ދުނިޔެ

ނިއުޒިލެންޑުގައި ދުންފަތުގެ ބާވަތަތަކުން ނަގާ ޓެކްސްގެ އަގު ބޮޑުކޮށްފި!

 

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސްގެ އަގު ބޮޑުކޮށްފިއެވެ.

ނިއުޒިލެންޑްގެ ސަރުކާރުންވަނީ އެގައުމުގައި ދުންފަތުގެ ބާވަތްތަކުން ނެގޭ ޓެކްސްގެ އަގު މިދިޔަ ހަފްތާގައި ބޮޑުކޮށްފައެވެ. ދުންފަތުގެ ބާވަތްތަކުން ނަގަމުންދާ ޓެކްސްގެ އަގު އިތުރަށް %40 ނެގުންވެގެންދިޔައީ މުޅި ދުނިޔެއިންވެސް ދުންފަތުގެ ބާވަތްތަކުން އެންމެ ބޮޑު ޓެކްސްއެއް ނަގާ ޤައުމުގެ ގޮތުގައި ނިއުޒިލެންޑްވުމެވެ. އަދި މީގެ އިތުރުން 2016ގައި މިއަގު %20 އިތުރުކުރާނެކަމަށްވެސް ހާމަކޮށްފައިވެއެވެ.
ނިއުޒިލޭންޑް ސަރުކާރުން ލަފާކުރާގޮތުގައި އެފަރާތުން މިކަހަލަ ހަރުކަށި ފިޔަަވަޅުތައް އަޅަމުން ގެންދާނަމަ ޤައުމަށް 4.4. ބިލިއަން ރުފިޔާގެ ފައިދާ ވުމާއި އެކު އެޤައުމުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އާބާދީ 2025 ވަނަ އަހަރުގެ ނިޔަލާ ހަމައަށް ވަރަށް ބޮޑުތަން މަދުވާނެކަމެވެ.

ނިއުޒިލޭންޑް ސަރުކާރުން އެޅި މި ފިޔަވަޅާއި މެދު އެގައުމުގެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ދެކޭގޮތުގައި ސަރުކާރުގެ މި ހަރުކަށި އަމަލުގެ ސަބަބުން މަދު އާމްދަނީ ލިބޭ މީހުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ނުދެއްކި އެ އަމަލު ނުހުއްޓެވިގެން އެފަދަ މީހުން ޤައުމުގައި މާރާމާރީ ހިންގުން ގިނަވެދާނެކަމެވެ.

ނިއުޒިލެންޑްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ޕާރކުތަކާއި ކޮލެޖް ކެމްޕަސްތައް ހުރެއެވެ. ދެން އުފެދޭ ސުވާލަކީ ސަރުކާރުގެ މި އަމަލުގެ ސަބަބުން މިފަދަ ތަންތަން ފަދައިން މުޅި ގައުމު މި ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދިދާނެތޯއެވެ؟

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ