ދުނިޔެ ފަލަސްޠީނާއި، އިޒްރޭލާ ދެމެދު ސުލްހައިގެ ވާހަކަތައް ސީދާގޮދެއްގައި ކުރިޔަށް ގެންދިއުމަށް ދެޤައުމުން އެއްބަސްވެއްޖެ.

ފަލަސްޠީނާއި، އިޒްރޭލާ ދެމެދު ސުލްހައިގެ ވާހަކަތައް ސީދާގޮދެއްގައި ކުރިޔަށް ގެންދިއުމަށް ދެޤައުމުން އެއްބަސްވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

2008 ވަނަ އަހަރު އިޒްރޭލުން ގައްޒާއާއި ދެކޮޅަށް ހިންގި ރަހުމު ކުޑަ ހަމަލާތަކަށްފަހު މެދުކެނޑިފައިވާ، ސީދާގޮތެއްގައި ދެކެވެމުން ދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާވެސް ކުރިޔަށް ގެންދާ ގޮތަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ. އެގޮތުން މި ދެ ފަރާތުން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މި ފެށޭ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އެމެރިކާގެ ވޮޝިންޓަންގައެވެ.

އަންނަ މަހުގެ 2 ވަނަ ދުވަހު ވޮޝިންޓަންގައި ބޭއްވޭ ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ސެކެއްޓްރީ އޮފް ސްޓޭޓް، ހިލަރީ ކުލިންޓަންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސުލްހައިގެ ވާހަކަތަކުގައި ފަލަސްޠީނާއި، އިސްރޭލުގެ ފަރާތުން ބައިވެރި ވާނީ ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސާއި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫކަމަށް ނޫސްތަކުން ހަބަރުދެއެވެ.

ދެ ޤައުމުން ސީދާގޮތެއްގައި ވާހަކަތައް ބޭއްވުމުގެ އެއްދުވަސް ކުރިން އެމެރިކާގެ ރައީސްވެސް މި ދެޤައުމުގެ ވެރިންނާ ބައްދަލުކުރަށްވާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެދުވަހު ސުލްހައިގެ ވާހަކަތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް މިސްރުގެ ރައީސް ހުސްނީ މުބާރަކާއި، ޖޯޑަންގެ ރަސްގެފާނު، އަބްދުﷲ އާ، ބަރަކްއޮބާމާ ބައްދަލުކުރަށްވާނެއެވެ. މި ދެ ޤައުމަކީ އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ބާއްވާ ދެ ޤައުމެވެ.

މީގެކުރިން ފަލަސްޠީނުން ސުލްހައިގެ ވާހަކަތަކަށް ޝަރުތު ތަކެއް ކަނޑައަޅާފައިވީނަމަވެސް އެމެރިކާއިން ނިންމާފައިވަނީ އެއްވެސް ޝަރުތަކާނުލާ ފަލަސްޠީނުންވެސް މި ވާހަކަތަކުގައި ބައިވެރިވުމަށެވެ. މީގެ ކުރިން ފަލަސްޠީނުގެ އިތުރުން އަރަބި ލީގުންވެސް ނިންމާފައިވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި މީހުން އާބާދުކުރުން ހުއްޓާނުލަނީސް ސީދާގޮތެއްގައި ސުލްހައިގެ ވާހަކަތައް ކުރިޔަށް ނުގެންދެވޭނެކަމަށެވެ.

ޓެގް

ފަލަސްތީން އިޒްރޭލް އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.