އޭޝިއާ އެމެރިކާ ސިފައިން މުސްހަފު އެންދި މައްސަލައާއި ގުޅިގެން އޮބާމާ މަޢާފަށް އެދިއްޖެ

އެމެރިކާ ސިފައިން މުސްހަފު އެންދި މައްސަލައާއި ގުޅިގެން އޮބާމާ މަޢާފަށް އެދިއްޖެ

އެމެރިކާ ސިފައިން މުސްހަފު އެންދި މައްސަލައާއި ގުޅިގެން އޮބާމާ މަޢާފަށް އެދިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ކީރިތި ޤުރުއާނުގެ މުސްހަފުތައް އަންދާލާފައިވާތީ އެކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ މަޢާފަށް އެދިއްޖެއެވެ.

އަފްޣާނިސްތާނުގެ ރައީސް ހާމިދް ކަރްޒާއީއަށް ފޮނުވި ރަސްމީ ސިޓީއެއްގައި އެމެރިކާގެ ސިފައިންގެ ބަޔަކު ހިންގި މި ޖަރީމާއާއި މެދު ހިތާމަ ކުރާ ކަމަށާއި އަދި އެކަމަށް ނިހާޔަތަށް މަޢާފަށް އެދޭކަމުގައި ބުނެފައިވާކަމަށް ވައިޓްހައުސް އިން އިއްޔެ ހާމަކޮށްފައިވެއެވެ.

މިސިޓީ އަފްޢާނުގެ ރައީސް ކަރްޒާއީއާއި ހަވާލުކޮށްފައިވަނީ އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ ސަފީރު ރަޔާން ކްރޮކަރ އެވެ.

"ދީނީ މުޤައްދަސް ފޮތަކަށް މިފަދައިން އިހާނެތިކޮށް ހެދީތީ އަޅުގަނޑުމެން އެކަމަށް ހިތާމަކޮށް ނިހާޔަތަށް މަޢާފަށް އެދޭކަމަށް ރައީސް ސިޓީގައި ލިޔުއްވާފައިވޭ،" ވައިޓްހައުސްގެ ތަރުޖަމާނު ޓޮމީ ވިއެޓަރ ހާމަކޮށްފައިވެއެވެ.

ޤުރުއާން މުސްހަފްތަކަށް އިހާނެތިކޮށް ހެދުމުގެ ގޮތުން އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިން ހިންގާފައިވާ މިޖަރީމާއާއި ދެކޮޅު ހެދުމުގެ ގޮތުން އަފްޣާނިސްތާނުގެ މަގުތަކަށް ނިކުމެ އެޤައުމުގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ހަމަނުޖެހުމުގައި 11 އަށް ވުރެ ގިނަ މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް ދަނީ އެކިވަރުގެ އަނިޔާތަކެއް ވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.