01:46 ހައެއްކަ މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
01:45 މުޒާހަރާގެ ބައިވެރިނާއި ރަޔަޓް ގިޔަރުގައި ތިބި ފުލުހުންނާއި ދެމެދު ކުރިމަތިލުމެއްހިނގައި ހަމަނުޖެހުން އުފެދުމަށްފަހު މުޒާހަރާ ނިންމާލިކަން ރަސްމީކޮށް އިޢުލާންކޮށްފި
01:44 މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖެހުމުން، މުޒާހަރާގެ ސަފުތައް ރޫޅިގެންގޮސް ފުލުހުން މުޒާހަރާގެ ބައިވެރިން ތިބީ އެކި ސަރހައްދުތަކުގައި. އެއްބަޔަކުނަލަހިޔާ ކައިރީގައި ތިބިއިރު އަނެއްބަޔަކުތިބީ އެލްމޯބައިލް ސަރަހައްދުގައި އަދި އަނެއްބަޔަކުތިބީ ޗާންދަނީ މަގު ޖަންގުޝަން ސަރަހއްދުގައ
01:42 ޗާންދަނީ މަގު ޖަންގުޝަންއާއި ދިމާލުން އުކި ދަވާދު ފުލުހުންނާއި ދިމާލަށްވެސް އުކާފައިވޭ
1:41 މުޒާހރާގެ ބައިވެރިންނާއި ދިމާއަށް ހުދު ކުލައިގެ ދަވާދެއް އުކަމުން ދިޔަކަން ފާހނގަކުރެވޭ. ނަމަވެސް އުކަނީ ކޮން ދިމާލަކުން ކަމެއްނޭންގެ
01:37 ގިނައިން ޕެޕާ ސްޕްރޭ ޖެހުމުން މުޒާހަރާގެ ބައިވެރިން ސަރަހައްދު ދޫކޮށް ދުވަން ފަށައި
1:34 މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖެހި މައްސލައެއްގައި މުޒާހަރާގެ ބައިވެރިން ވަރަށް ބޮޑަށް ހޫނުވެ އަޑުގަދަ ކުރަންފަށައިފި
1:30 ވަރަށް ގިނަ ޕެޕާ ސްޕްރޭ ޖެހުމުން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އެކި ސަރަހައްދުތަކަށް ދުވަން ފަށައިފި
01:26 މުޒާހަރާގެ ބައިވެރިންގެ ތެރެއިން ދެތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
01:23އިވޭ މުޒާހަރާގެ ބައިވެރިން ޗާންދަނީ މަގު ޖަންގުޝަންދޫކޮށް މާފަންނާއިިހަމައަށް ދެވުނުއިރު މުޒާހަރާ ރޫޅާލުމަށް ފުލުންވަނީ ޕެޕާ ސްޕްރޭ ޖަހައިފައި. ވަރަށް ގިނަ ޕެޕާސްޕްރޭ ޖަހައިފި
01:17 މުޒާހަރާގެ ބައިވެރިން މަޑުކޮށްގެންތިބީ ޗާންދަނީމަގާއި މަޖީދީ މަގު ގުޅުނު ކަންމަތީގައި، ރަޔަޓް ގިޔަރުގައިތިބި ފުލުހުން އެސރަހައްދުގައި އެބަތިބި
01:13 އެމްޑީޕީ ހަރުގެއަށް ދެވެން ހުރި ހުރިހާ މަގެއް ފލުހުންވަނީ ބަންދުކޮށްފައި
01:10 އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް އެޕާޓީގެ ހަރުގެ ދޮށުގައި މުޒާހަރާ ކުރާ ފަރާތްތަކާއި ދެކޮޅަށް އަޑު އުފުލަމުން އެބަދޭ ފުލުހުން އެސަރައްދުގައި އެބަތިބި
01:00 މުޒާހަރާގެ ބައިވެރިންގެ މިސްރާބް ބަދަލުކޮށްފި ޗާންދަނީމަގު ޖަންގުޝަން ސަރަހައްދަށް ދިއުމުގެ ބަދަލުގައި މިހާރު މިސްރާބް ހުރީ އމީނީ މަގުގައި ހުންނަ ފުލުހުންގެ އިސްކަން ދަރު ކޮށި ސރަހައްދަށް
12:50 މުޒާހަރާގެ ބައިވެރިން މިސްރާބު ހުޜި ޗާންދަނީ މަގު ޖަންގުޝަންއަށް، ފުލުހުން ފޯސް އެސަރަހައްދުގައި އެބަތިބި
12:44 މުޒާހަރާގެ ބައިވެރިން ފަރީދީ މަގަށް ނިކުމެއްޖެ މިސްރާބު ހުރީ ހުޅަނގަށް
12:41 މުޒާހަރާގެ ބައިވެރިން ތަފާތު ގުރޫޕްތަކަށް ބެހި ތަފާތު މަގުތަކުން މިސްރާބް ޖަހަން ފަށައިފި
12:36 މުޒާހަރާގެ ބައިވެރިން މަސްމާރުކޭޓް ހުރަސްކޮށް ހިނގައްޖެ ފުލުހުން ގޮވަމުންދަނީ ޢާއްމުންގެ މުދަލަށް އަރައިގަނެ ހަމަނުޖެހުން ނުހިންގުމަށް
12:31 މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުތުމަށްޓަކައި ހުޅަނގު ފަރާތަށް މިސްރާބު ޖަހައިފި
12:18 މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުތުމަށް ގޮވަމުން އެބަދޭ އަދި މުޒާހަރާގެ ބައިވެރިން ފުލުހުންނާއި މުޚާތަބުކޮށް ބުނެފައި އެންޑީޕީގެ އެކްޓީވިސްޓްންނަކީ މިކަމަށް ހުރި ނުރައްކާތެރި ހަތިޔާރެއް ކަމަށް
1207 މިހާރު ވަހަކަދައްކަވަނީ ރޭގައި ޖުމްހޫރީ ޕާޓިއާއި ދެވަނަ ފަހަރަށް ގުޅިވަޑައިގެންނެވި މިހާރު އެޕާޓީގެ ނައިބް ލީޑަރ ޢަބްދުﷲ ޖާބިރު
12:01 އިލްހާމް ވިދާޅުވީ އެބޭފުޅުންވާނި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަޞީހުއާއި ބައްދަލުކުރުމަށް އެޕްއިންޓްމެންޓަށް އެދިފައިކަމަށާއި ބައްދަލުވުން ހަމަޖެހުނުހާ އަވަހަކަށް ގުޅުއްވާނެކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ.
11:58 ފުލުހުންގެ އިސްބޭފުޅުންނާއި ބައްދަލު ނުވެ ރިޔާޒާއި އިލްހާމް ފުލުހުންގެ މަރުކަޒުން ނިކުމެވަޑައިގެންފ
11:51 މުޒަހާރގެ ބައިވެރިން ޑިމާންޑްކުރާ ކަންތައްތަކާއި ބެހޭގޮތުން ފުލުހުންގެ އިސްވެރިންނާއި ބައްދަލުކުރުމަށް ވިލިފުށީދާއިރާގެ ރިޔާޒު އާއި ގެމަނފުށީ ދާއިރާގެ މެންބަރު އިލްހާމް ތިއްބެވީ ފުލުހުންގެ މަރިކަޒުގައި
11:44 މުޒާހަރާގެ އިސް ދެމަންދޫބުގެ ހައިސިއްޔަތުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުއާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް ފުލުހުންގެ އިސްބޭފުޅުންނާއި ބައްދަލު ކުރުމަށް ވަޑައިގެންފި
11:42 މުޒާހަރާ ހުއްޓާލުމަށް ފުލުިހުން ތަކުރާރުކޮށް ގޮވަމުންދާތީ، ވިލިމާފަންނު ދާއިރާގެ ނިހާން ވިދާޅުވީ އަސްކަރީ ބާރުތަކުން ހައްޔަރުކޮށްފައިވާ ކުރިމިނަލް ކޯޓްގެ އިސް ގާޒީ ޢބްދުﷲ މުޙައްމަދު ދޫކޮށްލިހާ އަވަހަކަށް މުޒާހަރާ ހުއްޓާލެނެކަމަށް
11:28 ނާޒިމް ފުލުހުންނާއި މުޚާތަބު ކުރަމުންވިދާޅުވީ އެމްއެމްއޭ ސަރހައްދުގައި މުޒާހަރާ ކުރުމުގެ ފުރުޞަތު ނެތްނަމަ މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރާނެކމަށް
11:23 މިހާރު ވައްކަދައްކަވަމުންގެންދަވަނީ ޕީޕީއެމްގެ ނާޒިމް އޭނާ ވިދާޅުވީ އަމްޑީޕީގެ އެކްޓިވިސްޓުންތަކެއް އައިޖީމެމްއެޗް ކައިރީގައި ހުރި ޕެޓްރޯލު ޝެޑުން އަގުބޮޑުކޮށް ޕެޓްރޯލް ގަންނަމުންދާކަމަށް
11:19 މިރެއަކީ ބަންދުރެއަކަށް ވުމާއެކު އެހެން ރޭ ރެއަށްވުރެ ގިނައިން މުޒހަރާގައި މިރޭ މީހުން ގިނަކނަ ފާހަނގަކުރެވޭ
11:16 މުޒާހަރާގެ ބައިވެރިންގ މަގުމައްޗަށް ނިކުތު މާއިމެދު ވޯޓެއްނަގައިފި ވޯޓްގައި މިހާރުވެސް މަގުމައްޗަށް ނިކުތުމަށް މުޒާހަރާގެ ބައިވެރިންވަނީ އިއްތިފާގުވެފައި
23:11: ބެރިކޭޑްތަކުގެ ބިއްދޮށުގައި ތިބި ފރާތްތަކުން އެތެރެއަށްވަދެ މުޒާހަރާގެ ބައިވެރިން ޏާއި ގުޅިއްޖެ
10:59 ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާ ޤަރާރުގައި އެންމެ ފުރަތަމ ސޮއި ކުރައްވާނީ އެނާ ކަމަށް ނިހާން ވިދާޅުވި
10:56 މިހާރު ވާހަކަ ދައްކަމުންގެންދަނީ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު
10:50 މުޒާހަރާއަށް ގިނަ ބަޔަކުވަނީ ޖަމާވެފައި
10:47 ފެން ލޮރީއެއް އެސަރަހައްދުގައި އެބަ އޮތް
10:46 ސަލާމަތީ ބާރުތަކުން މުޒާހަރާ ކުރާ ސަރަހައްދުގައ ސފަކަށް އެތުރި ލައިފި
10;30 ޕީޕީއެމްގެ އިންތިގާލީ ނައިބުރައިސް އމަރު ނަސީރު ވާހަކަ ދައްކަވަނީ
10:30 މުޒާހަރާ ފެށިއްޖެ
ކޮމެންޓް (0)
ލޯޑް ކުރަމުން...