަ ޤައުމެކެވެ. މިއަހަރުގެ ކުރީކޮޅުގައި ފިލިޕީންސްގެ ގިނަ ސަރަހެއްދެއްގައި ފެންބޮޑުވެފައިވާއިރު 2009 ވަނަ އަހަރު އެޤައުމުގައި ފެންބޮޑުވުމުގެ ސަބަބުން އެތަކެއް މިލިއަން ރައްޔިތުންގެ ގެދޮރުގެއްލި އެތަކެއްބަޔަކުވަނީ މަރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.