ދުނިޔެ އުތުރު ކޮރެއާގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

އުތުރު ކޮރެއާގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

އުތުރު ކޮރެއާގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޖުލައި މަހު އުތުރު ކޮރެއާގެ އެކި ހިސާބު ތަކުގައި ފެންބޮޑުވުމުގެ ސަބަބުން 88 މީހުން މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ނެތި ދަނޑު ބިންތައް ހަލާކުވެގެން ހިގައްޖެކަމަށް މީޑިއާތަކުން ޚަބަރު ފަތުރައެވެ.

" ހަފްތާއެއްވަންދެން ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މީހުންނަށާއި ދިރިއުޅުމަށް ބޭނުންކުރާ ސާމާނުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ." ހޮނިހިރު ދުވަހު ޕިޔޮންގްޔެންގް ނިއުސް އެޖެންސީގެ އޮފިޝަލަކު ހާމަކުރިއެވެ.

ޖުލައި 18 ވަނަ ދުވަހުން ފެށިގެން  ކުރިމަތުވަމުން އައި ފެންބޮޑުވުމުގެ ސަބަބުން 134 މީހަކު އެކިވަރުގެ ޒަޚަމްތައްލިބި 63000 މީހުންގެ ގެދޮރުވަނީ ހަލާކުވެ ނެތިގޮސްފައިކަމަށް ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީއިން ޚަބަރުދެއެވެ. މިކާރިޘާގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ސައުތު ޕްޔޮންގަން ސަރަހައްދުގެ ދެއަވަށެއްގައެވެ. އެދެއަވަށަށް މިދިޔަ ހޯމަ އަދި އަންގާރަދުވަހު ވަނީ ބޮޑު ތޫފާނެއް އައިސްފައެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީއިން އިތުރަށް ހާމަކުރާގޮތުގައި މިފެންބޮޑުވުމުގައި 30000 ހެކްޓަރުގެ ދަނޑުބިންވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.