ދުނިޔެ ދިރާސާ: އޮބާމާއަކީ މުސްލިމެއްކަމަށް އެމެރިކާގެ 5 މީހުންގެ ތެރެއިން 1 މީހެއް ގަބޫލުކުރޭ

ދިރާސާ: އޮބާމާއަކީ މުސްލިމެއްކަމަށް އެމެރިކާގެ 5 މީހުންގެ ތެރެއިން 1 މީހެއް ގަބޫލުކުރޭ

ދިރާސާ: އޮބާމާއަކީ މުސްލިމެއްކަމަށް އެމެރިކާގެ 5 މީހުންގެ ތެރެއިން 1 މީހެއް ގަބޫލުކުރޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އޮބާމާއަކީ މުސްލިމެއްކަމަށް އެމެރިކާގެ 5 މީހުންގެ ތެރެއިން 1 މީހެއް ގަބޫލުކުރާކަން ދިރާސާއަކުން ދައްކައިފިއެވެ.

ދާދިފަހުން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާގޮތުގައި އެމެރިކާގެ 18 އިންސައްތަ މީހުން 'އޮބާމާ އަކީ މުސްލިމެއް' ކަމަށް ގަބޫލު ކުރެއެވެ. އޮބާމާއަކީ ކްރިސްޓިއަނެއްކަމަށް ގަބޫލުކުރަނީ އެމެރިކާގެ 34 އިންސައްތަ މީހުންނެވެ.

އޮބާމާ ވެރިކަމަށް އައިއިރު 'ބަރަކް ހުސެއިން އޮބާމާ' ގެ ނަމުން އިދިކޮޅު ފަރާތްތަކުން ވަނީ އަޑުފަތުރާފައެވެ. އެއީ އޮބާމާއަކީ މުސްލިމު އާއިލާއަކަށް ނިސްބަތްވާ މީހަކަށްވާތީއާއި އޮބާމާއަކީ މުސްލިމެއްކަމަށް 'ޝައްކު' ކުރެވޭތީއެވެ. އިންތިހާބުގެ ތެރޭގައި ވޯޓް ކަރުދާހުގައިވެސް އޮޅިގެންވަނީ އޮބާމާގެ ބަދަލުގައި 'އޮސާމާ' ޖަހައިގެން ޕްރިންޓް ކޮށްފައެވެ. ސާރވޭ ގައި ބައެއް މީހުން ބުނެފައިވާގޮތުގައި އޮބާމާއަކީ މުސްލިމެއްކަމަށާއި އެކަމަކު މުސްލިމެއް ނޫންކަން ދައްކަނީ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން ކަމަށެވެ.

އޮބާމާގެ ދީނާއި މެދު މިހާބޮޑަށް އެމެރިކާގައި ވާހަކަ ދެކެވެން ފަށާފައިމިވަނީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރ ގޮއްވާލި ސަރަހައްދާއި ކައިރީގައި އިސްލާމިކް ސެންޓަރެއް އެޅުމަށް އޮބާމާ 'ރުހުން' ދިނުމާއި ގުޅިގެންނެވެ. އިސްލާމިކް ސެންޓަރ އެޅުމާއި ދެކޮޅަށް ބައެއް ފަރާތްތަކުން މުޒާހަރާކުރަމުންދާ ދުވަސްވަރެއްގައި އޮބާމާ މުސްލިމުންގެ ވިންދާއި އެއްގޮތައް ވާހަކަ ދެއްކުމަކީ އެމީހުންނަށް ހަޖަމުކުރަން އުނދަގޫވި ކަމެކެވެ. އެހެންކަމުން އެމީހުން ބުނަމުންދަނީ އޮބާމާގެ ނިންމުމަކީ އޮބާމާގެ 'ހަގީގީ ސިފަ' ފާޅުވެގެން ދިޔަ ކަމެއްކަމަށެވެ.

މުސްލިމު އާއިލާ އަކާއި އޮބާމާ ގުޅުން އޮތުމުގެ ސަބަބުންނާއި އޮބާމާގެ ބަސްމަގު ބައެއް ފަހަރު ހުންގޮތުން އޮބާމާގެ އަޤީދާއާއި މެދު ސުވާލުކުރެވެން ދާއިރު އޮބާމާ ބުނާގޮތުން އޮބާމާ އަކީ ނަޞާރާއެކެވެ. އަދި ވައިޓްހައުސްއިން ބުނާގޮތުން އޮބާމާ އަކީ ބަރާބަރަށް ނަޞާރާ ދީނުގެ އަޅުކަން ފުރިހަމަ ކުރައްވާ ނަޞާރާ ދީނުގެ ބޭފުޅެއްކަމަށާއި އޭނާގެ ޢަޤީދާ އާއި ބެހޭގޮތުން އެއްވެސް ޝައްކެއް ނެތްކަމަށެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.