އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާއި ދެކޮޅަށް އިއްޔެ ތެލްއަވީވްގައި އިޒްރޭލުގެ ބަޔަކު ކުރަމުން ދިޔަ މުޒާހަރާގައި ޔަހޫދިޔަކު އަމިއްލައަށް ގައިގައި ރޯކޮށްލައިގެން މަރުވިދާ ދުދަވަސް ނުވަނީސް ޔެހޫދް ސިޓީގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި އަނެއްކާވެސް ޔަހޫދީއަކު އަމިއްލައަށް ގައިގައި އަލިފާން ރޯކޮށްލައިފިއެވެ.
45 އަހަރުގެ ނުކުޅެދޭ މިމީހާ އަމިއްލަގައިގައި އަލިފާން ރޯކޮށްލާފައިވަނީ ޓެލްއަވީވާއި 15 ކިލޯމީޓަރު ދުރުގައިވާ ޔެހޫދުގެ ބަސް ސްޓޮޕެއްކައިރީގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައެވެ. އިޒްރޭލުގެ ސިއްހީދާއިރާގެ ކަމާބެހޭފަރާތްތަކުން ހާމަކުރާގޮތުގައި މިމީހާގެ ގައިގެ 80 އިން ސައްތަ ވަނީ ފިހިފައެވެ.
މިމަހު 14 ވަނަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރާއި ދެކޮޅަށް އިޒްރޭލުގެ ފަޤީރުންތައް ކުރިއަށް ގެންދިޔަ މުޒާހަރާގައި އަމިއްލައަށް ގައިގައި ރޯކޮށްލާފައިވާ 57 އަހަރުގެ މޯޝޭ ސިލްމަން ވަނީ ހޮސްޕިޓަލުގައި ބޭސްކުރަމުންދަނިކޮށް މީގެ ދެދުވަސް ކުރިން މަރުވެފައެވެ.
ސިލްމަންގެ ހަދާނުގައި ތެލްއަވީވްގައި ވަނީ ބޮޑު އެއްވުމެއްވެސް ބާއްވާފައެވެ. މިއެއްވުމުގައި ބައިވެރިވި ބަޔަކު ވަނީ ތެލްއަވީވްގެ ނެޝަނަލް އިންޝުރަންސް އިންސްޓިއުޓްގައި ރޯކޮށްލާފައެވެ. އެމީހުން ތުހުމަތުކުރާގޮތުގައި ސިލްމަންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އެ އިންސްޓިއުޓުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...