ދުނިޔެ ސީރޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރެއް އިދިކޮޅުފަރާތްތަކާއި ގުޅިއްޖެ

ސީރޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރެއް އިދިކޮޅުފަރާތްތަކާއި ގުޅިއްޖެ

ސީރޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރެއް އިދިކޮޅުފަރާތްތަކާއި ގުޅިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރެއްކަމަށްވާ އިޚްލާޞް ބަދަވީ އިދިކޮޅުފަރާތްތަކާއި އިއްޔެ ގުޅިއްޖެއެވެ.

އިދިކޮޅުފަރާތްތަކުން ޤާއިމްކޮށްފައިވާ ސީރިޔަން ނެޝަނަލް ކައުންސިލްގެ މެމްބަރެއްކަމުގައިވާ ސާމިރް ނައްޝާރު ހާމަކުރާގޮތުގައި ޙަލަބްގެ އުތުރު ޕްރޮވިންސަކަށް ނިސްބަތްވާ އިޚްލާޞް ބަދަވީ މިހާރު ވަނީ ތުރުކީގައިކަމަށާއި އަދި ވަރަށް އަވަހަށް ޤަތަރަށް ފުރާނެކަމަށެވެ.

"އަޅުގަނޑު މިހާރު މިހިރީ ބައްޝާރުގެ އަނިޔާވެރި ވެރިކަމުންވަކިވެގެން އައިސް ތުރުކީގައި...އެހެނީ ސަރުކާރުން އެދަނީ އަޅުގަނޑުގެ ޤައުމު ހަލާކުކޮށް އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުން ކަތިލަމުން،" އިޚްލާޞް ބަދަވީ ސްކައި ނިއުސް އަރަބިޔާ އަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

ބަދަވީއަކީ ސުންނީއެއް ކަމުގައި ވިނަމަވެސް އޭނާއަކީ ސީރިޔާގެ ބަޢަޘް ޕާޓީއަށް ކުރީގައި ނިސްބަތްވާ މެމްބަރެއްކަމުގައި ޚަބަރުތަކުން ހާމަކުރެއެވެ. ބަޢަޝް ޕާޓީއަކީ ބައްޝާރުލް އަސަދުގެ ބައްޕަ ރައީސް އަސަދުގެ ޢަލަވީ ނުޞައިރީންގެ ވެރިކަން ސީރިޔާއަށް ގެނައި ޕާޓީއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.