އޭޝިއާ މުއްސަނދި މުސްލިމް ގައުމުތަކުން އެކަށީގެންވާ ގޮތެއްގައި އެހީ ނުދޭތީ އުސާމާ ބިން ލާދިން ފާޑުކިޔައިފި

މުއްސަނދި މުސްލިމް ގައުމުތަކުން އެކަށީގެންވާ ގޮތެއްގައި އެހީ ނުދޭތީ އުސާމާ ބިން ލާދިން ފާޑުކިޔައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

މުއްސަނދި މުސްލިމް ގައުމުތަކުން އެކަށީގެންވާ ގޮތެއްގައި އެހީ ނުދޭތީ އުސާމާ ބިން ލާދިން ފާޑުކިޔައިފިއެވެ.

އުސާމާ ބިންލާދިން މިކަމަށް ފާޑު ކިޔާފައިވަނީ މިދިޔަ ހުކުރު ދުވަހު ނެރެފައިވާ އޯޑިއޯ ކްލިޕެއްގައެވެ. އެމެރިކާގެ ‘ވޯންޓެޑް ލިސްޓް’ގެ އެންމެ ކުރީގައި ހިމެނޭ އުސާމާ ބިން ލާދިންގެ އޯޑިއޯ ކްލިޕްގައި ވިދާޅުވެފައިވަނީ، ” މުސްލިމް ޤައުމުތަކަށާއި އެހީދޭ ޖަމާޢަތްތަކުން މިކަމުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި އެހީގެ ކަންތައް އިންތިޒާމުކޮށް އަވަސްކުރުމަށް އެދިފައި”ވެއެވެ.

އުސާމާ ބިން ލާދިންގެ ވާހަކައިގައި “މިޒަމާނަށް އައިއިރު މޫސުމަށް އަންނަ ބަދަލުތަކުގެ އަނިޔާ ލިބިގެންވާ މިންވަރު މާބޮޑަށް މަތިވެފައިވާ’ކަން ފާހަގަ ކުރައްވާ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތްތަކަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ” ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިރެކޯޑިންގައި އުސާމާ ބުނެފައިވާ ގޮތުގައި ޕާކިސްތާނަށް ފެންބޮޑުވުމުގެ ކާރިސާ ކުރިމަތިވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަމުގައެވެ.

އެމެރިކާއިން ވަނީ ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ އެތެރޭގައި އެހީތެރިވުމަށް މުސްލިމު ޖަމާއަތްތަކުން ހަރަކާތްތެރިވަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުސްލިމު ޖަމާއަތްތަކުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެ އެމީހުންގެ ހިތްތައް ‘ފަތަހަ’ކުރަމުންދާތީ އެކަމާވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓެގް

ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.