ދިއިސްލާމް އީރާނުގެ ރައީސް އަހްމަދީނީޖާދަކީ ކުރީގައި ޔަހޫދީއެއް- ސީޔާސީ މުޙައްލިލުން

އީރާނުގެ ރައީސް އަހްމަދީނީޖާދަކީ ކުރީގައި ޔަހޫދީއެއް- ސީޔާސީ މުޙައްލިލުން

އީރާނުގެ ރައީސް އަހްމަދީނީޖާދަކީ ކުރީގައި ޔަހޫދީއެއް- ސީޔާސީ މުޙައްލިލުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އީރާނުގެ ރައީސް މަޙްމޫދް އަޙްމަދީނީޖާދަކީ ކުރީގައި ޔަހޫދީއެއްކަމަށް ސިޔާސީ ބައެއް މުޙައްލިލުން ހާމަކޮށްފިއެވެ.

މާޗް 2008 މަހުގެ އިންތިޚާބުގެ ދުވަސްވަރު ރައީސް އަޙްމަދީނީޖާދު އޭނާގެ އައިޑީކާޑު ހިފައިގެން ނަގާފައިވާ ފޮޓޯއިން މިކަން ވަރަށް ސާފުކޮށް އެނގިގެންދާކަމުގައި އެފަރާތްތަކުން ބުނެއެވެ.

އަޙްމަދީނީޖާދުގެ އައިޑީކާޑުން އޭނާގެ ނަމަކީ ކުރީގައި "ސަބޫރްޖިއާން" ކަމަށްް ހާމަވެގެންދެއެވެ. ސަބޫރްޖިއާން އަކީ ޔަހޫދީ ނަމެކެވެ. ސަބޫރްޖިއާންގެ މާނައަކީ ހެދުން ވިޔާމީހާކަމުގައި އެއްބަޔަކު ބުނާ އިރު އަނެއްބަޔަކު ބުނާގޮތުގައި ސަބޫރިޖިއާން އަކީ ދެބަހަކުން އުފެދިފައިވާ ނަމެކެވެ. އަދި އެނަމުގައިވާ ސަބޫރު ނިސްބަތްވަނީ ޔަހޫދީންގެ މުޤައްދަސް ސަބާތުއަށްކަމަށްވެސް އެފަރާތްތަކުން ހާމަކުރެއެވެ.

އަޙްމަދީނީޖާދުގެ އައިޑީކާޑުގައި ވާގޮތުން އެއާއިލާއިން ފަހުން އިސްލާމްދީނަށް ނިސްބަތްވެގެން އުޅޭ މަގުފުރެދި ގެއްލެނިވެފައިވާ ފިރުޤާއެއްކަމަށްވާ ޝީއީންގެ އިޘްނަޢަށަރިއްޔާ ގެމަރުގޯސް ޢަޤީދާ ޤަބޫލުކުރުމަށްފަހު އެނަން އަޙްމަދީނީޖާދަށް ބަދަލުކޮށްފައިވާކަމަށެވެ.

އީރާނުގެ ތާރީޚް ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ސަބޫރުޖިއަން ދަރިކޮޅަކީ އަހްމަދީނީޖާދުގެ އުފަންރަށްކަމުގައިވާ އަރާދަން އިން އައިސްފައިވާ ދަރިކޮޅެކެވެ. މިނަމަކީ އީރާނުގެ އިންޓީރީއާ މިނިސްޓްރީއިން ޖަމާކޮށްފައިވާ އީރާނުގެ ޔަހޫދީންގެ ނަން ލިސްޓުގައިވެސް ހިމެނޭ ނަމެކެވެ.

އީރާނުގެ ޔަހޫދީންގެ ކަންކަން ދިރާސާކުރާ ލަންޑަންގެ މުޙައްލިލެއް ހާމަކޮށްފައިވާގޮތުގައި "ޖިއާން" މިނަމުން އަޙްމަދީނީޖާދުގެ އާއިލާއަކީ ކުރިން ޔަހޫދީދީނީކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުން އައި ބައެއްކަމުގައި އެނގިގެންދާކަމަށެވެ.

އަޙްމަދީނީޖާދުގެ އާއިލާ 1950 ވަނަ އަހަރު އީރާނުގެ ނަޖްސާންއަށް ބަދަލުވުމުގެ ކުރިން އޭނާގެ ނަން ބަދަލުކޮށްފައިވާކަމަށް އަޙްމަދީނީޖާދު އަދި މިހާތަނަށް އިންކާރުކޮށްފައެއް ނުވެއެވެ.

އަޙްމަދީނީޖާދުގެ ތިމާގެ ބައެއް ފަރާތްތަކުން ހާމަކުރާގޮތުގައި އޭނާގެ ނަން ބަދަލުކޮށްފައިވަނީ އުމުރުން ހަތަރު އަހަރުގައެވެ.

އީރާނުގެ ރައީސްގެ ނަމަށް އައި މިބަދަލުގެ ޙަޤީޤަތް ހޯދުމަށް މަސައްކަތްކުރަމުން ދިޔަ މަޙްދީ ޚަޒާލީ ނަކަމަށް ކިޔާ އީރާނުގެ އިންޓަރނެޓް ބްލޮގަރެއްވަނީ ދާދިފަހުން ހައްޔަރުކޮށްފައެވެ.

އީރާނުގެ ރައީސްގެ ފޮރުވިފައިވާ މިޙަޤީޤަތަކީ ހައިރާންކުރަނިވި ކަމެއްނޫނެވެ. އެހެނީ ޝީޢީ ފިރްޤާއަކީ ޔަހޫދީއެއްކަމަށްވާ އިބްނު ސަބާ ނަމަކަށް ކިޔާ ޔަހޫދީއެއް އުފައްދާފައިވާ ޝިރްކީ ބިދްޢީ ޖަމާޢަތެކެވެ. ދުނިޔޭގައިވާ ހަމައެކަނި ޝިޔަޢީ ވެރިކަމެއް ޤާއިމްކޮށްފައިވާ އީރާނުގެ ދައުލަތުގެ މަޤްޞަދަކީ މުސްލިމުންގެ މާތްވެގެންވާ ދެ ޙަރަމްފުޅު، މައްކާގައިވާ މަސްޖިދުލް ޙަރާމް އާއި މަދީނާގައިވާ މަސްޖިދުއްނަބަވީ އެމީހުންގެ ބާރުގެ ދަށަށް ގެންދިޔުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.