ދުނިޔެ މިޞްރުގެ ބޮޑުވަޒީރު ކެބިނެޓު އެކުލަވާލައިފި

މިޞްރުގެ ބޮޑުވަޒީރު ކެބިނެޓު އެކުލަވާލައިފި

މިޞްރުގެ ބޮޑުވަޒީރު ކެބިނެޓު އެކުލަވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ ބޮޑުވަޒީރު ހިޝާމް ޤަންދިލް އާސަރުކާރުގެ ކެބިނެޓް އެކުލަވާލައިފިއެވެ.

ނައިލް ނިއުސް ޗެނަލްއިން ހާމަކުރާގޮތުގައި ބޮޑުވަޒީރު ޤަންދިލްވަނީ ކެބިނެޓަށް ހޮައްވަވާފައިވާ މިނިސްޓަރުންގެ ނަންތައް ރަސްމީކޮށް އިޢުލާންކުރެއްވުމުގެ އިއްޔެ އެކުލަވާލެވުނު އާކެބިނެޓުގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.

މިލިޓަރީ އޮފިސަރަކު އޭއެފްޕީއަށް މަޢުލޫމާތުދެއްވިގޮތުގައި މިޞްރުގެ މިހާރުގެ ސަރުކާރުގެ އިއްޔެ އެކުލަވާލެވުނު ކެބިނެޓުގެ ޑިފެންސް މިނިސްޓަރަކަށް އައްޔަނުކުރައްވާފައިވަނީ ކުރީ ސަރުކާރުގެވެސް ޑިފެންސް މިނިސްޓަރުކަމުގެ މަޤާމް ފުރައްވާފައިވާ އަދި ހުސްނީ މުބާރަކުގެ ސަރުކާރު ވެއްޓުމުން އެޤައުމުގެ ވެރިކަން ކުރައްވާފައިވާ އަރމީ ކޮމާންޑަރ ފީލްޑް މަރޝަލް ހުސައިން ތަންތާވީއެވެ. އަދި މީގެ އިތުރުން ކުރީ ސަރުކާރގެ ފިނޭންސް މިނިސްޓަރ މުމްތާޒް އައްސައީދުއާއި އަދި ފޮރިން މިނިސްޓަރ މުޙައްމަދު ކާމިލް އަމްރުވެސް އައު ސަރުކާރުގަވެސް އެމަޤާމްތަކުގައި ދެމިތިއްބަވާނެއެވެ.

އިންޓީރިއަރ މިނިސްޓަރުކަމުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ކުރީގެ ޑެޕިއުޓީ އިންޓީރިއަރ މިނިސްޓަރ އަޙްމަދު ޖަމާލުއްދީނެވެ.

އެޑިއުކޭޝަން މިނިސްޓަރުކަމަށާއި އަދި ހައުސިންގ މިނިސްޓަރުކަމަށް އައްޔަނުކުރައްވާފައިވަނީ ވެރިކަންކުރާ ޕާޓީ، އިޚްވާނުލް މުސްލިމީންގެ ޢަދާލާތު ޕާޓީގެ މުސްތަފާ މުސާދުއާއި ތާރިޤް ވާފިޤްއެވެ.

ބޮޑުވަޒީރު ޤަންދިލް ވިދާޅުވިގޮތުގައި އާސަރުކާރުގެ ކެބިނެޓުގައި ހިމެނޭނީ މުޅިންވެސް ތަޢުލީމީގޮތުންނާއި އަދި ފަންނީގޮތުން އެކަމަށް އެންމެޤާބިލް ތަޖުރިބާކާރުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.