އެފްރިކާ ޑރ. ބިލާލް ފިލިޕްސް ކެންޔާއަށް އެރުން މަނާކޮށް ޑީޕޯޓްކޮށްލައިފި

ޑރ. ބިލާލް ފިލިޕްސް ކެންޔާއަށް އެރުން މަނާކޮށް ޑީޕޯޓްކޮށްލައިފި

ޑރ. ބިލާލް ފިލިޕްސް ކެންޔާއަށް އެރުން މަނާކޮށް ޑީޕޯޓްކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކެންޔާގެ ނައިރޯބީ އަދި މޮމްބާސާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ކޮންފަރެންސެއްގައި ބައިވެރިވެލެއްވުމަށް ޑރ. ބިލާލް ފިލިޕްސް ކެންޔާއަށް ވަޑައިގަތުމުން އެޤައުމަށް އެރުން މަނާކޮށް އެޤައުމުން ޑީޕޯޓްކޮށްލައިފިއެވެ.

ޤަތަރުގައި ދިރިއުޅުއްވަމުން އަންނަ ކެނެޑާގެ ރައްޔިތެއްކަމުގައިވާ ޑރ. ބިލާލް ފިލިޕްސް ޖޯމޯ ކެންޔާޓާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޑީޕޯޓްކޮށްލާފައިވަނީ އޭނާއަކީ ހައްދުފަހަނައަޅާފައިވާ މުސްލިމެއްކަމަށް ތުހުމަތުކޮށްފައެވެ.

ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުން އެޤައުމުގެ ނޫސްތަކަށް މަޢުލޫމާތުދީފައިވާގޮތުގައި ޑރ. ބިލާލްއަކީ އޮސްޓްރޭލިއާ، ޔޫކޭ، އެމެރިކާ އަދި ޔޫރަޕްގެ ވަރަށް ގިނަ ޤައުމުތަކަށް އެރުން މަނާކޮށްފައިވާ 'ޓަރަރިޒަމްގެ ތުހުމަތުކުރެވޭ ލިސްޓު'ގައި ހިމެނޭ މީހެކެވެ.

"އަޅުގަނޑުމެންނަށް މިތަނުގައި އޭނާ ބޭނުމެއް ނުވޭ. އޭނަގެ ހައްދުފަހަނައަޅާފައިވާ ދީނީ ޚިޔާލުތަކުން މިތަނުގެ ޒުވާނުން ވާވައްދަފާނެ،" ކެންޔާގެ އިމިގްރޭޝަންގެ އިސް އޮފިސަރަކު ކެންޔާގެ ނޫހަކަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ.

ކެންޔާގެ ސަރުކާރުން ޑރ.ބިލާލްއާއި ދެކޮޅަށް ނަގާފައިވާ މިފިޔަވަޅުގެ ސަބަބުން އެޤައުމުގެ ގިނަ މުސްލިމުންތަކެއްވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.