ރިޕޯޓް ދީނީ މިނިވަންކަމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން ރާއްޖޭގައި އޮންނަންޖެހޭނެބާ؟

ދީނީ މިނިވަންކަމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން ރާއްޖޭގައި އޮންނަންޖެހޭނެބާ؟

ދީނީ މިނިވަންކަމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން ރާއްޖޭގައި އޮންނަންޖެހޭނެބާ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދީނީ މިނިވަންކަމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން ރާއްޖޭގައި އޮންނަންޖެހޭނެބާ؟" މިއީ ހަގީގަތުގައިވެސް ދިވެހިންގެ ތެރޭގައި ބަހުސް ކުރެވިގެންވާނޭ މައުލޫއެއް ނޫނެވެ. ސަތޭކަ ޕަސެންޓް މުސްލިމް ޤައުމެއްގައި މިފަދަ ކަންކަމަށް ހިތްވަރު ދީ ވާހަކަ ދެކެވިގެންވެސް ނުވާނެއެވެ. އަދި އަމުދުން ބޭރުގެ ފަރާތްތަކުން މިފަދަ ކަންކަމަށް ގޮވާލެވިގެންވެސް ނުވާނެއެވެ.

ދާދިފަހުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައި ގޮވާލާފައިވަނީ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުރުން ރާއްޖޭގައި ކުރިއަށް ގެންގޮސްފައި ވަނީ ރޭވުންތެރިކަމާއެކު ނިޒާމެއްގެ ތެރެއިން ކަމަށާއި އެފަދަ ހާދިސާގެ ތެރެއިން މިހާތަނަށް ތަހުގީގުކުރެވިފައި ވަނީ ވަރަށް މަދު ހާދިސާތަކެއްކަމުން އެކަމާ މެދު ކޮމިޓީން ކަންބޮޑުވާ ކަމަށެވެ. އަދި މިރިޕޯޓްގައި ވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ މަރުގެ އަދަބު އުވާލުމަށް އ.ދ އިން ވަނީ ރާއްޖެއަށް ގޮވާލާފައެވެ. ދީނީ މިނިވަންކަމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން ރާއްޖޭގައި އޮންނަން ޖެހޭނެކަމަށްވެސް އ.ދ އިން ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުންދާ ދަނޑިވަޅެއްގައި އދ އިން މިއާންމު ކުރި ރިޕޯޓްގެ ސަބަބުން ދިވެހިންގެ ތެރޭގައި ވަނީ ކަންބޮޑުވުން އިތުރު ވެފައެވެ. ޒަމާނުންސުރެއް ދިވެހިން އަމިއްލަ އިޚްތިޔާރުގައި އިސްލާމް ދީން އިޚުތިޔާރުކޮށްގެން ތިބީ އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ. މިހެން ތިއްބާ ދުނިޔޭގެ މަސްލަހަތައް އުފައްދާފައިވާ އދ އިން މިފަދަ ގޮވާލުމެއް ގޮވާލުމުން އދ އާއި މެދު ދިވެހިންގެ މެދުގައި ވަނީ ނުރުހުން އާންމުވެފައެވެ. ދިވެހިންގެ އުޅެންވީ ދީނެއް ދިވެހިން ތަބާވާންވީ ޝަރީއަތެއް ބޭރުގެ އެއްވެސް ނުފޫޒަކަށް ކަނޑައެޅުމުގެ ބާރު ލިބިފައިނުވާއިރު އދ ގެ މިގޮވާލުމަށް ދިވެހިން ތިބީ ޖަވާބު ދާރީ ވާން ފިސާރި ކެރިގެންނެވެ.

ދީނީ މިނިވަންކަމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން ރާއްޖޭގައި އޮންނަންޖެހޭނެކަން ޤަބޫލުކުރަނީ ދިވެހިންގެ ތެރޭގައި ތިބި މުސްލިމް ނަން ކިޔާ މަދު ބައެކެވެ. އެއީ ނިސްބަތުން ވަރަށް މަދު ބައެކެވެ. އެބައެއްގެ އަޤީދާގެ ބަލިކަށިކަމުންނާއި ޖާހިލުކަމުންނާއި އަމިއްލަ އެދުމެއްގެ ސަބަބުން ސިއްރުން ކާފަރުކަމުގައި ތިބުމަކީ ޤައުމުގެ ޤާނޫނު ބަދަލުކުރަންޖެހޭނެކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނު ބުނާ ގޮތުން މުސްލިމަކަށް ނޫނީ 'ދިވެއްސެކަށް' ނުވެވޭނެއެވެ. އެހެންކަމުން ދަންނަވަންޖެހެނީ މުސްލިމު ނޫން މީހަކީ ދިވެއްސެއް ނޫންކަމެވެ.

މިޤައުމުގައި އިސްލާމީ ވަހުދަތު ބޭރުގެ ނުފޫޒުތައް ރުހުނަސް ނުރުހަނަސް ދެމިއޮންނާނެއެވެ. ދިވެހި ދިދަ ދިވެހި ޖައްވުމުގައި ވިހުރެމުންދާނީ އިސްލާމީ މުޖުތަމައެއްގެ ގޮތުގައެވެ. ބޭރުގެ ނުފޫޒުތަކުން އެކަން ހަޖަމް ނުވިސްވެހެވެ. ދިވެހިންގެ ރޫހު ހުރީ ދީނީ މިނިވަންކަމަށް ގޮވާލާ މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ދިނުމާއި އެއްޖިންސުންގެ ގުޅުން ހިންގާ މީހުން އުސްތަނަކުން ވައްޓާ މަރާލުމާއި މަރަށް މަރު ހިފާ މީހުންނަށް މަރުގެ އަދަބު ދިނުމަށެވެ. މާދުރުން ހޯރަ އަޅަމުން ދާ އަލިފުދާލަކުން ބުނާހާ ކަމަކަށް ދިވެހިން ބޮލެއް ނުލަނބާނެއެވެ. ދިވެހިންނަކީ 'އިސްލާމް ދީނުގެ ދިފާއުގައި"' އަބަދުވެސް ނުކުންނަން ތައްޔާރައް ތިބޭނެ ބައެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.