ދުނިޔެ މަރަށް މަރުހިފުން އުވާލުމަށް އދ. ގެ ސެކްރެޓެރީ ޖެނެރަލް ބަންކީ މޫން ގޮވާލައިފި

މަރަށް މަރުހިފުން އުވާލުމަށް އދ. ގެ ސެކްރެޓެރީ ޖެނެރަލް ބަންކީ މޫން ގޮވާލައިފި

މަރަށް މަރުހިފުން އުވާލުމަށް އދ. ގެ ސެކްރެޓެރީ ޖެނެރަލް ބަންކީ މޫން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަރަށް މަރު ހިފުމުގެ އަދަބު އުވާލުމަށް އދ. ގެ ސެކްރެޓެރީ ޖެނެރަލް ބަންކީ މޫން ގޮވާލައިފިއެވެ.

"މަރަށް މަރު ހިފުމަކީ ޤާނޫނުގެ ދަށުން ކުރިކަމުގައިވިޔަސް  އަނބުރާ ގެނެވޭނެކަމެއް ނޫން،" އަންގާރަ ދުވަހު އދ. ގެ އިންސާނީ ޙައްޤުތަކާއިބެހޭ ހައިކޮމިޝަނަރ އިސްނަންގަވައިގެން ބޭއްވެވި ބައްދަލުވުމެއްގައި ބަންކީ މޫން ހާމަކޮށްފައިވެއެވެ.

2007 ވަނަ އަހަރު އދ. ގެ ޢާންމު މަޖިލީހުން މަރަށް މަރުހިފުން މަނާކުރުމަށް ގޮވާލުމުން ވަރަށް ގިނަ ދަޢުލަތްތަކުން ވަނީ މިކަމަށް އިޖާބަދީފައެވެ. މިގޮތުން އާޖެންޓީނާ، ބުރުންޑީ، ގަބޮން، ލެޓްވިޔާ، ޓޯގޯއަދި އުޒްބަކިސްތާން ފަދަ ޤައުމުތައް ހިމެނެއެވެ. 150 ޤައުމަކުން މަރަށް މަރުހިފުމުގެ އަދަބު އުވާލާފައިވާކަމަށާއި ނުވަތަ އެ އަދަބަކަށް ޢަމަލުނުކުރާކަމަށް އދ.އިން އާންމުކޮށްފައިވެއެވެ.

ކުށްކުރާ ކުޑަކުދިންނަށާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރަށް މަރުހިފުމުގެ ޙުކުމް އަދިވެސް ބައެއް ޤައުމުތަކުން ބޭނުންކުރަމުންދާ މައްސަލައާމެދު ބަންކީ މޫން ކަންބޮޑުވާކަމަށް އޭނާ ހާމަކުރިއެވެ.

ބަންކީ މޫން މަރަށް މަރު ހިފުމުގެ އަދަބު އުވާލުމަށް ގޮވާލައިފައިވާ މިދަނޑިވަޅަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މަރަށް މަރުހިފުމަށް ޤައުމުގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ގޮވާލައްވަމުންދާ ދަނޑިވަޅެކެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު، އުއްތަމަ ފަނޑިޔާރު، ހޯމްމިނިސްޓަރ އާއި އަދިވެސް މަޖިލީހުގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

މަރަށް މަރުހިފުމަކީ އިސްލާމްދީނުގައި ޙައްޤަކާއި ނުލާ މީހުން މަރާ މީހުންނަށް ކަނޑައެޅިފައިވާ ޢުޤޫބާތެވެ. އަދި އެއީ ދިރުން ލިބިގެންވާ ކަމެއްކަމުގައި މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. ﷲ ބާވައިލައްވާފައިވާ ޙުކުމްތަކަށް ފާޑުކިޔައި، އެއީ ކުރުން ރަނގަޅުކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ބަހުޘްކުރުމަކީ މީހާ ދީނުން ބޭރުވެދާނެކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.