ރިޕޯޓް ސިޔާސީ ޕާޓީތައް އުވާލުމުގެ ވިސްނުން

ސިޔާސީ ޕާޓީތައް އުވާލުމުގެ ވިސްނުން

ސިޔާސީ ޕާޓީތައް އުވާލުމުގެ ވިސްނުން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

ދިގު 30 އަހަރުގެ ނިމުން ގެނައުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ބަސްމަގު ހުރީ މިޤައުމު ސަލާމަތް ކުރެވޭނީ 'ޑިކޮމްރަސީ' ގެނެސްގެން ކަމަށެވެ. އޭރުގެ ރައީސް މައުމޫނުގެ ނަޒަރުގައި އޭރުގައި އޮތީ 'ނަމޫނާ ޑިމޮކްރަސީ'އެއްނަމަވެސް އިދކޮޅު ފަރާތްތަކުން އެކަން ގަބޫލު ނުކުރެއެވެ. 'ނަމޫނާ ޑިމޮކްރަސީ' އެއް ރާއްޖޭގައި އޮތްކަމަށް ބުނި މީހުންގެ ނަޒަރުގައި ރާއްޖޭގެ ޑިމޮކްރަސީގެ ބައްޕައަކީ މައުމޫނުއެވެ.

ކޮންމެއަކަސް ރައީސް މައުމޫނުގެ ދައުރުގައި ޑިމޮކްރަސީ ގެނައުމަށް ގިނަ ބަޔަކު މަސައްކަތް ފެށިއެވެ. އެގޮތުން ސިޔާސީ ޕާޓީތައް އުފެއްދުމަށް އަތުކުރި އޮޅާލިއެވެ. އަދި އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެ އެތެރެއިންނާއި ބޭރުން އޭރުގެ ސަރުކާރަށް ޕްރެޝާރ ކުރަން ފެއްޓިއެވެ. ކުރީގެ އެޓާނީ ޖެނެރަލް މުނައްވަރު ޤާނޫނީ ލަފާ ދެއްވީ ސިޔާސީ ޕާޓީ ނެހެދޭނެކަމަށެވެ. އަދި އޭރުގެ ރައްޔިތުންގެ މަޖީލިހުގައި އެކަމަށް ބަހުސްކުރެވިފައިވެއެވެ. އެބަހުސްތަކުގައި އޭރުގެ ސަރުކާރުގެ މެމްބަރުން ބުނަމުން ދިޔައީ 'ސިޔާސީ ޕާޓީ' އަތުވެއްޖެނަމަ މިޤައުމު ހަލާކުވެގެންދާނެކަމަށާއި ފިތުނަ ފަސާދަ އާންމުވެ މިޤައުމުގެ  ހަމަޖެހުން ގެއްލޭނެކަމަށެވެ.

ސިޔާސީ އެކި އޮއިވަރުތައް މިޤައުމުގައި ޖެހި ކުރީގެ ރައީސް މައުމޫނު އެންމެފަހުން ގޮތްދޫކުރައްވަން ޖެހިވަޑައިގެން ސިޔާސީ ޕާޓީ އުފެއްދުމަށް އާނ ބަސް ބުނަންޖެހުނެވެ. އަދި އެމްޑީޕީ ވުޖޫދަށް އިސާހިތަކު އައިސް ސިޔާސީ ގޮތުން އާ ހަރުފަތަކަށް ރާއްޖެ ދަތުރު ކުރިއެވެ. އަދި ޑިމޮކްރަސީއަށް ކުރަމުން އައި ދަތުރު އިތުރަށް ވަރުގަދަވެގެން ދިޔައެވެ. އޭރުގެ ސިޔާސީ ގިނަ ބޭފުޅުން ދިޔައީ ޑިމޮކްރަސީއަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. ހައްލު އޮތީ ޑިމޮކްރަސީގައިކަމަށް ބުނެ ހުޝާމަދު ކޮށްފައެވެ. ދިވެހި ރައްޔިތުން ޑިމޮކްރަސީ ބޭނުންވޭތޯ ވެސް ބެލުމެއްނެތި މިޤައުމަށް ޑިމޮކްރަސީގެ ނިޒާމަށް ދަތުރު ކުރަން ފެށީއެވެ،

މައުމޫނުގެ 30 އަހަރު ނިމި ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ޑިމޮކްރަސީގެ ބައްޕަގެ ލަޤަބް މައުމޫނެކޭ އެއްގޮތައް ހޯދައިފިއެވެ. އެހެނަސް މިއަދު މިވަނީ  ސިޔާސީ މަޝްރަހު ބަދަލުވާން ފަށާފައެވެ. ޑިމޮކްރަސީގެ ދަށުން އެތައް އަހަރެއްގައި ވެރިކަމުގެ ނިޒާމް ބައްޓަން ކޮށް އެތައް ވާހަކަތަކެއް އެނިޒާމުގެ ދަށުން ދެކެވުމުގެ ނަތީޖާއަކަށް ވެގެން މިދަނީ ޑިމޮކްރަސީއަށް ދިވެހިން ނަފުރަތު ކުރަމުންދާ މަންޒަރު ފެނިގެން ދިއުމެވެ. ޑިމޮކްރަސީގެ ދަށުން ކުރިއަށް ގޮސްފައިވާ ސިޔާސީ ބައެއް ނިންމުންތަކާއި މެދު ބަހުސްކުރެވެން ފެށުމެވެ. ސިޔާސީ ކަންކަމުގައި އުޅެ ތަޖުރިބާލިބުމުން މިކަމުގައި ރައްޔިތުންނަށް ގެއްލުމާއި ހަލާކު ހުރިކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ކުރީގެ ރައީސް ނަޝިދުގެ ފުރަތަމަ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ދާދިފަހުން ވަނީ ސިޔާސީ ޕާޓީތައް އުވާލުމުގެ ފިކުރަށް އާންމުކޮށްފައެވެ. ދިޔާނާ ވިދާޅުވެފައިވަނީ ގައުމުގެ މަސްލަހަތާއި އަމަންއާންމާއި ރައްޔިތުންގެ ހަމަޖެހުމަށްޓަކައި އެންމެންގެ ޙައްޤަށްޓަކައި ސިޔާސީ ޕާޓީ އުވާލެވޭނެގޮތެއް ފަހިކުރަންޖެހޭކަމަށެވެ. އަދި  ޤާނޫނާ ޚިލާފް ގޮތްތައް ޕްރޮމޯޓްކޮށްގެން ސިޔާސީ ލަޑުދަނޑި ހާސިލުކުރާނަމަ އެޕާޓީއެއް އުވާލެވެންވާނެ ކަމަށެވެ.

ސިޔާސީ ޕާޓީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވަކި ހިއްޕާލި ހިސާބުން ފެށިގެން ރާއްޖޭގެ އަމަން އަމާންކަމާއި އެކުވެރިކަމާއި އަޚުވަންތަކަން މިދަނީ ދުވަހެއް ދުވަހަށް ގެއްލެމުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ކުރީގައި އޮތް އެކުވެރިކަން މިއަދު މިވަނީ ސިޔާސީ އޮއިވަރުގައިޖެހި ގެއްލިގެން ގޮސްފައެވެ. މިފަދަ ހާލަތަކަށް ރާއްޖެ އައިސްފައިވާއިރު މިކަންކަން ހައްލުކުރުމަށް އޮތް ހަމައެކަނި ފިޔަވަޅަކީ ސިޔާސީ ޕާޓީތައް އުވާލުންކަމަށް ބައެއް އާންމުން ދެކެއެވެ. ސިޔާސީ ޕާޓީތައް އުފެދުމުގެ ކުރިންވެސް މިފަދަ އެތައް ޚިޔާލެއް ގިނަ ބަޔަކު ފާޅުކުރިއެވެ.  މިއަދު މިކަމާއި މެދު ދެވަނަ ވިސްނުމަކުން ވިސްނަންވެއްޖެއެވެ.

ޑިމޮކްރަސީގެ ދަށުން ސިޔާސީ ޕާޓީތައް ގެނެވިއްޖެއެވެ. އެއީ ކަމުދާ ކަމަކަށް ނުވިއެއެވެ.  ސިޔާސީ ޕާޓީތައް ފެއިލްވެއްޖެއެވެ. ދެން އޮތީ ސިޔާސީ ޕާޓީތައް އުވާލުމުގެ ވިސްނުންބާއެވެ؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.