ދުނިޔެ ފަޤީރުންނަށް އެހީގެގޮތުގައި 1.36 ބިލިއަން ރިޔާލު ސައުދީ ރަސްގެފާނު ބައްސަވައިފި

ފަޤީރުންނަށް އެހީގެގޮތުގައި 1.36 ބިލިއަން ރިޔާލު ސައުދީ ރަސްގެފާނު ބައްސަވައިފި

ފަޤީރުންނަށް އެހީގެގޮތުގައި 1.36 ބިލިއަން ރިޔާލު ސައުދީ ރަސްގެފާނު ބައްސަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދި ޢަރަބިޔާގެ ފަޤީރު އަދި މިސްކީނު އާއިލާތަކަށާއި ފަރުދުންނަށް ރޯދަމަހުގެ ބޭނުންތައް ފުއްދައިދިނުމުގެ ގޮތުން އެހީގެގޮތުގައި 1.36 ބިލިއަން ރިޔާލު ދެޙަރަމްގެ ޚާދިމް ޢަބްދުﷲ ރަސްގެފާނު ބައްސަވައިފިއެވެ.

ސައުދީ ރަސްގެފާނުގެ މިދީލަތިކަމުގެ ސަބަބުން އެޤައުމުގެ އުމުރުންދުވަސްވީ މީހުންނާއި، ހުވަފަތް އަންހެނުންނާއި، އެކަނިވެރި މައިންނާއި، ޔަތީމުންނަށް ވަރަށް ބޮޑު މާލީ އެހީތެރިކަމެއް ލިބިގެންދާނެކަމަށް އިޖްތިމާޢީ ކަންތައްތަކާއި ބެހޭ ވަޒީރު ޔޫސުފް އަލްޢުޘައިމީން ވިދާޅުވިއެވެ.

ސީރިޔާގެ ރެފިއުޖީންނަށްވެސް ސައުދީ ރަސްގެފާނުވަނީ މިފަދަ ދީލަތި އެހީފުޅެއް ދާދިފަހުން ވެދެއްވާފައެވެ. ޔުނެސްކޯއިން މިކަން ފާހަނގަކޮށްވަނީ ސައުދީ ރަސްގެފާނަށް ވަރަށް ބޮޑަށް ތަޢުރީފްކޮށްފައެވެ.

"ސައުދީ ރަސްގެފާނުގެ މިފަދަ ޕްރޮޖެކްޓްތަކުގެ ދަށުން ފަލަސްތީން، ސޯމާލިޔާ، ލުބުނާން، އަފްޣާނިސްތާން އަދި ޕާކިސްތާނަށްދަނީ އަބަދުވެސް މިފަދަ މާލީ އެހީތެރިކަން ލިބެމުން. މިއީ ތަޢުރީފް ޙައްޤުކަމެއް،"  ގަލްފް ސަރަޙައްދުގެ ޔުނެސްކޯގެ މަންދޫބު އިބްރާހިމް އަލްޒައިގް ހާމަކުރިއެވެ.

ސައުދީ ސަރުކާރުން ސީރިޔާގެ މުސްލިމު ރައްޔިތުންނަށް އެހީވުމަށް ފޮނުވި ފުރަތަމަ ޤާފިލާވަނީ ބުރާސްފަތިދުވަހު ފުރާފައެވެ. 43 ލޮރީހިމެނޭ މިޤާފިލާވަނީ އާދީއްތަދުވަހު އުރުދުންއާ ހަމައަށް ވާޞިލްވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.