މުސްލިމް ޤައުމުތަކުގައި ނަމާދުވަގުތު ޖެހުމުން ވިޔަފާރިކުރާ ހުރިހައި ފިހާރަތަކެއްގައިވެސް "ނަމާދު ވަގުތަށް ބަންދު" މިހެން ލިޔެފައިވާ ބޯޑު ދޮރުގައި ހަރުކޮށް ފިހާރަ ބަންދުކުރެއެވެ. އަދި ފިހާރަތައް ނޫނަސް ނަމާދުވަގުތު ޖެހުމުން ކުރަމުންދާ ދުނިޔެވީ އެހެނިހެން މަސައްކަތްތައް ހުއްޓާލައި ނަމާދަށް ދިއުމަކީ މުސްލިމުންގެތެރޭގައި ޢާއްމުކަމެކެވެ. މިކަން އެންމެބޮޑަށް ފެނިގެންދާނީ ޙައްޖަށާއި ޢުމްރާއަށް ވަޑައިގަންނަވާ ދިވެހިންނަށެވެ. އެއީ ސައޫދީ ޢަރަބިއްޔާއިންނެވެ.
ނަމަވެސް ޔަމަނުގެ އައްޒާންއަކީ މުޅީން ތަފާތު އާދަޔާޚިލާފު ރަށެކެވެ. އަންޞާރުލް ޝަަރީޢާ ނުވަތަ ކުއްފާރުންގެ ބަހުންނަމަ "ޓެރަރިސްޓުން" ކޮންޓްރޯލުކުރަމުންގެންދާ އައްޒާނުގެ ބައެއްކަންކަން ދެނެގަތުމަށް އެރަށަށް ދާދިފަހުން ޒިޔާރަތްކުރި ނޫސްވެރިއަކަށް އެރަށުން ފެނިގެންދިޔައީ އޭނާ ހައިރާންވެ ޢަޖާއިބު ކުރުވަނިވި އެތައް މަންޒަރެކެވެ. ނަމާދުވަގުތު ޖެހުމުން އެކަމަށް ޚާއްޞަބަޔަކު އެކަމަށް ޚާއްޞަކުރެވިފައިވާ ވެހިކަލްތަކުގައި މީހުންނަށް ނަމާދަށްދިއުމަށް ހަނދާންކޮށްދެމުން މުޅި ރަށުގައި ދުއްވައެވެ. ލައުޑުސްޕީކަރުތައް ހަރުކޮށްފައިވާ ވެހިކަލްތަކުން ނަމާދުވަގުތު ޖެހިއްޖެކަން ހަދާންކޮށްދެމުންދެއެވެ.
އޭނާ ބުނިގޮތުގައި އެރަށުން އޭނާއަށްފެނިގެންދިޔައީ ހައިރާންވާހާ ތަފާތު މަންޒަރެކެވެ. އޭނާއަށް މިސްކިތަށްދެވުނީ އަޞުރުނަމާދަށް ކައިރިވެފައިހުއްޓާއެވެ.
"އައްޒާންއަށް އަހަރެމެންފޯރިއިރު ފިހާރަތަކުގެ ދޮރުތަކުގައި ހަރުކޮށްފައިވާ ބޯޑުތަކުގައިވަނީ "ނަމާދުވަގުތަށް ބަންދު" މިހެން، މުޅި ރަށް އޮތީ ހަމަހިމޭންވެފައި، ހަމައެކަނި އިވެނީ ވެހިކަލެއްގައި ނަމާދަށް ދިއުމަށް ހަނދާކޮށްދޭ އަޑުއެކަނި، އަހަރެންހުރީ ހަމަހައިރާންވެ އަންތަރީސްވެފައި، ނަމާދަށް މިސްކިތައް ދިޔަ މަގުމަތީ ހުޅުވާފައިހުރި ފިހާރަތައްވެސް ފެނުނު، އެފިހާރަތައް ކޮންމެހެން ލައްޕާކަށް އެމީހުން ބޭނުމެއް ނޫން، ސަބަބަކީ މުޅިރަށް ނަމާދުވަގުތަށް ބަންދުވީމަ، އަދި އަންޞާރުލް ޝަރީޢާ މީހުން މުޅި ރަށް ބަލަހައްޓާތީ" އޭނާ ހާމަކޮށްފައިވެއެވެ. އޭނާ ހާމަކޮށްފައިވާގޮތުގައި ނަމާދަށް ލޯބިޖެހިފައިވާ މީހުން ފެނުނީ އެރަށުންކަމަށެވެ.
ކޮންމެއަކަސް އަންޞާރުލް ޝަރީޢާގެ ބައެއް މީހުންނާއި މީނާ އިންޓަވިއު ކުރިއެވެ. އަދި އެޖަމާޢަތުގެ ދަށުގައި ޔަމަނުގެ އިތުރުރަށްތައް އޮންނަކަމަށާއި އެހުރިހާރަށެއްގެ ސަޤާފަތަކީވެސް އެއީކަމަށް ވާހަކަދެއްކި ހަނގުރާމަވެރިއަކު ބުންޏެވެ. ނޫސްވެރިޔާ އެތައްސުވާލުތަކެއް ކޮށްލަން ބޭނުންވެފައިހުއްޓާ ބަންގި ގޮވުމުން އެނާވެސް ދާންޖެހުނީ މިސްކިތަށެވެ. މިސްކިތަށްދިއުމުން މުޅި މިސްކިތް ފުރިބާރުވެފައިވާ މަންޒަރު އޭނާއަށްފެނުނެވެ. އޭނާއަށް އިޙްސާސްކުރެވުނީ ހުކުރު ނަމާދަށްއާދެވުނު ހެންނެވެ. ސަބަބަކީ ޢާއްމުގޮތެއްގައި މުސްލިމް ޤައުމުތަކުގައި އަޞުރުނަމާދަށް އަންނާނީ މިސްކިތުގެ ފުރަތަމަ ދެތިންސަފު ފުރެންދެންކަމަށް އޭނާއަށް ޤަބޫލުކުރެވޭތީއެވެ.
ނޫސްވެރިޔާގެ ދަތުރުގައި އަންޞާރުލް ޝަރީޢާ ޖަމާޢަތާއިބެހޭގޮތުން އެނގުނީ ކުރިން އިވިފައިވާ އަޑުތަކާއިމުޅީން ތަފާތު އަޑުތަކެކެވެ. ފެނުނީ މުޅީން ތަފާތު މަންޒަރުތަކެކެވެ. އަދި އެދަތުރަށްފަހު އޭނާގެ އީމާންތެރިކަމަށްވެސް ބަދަލުތަކެއް އައިކަމަށް އޭނާ ޤަބޫލުކުރިއެވެ.
ﷲގެ ގެގޮޅުތަކަށް ދުވާލަކު 5 ފަހަރު މުސްލިމުންނަށް ގޮވާލުމުން ބަންދުވަނީ އައްޒާންގެ ފިހާރަތަކެއް ނޫނެވެ. ބަންދުވަނީ މުޅި އައްޒާނެވެ....الله أكبر.
ކޮމެންޓް (0)
ލޯޑް ކުރަމުން...