ދުނިޔެ 18 އަހަރުން ދަށުގެ ކުދިންނަށް ސިގެރޭޓުވިއްކުން ސައުދީޢަރަބިޔާގައި މަނާކޮށްފި

18 އަހަރުން ދަށުގެ ކުދިންނަށް ސިގެރޭޓުވިއްކުން ސައުދީޢަރަބިޔާގައި މަނާކޮށްފި

18 އަހަރުން ދަށުގެ ކުދިންނަށް ސިގެރޭޓުވިއްކުން ސައުދީޢަރަބިޔާގައި މަނާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

18 އަހަރުން ދަށުގެ ކުދިންނަށް ސިގެރޭޓުވިއްކުން ސައުދީޢަރަބިޔާގައި މަނާކޮށްފިއެވެ. އެޤައުމުގެ އިންޓީރިއަރ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި ސައުދީ ޢަރަބިޔާގެ އެއްވެސް ސަރަހައްދެގައި 18 އަހަރުން ދަށުގެ ކުދިންނަށް ސިގެރޭޓުވިއްކުމަކީ މަނާކަމަކެވެ.

18 އަހަރުން ދަށުގެ ކުދިންނަށް ސިގެރޭޓު ވިއްކާ މީހުންނާއި ދެކޮޅަށް އެންމެ އެކަށޭނެ ފިޔަވަޅު އެޅުމަށް އިންޓީރިއަރ މިނިސްޓްރީން ނެރެފައިވާ މިބަޔާނުގައި ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ.

އަމީރު އަޙްމަދު ބިން ޢަބްދުލްޢަޒީޒްވެސް ވަނީ ސަރުކާރުގެ އިމާރާތްތަކުގައިއާއި އަދި ބަންދުކޮށްފައިތިބޭ ރެސްޓޯރަންޓް އަދި ކެފޭތަކުގައިި ދުންފަތުގެ އިސްތިއުމާލުކުރން މަނާކޮށްފައެވެ.

"އަޅުގަނޑުމެންނަކީ އިސްލާމީ ދައުލަތެއް. ޝަރީޢަތަށް އިޚްތިރާމްކުރުމުގައި އެހެން ޤައުމުތަކަށް ނަމޫނާއަކަށްވުމީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް. އަދި ޝަރީޢަތުގައި އިންސާނާގެ ނަފްސާއި އާންމު ސިއްޙަތު ރައްކާތެރިކުރުމަށްވަނީ ބާރު އަޅުއްވާފަ،" އަމީރު އަޙްމަދު ވިދާޅުވެފައިވެއެވެ.

ސައުދީޢަރަބިޔާގެ މައްކާއަދި މަދީނާގައި ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މަނާކަމެކެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުންޖެހޭ ބަލިތަކުގެ ޝިކާރަކަށްވެފައިވާ މީހުންގެ ބޭސްފަރުވާގެ ހުރިހާކަމެއް ސިގެރޭޓު އުފައްދާ ކުންފުނިތަކުން ދައްކަންޖެހޭނެކަމަށްބުނެ ސައުދީ ސަރުކާރުންވަނީ ވަރަށްފަހު އެކުންފުނިތަކާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.