ސޫރިޔާއެވެ، އަފްގާނިސްތާނެވެ، ކަޝްމީރެވެ، ފަލަސްތީނެވެ، ޗެޗްނިޔާއެވެ، ޔަމަންއެވެ، އަދިވެސް އެތައް އެތައް ޤައުމުތަކެކެވެ. މިޤައުމުތަކުގައި މުސްލިމުންނަކީ އަދަދުގެ ގޮތުން ގިނަ ބައެކެވެ. ނަމަވެސް މުސްލިމުންނަށް އަމާން ކަމެއް ނެތެވެ. ތަންތަނުގައި ގެއިން ބޭރަށް ނިކުމެއްޖެނަމަ އަނބުރާ އަންނާނެކަމުގެ އެއްވެސް ޔަޤީން ކަމެއް ނޯވެއެވެ. އަދި ކިއެއްތަ، އެ އަޚުންގެ ގެދޮރުތަކުގެ ތެރޭވެސް ރައްކާތެރިކަމެއްނެތެވެ. ޑްރޯން ތަކެވެ. މިސައިލްތަކެވެ. އުންޑައިގެ މެގަޒިންތަކެވެ. ބޮންތަކެވެ. ޓޭންކުތަކެވެ. މަރުވަމުންދަނީ އެތައްއެތައް ކުޑަކުދީންނެވެ. ނިކަމެތި އަންހެނުންނެވެ. ދުވަސްވީނިކަމެތީންނެވެ، އަދި ޒުވާނުންނެވެ. ކޮންމެ ދުވަހަކުހެން އެތައްއެތައް އަނބިންނެއް ހުވަފަތް ވަމުންދެއެވެ. އެތައް މައުޞޫމް ކުދީންނެއް ޔަތީމުވެއެވެ. އެތައް މުސްލިމް އުޚްތުންގެ އިތްފަތްފޭރިގަނެވެއެވެ. އެތައް އަޚުންނާއި އުޚްތުންނެއް ގެދޮރުނެތް ބައެއް ކަމުގައިވެދެއެވެ. އަދި އެތައް މުސްލިމުންނެއް ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ކުރެވެވެމުންދެއެވެ.
ތިބާގެ ކުރިމަތީގައި ތިބާގެ މަންމައާއި، ބައްޕަގެ، ވަޒަންތަކާއި ޒަހަމްތަކުން ތަތްތެޅިފައިވާ ފުރާނަނެތް މަސްގަނޑު ދުށުމަށް ތިބާއަށް ކެތްވާނެހެއްޔެވެ؟ ތިބާގެ ދަރިފުޅުގެ އެތެރެހަށީގެ ގުނަވަންތައް ހަށިގަނޑުގެ ބޭރުގައިވާތީ ދުށުމަށް ތިބާ އެދެމުހެއްޔެވެ؟ ތިބާގެ މަންމައާއި އަންހެންކޮއްކޮގެ ޢިއްފަތް ފޭރިގަންނަން ބަޔަކު އުޅޭއިރު ތިބާގެ ލަގޮނޑިއަށް ކެތްވާނެހެއްޔެވެ؟ ތިބާގެ އަމިއްލަ ނަފްސަށް މިފަދަ ކަންކަން ވުމަށް ނޭދޭފަދައިން އެޤައުމުތަކުގައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް މިފަދަކަންކަންވުމަށް ތިބާ ނޭދެމުނޫންހެއްޔެވެ؟ ރަސޫލާ(ﺻﻠﻰ ﷲﻋﻠﻴﻪ ﻭﺳﻠﻢ ) ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ، " ތިބާއަށް ވުން އެދޭކަމެއް ތިބާގެ އަޚާއަށްވުމަށް ނޭދޭހާހިނދަކު ތިބާގެ އީމާންކަމެއް ނުވެއެވެ."
ސޫރިޔާއާއި އަފްގާނިސްތާންފަދަ ޤައުމުތަކުގައި ޓެރަރިސްޓުންނާދެކޮޅަށް ހަނގުރާމަކުރަނީޔޯލައެވެ. އަދި ކަޝްމީރާއި ފަލަސްތީނުގައި އޮތީ ސިޔާސީ މައްސަލައެކޯލައެވެ. "މިއީ އެ ޤައުމުތަކުގެ މައްސަލަތަކެއްނޫންހެއްޔެވެ، މިޤައުމުގެމީހުންނާ ކޮންބެހޭކަމެއް ހެއްޔެވެ". މިއީ މުސްލިމުންގެ އަދުއްވުން މުސްލިމުންނަށް ވިސްނަދޭން މަސައްކަތްކުރާގޮތްކަމުގައި ވެދާނެއެވެ. ނަމަވެސް ހިތާމައަކީ އެބައިމީހުންގެ ރޭވުމުގައި އެތަކެއް މުސްލިމުންނެއް ޖެހެމުންދާތީއެވެ. މިބައި މީހުންގެ ނަޒަރުގައި އެބުނާ ޓެރަރިސްޓުންނަކީ މުސްލިމުންތޯއެވެ. އަދި އަނިޔާލިބެމުންދާ މުސްލިމުންގެ ދިފާޢުގައި ﷲގެ ކަލިމަފުޅު މަތިވެރިކޮށް ޖިހާދުކުރަމުންދާ މުޖާހިދުންތޯއެވެ. އަދި މުޖާހިދުންނަށް އެހީވާ މުސްލިމުންތޯއެވެ. އަދި މުސްލިމުންގެ ބިންތައް ހިމާޔަތްކޮށް، އަނިޔާލިބެމުންދާ މުސްލިމުންގެ ދިފާޢުގައި ޖިހާދުކުރުމަށް ހަރުއަޑުން ގޮވާލަމުންދާ އިލްމުވެރީންނާއި މުޖާހިދުންގެ ދިފާޢުގައި ވާހަކަ ދައްކާ މުސްލިމުންތޯއެވެ. އެހެންކަމައްވަނީނަމަ ޓެރަރިސްޓަކައްވާން އަޅުގަނޑުވެސް ބޭނުމެވެ.
މުސްލިމުން އުޅެމުންދާހާލު ފެނިފައި ދެރައެއްނުވޭހެއްޔެވެ؟ ލޮލުންކަރުނައެއްނާދޭހެއްއެވެ؟ މުސްލިމް އުންމަތައްޓަކައި ކަމެއްކޮއްނުދެވޭތީ ދެރަނުވޭހެއްޔެވެ؟ އަނިޔާލިބެމުންދާ މުސްލިމުންނަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވުނީ ކޮންކަމެއްތޯއެވެ؟ އެންމެ ކުޑަމިނުން ބައި ރުފިޔާ ފޮއްޗެއްވެސް ޚަރަދު ކޮއްލެވުންތޯއެވެ؟ ނުވަތަ އެހީއެއްވެވޭނެ ގޮތެއްހޯދަން އެއްވެސް މަސައްކަތެއްކުރެވުނުތޯއެވެ؟ ދެއަތް އުފުލާ ﷲގެ ހަޟްރަތުގައި އުންމަތައްޓަކައި ދުޢާއެއް ކޮއްލެވުންތޯއެވެ؟ މިއަދު މިރާއްޖެއިންވެސް ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. އުންމަތުގެ ހާލަތުގެ ވާހަކަ ދެކެވޭއިރަށް މިރާއްޖޭގެ ހާލަތުގެ ވާހަކަ ބުނެ އެކަމުން ރެކެން މަސައްކަތް ކޮށްފާނެއެވެ. އަދި އުންމަތުގެ ވާހަކަދައްކާ ޝުޢޫރު ފާޅުކުރާ ޒުވާންކުދިންނަކީ ހައްދުފަހަނަ އަޅައިފައިވާ ބައެއްގެ ގޮތުގައި ދެކިދާނެއެވެ.
އޭ މުސްލިމް އުންމަތުގެ މީހުންނޭވެ ! ހޭ އަރާށެވެ ، ދެލޯސާފުކޮއްލާފައި އުންމަތައްވަމުންދާގޮތައް ރަނގަޅަށް ބަލާލާށެވެ. މުސްލިމުންގެ ދިފާއުގައި ޖިހާދުކުރާ މުޖާހިދުންނަށް ދެރަބަސްބުނުމުގެ ކުރިން ރަނގަޅަށް ވިސްނާލާށެވެ. އުންމަތަށް ވަމުން އަންނަގޮތާމެދު ފުންކޮއް ވިސްނާ ފިކުރުކޮށް ހައްލު ހޯދުމަކީ ތިބާގެސް ޒިންމާއެއްކަމުގައި ދެކިގެން މަސައްކަތްކުރާށެވެ. ޕާރޓީ ފިކުރާއި، ޖަމިއްޔާ-ޖަމާއަތްވަންތަކަމުގެ ފިކުރާއި ޤައުމީވަންތަކަމުގެ ފިކުރުގެ ކުރިއަށް ތިބާގެ ދީންނެރޭށެވެ. ކީރިތި ރަސޫލާގެ ހަދީޘް ކުރެއްވި ބަސްފުޅެއްގައިވާފަދައިން މުޢުމިނުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ، ހަށިގަނޑުގެ ބައެއްގައި ވޭންއަޅާކަމުގައިވަނީނަމަ ހޭލާހުރުމުންނާއި ހުންއައުމުން މުޅިހަށިގަނޑު އެކަން ތަހައްމަލު ކުރެއެވެ. މުސްލިމުން އެއްބައިވާންވީ ޕާރޓީފިކުރާއި ޤައުމިއްޔަތައްޓަކައެއް ނޫނެވެ. ހަމައެކަނި އިސްލާމް ދީނައްޓަކައެވެ. ނަމަވެސް މިއަދު ބައެއް މުސްލިމުންވަނީ ޕާރޓީ ފިކުރާއި ޤައުމިއްޔަތުގެ ފިކުރު ދީނަށްވުރެ ކުރިއަށްނެރެފައެވެ. އުންމަތުގެ ހާލު ކިތަންމެ ދެރަވެފަވީނަމަވެސް މިބައިމީހުންނަށް ކަހާ ބިހި ހިރުވާލައޭވެސް ހީނުވާކަހަލައެވެ. މާތް ﷲ އެބައިމީހުންނަށް ހެޔޮވިސްނުންދެއްވާށި، އާމީން.
ކޮމެންޓް (0)
ލޯޑް ކުރަމުން...