ރާއްޖޭގެ ޚަބަރުއަރަބިދުނިޔެއެމެރިކާދުނިޔެލައިވް ބްލޮގް

ޔަހޫދީ ޤާޠިލުން އެމެރިކާގެ އެހީތެރި ކަމާއި އެކު ޣައްޒާގައި ދެވަނަ ޤަޠުލުޢާއްމެއް ހިންގަން ފަށައިފި

ޣައްޒާއަށް ދެންމެ ދިން ޙަމަލާއެއް

ޔަހޫދީ ޤާޠިލުން އެމެރިކާގެ އެހީތެރި ކަމާއި އެކު ޣައްޒާގައި ދެވަނަ ޤަޠުލުޢާއްމެއް ފަށައިފިއެވެ.

ޣައްޒާއިން ޚަބަރު ލިބޭގޮތުން ޒަޔަނިސްޓް އިޒްރާއީލުން ދެވަނަ ޤަޠުލު ޢާއްމެއް ފަށާފައި ވަނީ މިއަދުގެ ހުކުރު ނަމާދުގެ ކުރިން ފަލަސްޠީނު ރައްޔިތުން ހުކުރަށް ދިޔުމުގެ ތައްޔާރީ ތަކުގައި އުޅެނިކޮށް ކުއްލި ގޮތަކަށެވެ. މިއަދުގެ ޙަމަލާތައް ބޮޑަށް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ މިސްކިތް ތަކަށެވެ. ހުކުރު ނަމާދަށް މިސްކިތް ތަކަށް ދިޔަ ކުދި އަދި ބޮޑެތި ފިރިހެނުންގެ ބޮލަށް ބެލުމެއްނެތި ގެންދަނީ ބޮންއަޅަމުން މިސްކިތްތައް ހަލާކު ކުރަމުންނެވެ. ގާޒާ އަންޑަރ އެޓޭކް ހޭޝްޓެގްގެ ކޮންޓްރޯލް ހޯދަން ޒަޔަނިސްޓުން މި ހޭޝްޓެގަށް ގިނަ ޢަދަދަކަށް ޓްވީޓްކޮށް ފްލަޑްކުރަން ފަށައިފިއެވެ. އެހެން ކަމުން ދިވެހި ޒުވާނުން އިޒްރޭލާއި ދެކޮޅަށް މި ހޭޝްޓެގަށް ވީހާވެސް ގިނައިން ޓްވީޓް ކުރުމަކީ ޔަހޫދީންގެ މަސައްކަތަށް ހުރަސް އެޅޭނެ މަގެކެވެ.

2245: ޣައްޒާ އަށް މިއަދު އިޒްރޭލަށް އެމެރިކާއިން ހަދިޔާކުރި ޑްރޯން ތަކުން ދިން ހަމަލާގައި އެކަނި ވެސް 3 މީހަކު މަރުވެފައި ވާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފި. އަލްޖަޒީރާގެ ހިސާބު ތަކަށް ބަލާއިރު، މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 1898 އަށް އަރާފަ. މިއަދު އެކަނި ވެސް ވަނީ 22 މީހަކު ޒަޚަމްވެފަ.

2230: މިސްރުގެ ވެރިރަށް ޤާހިރާގައި މިހާރު ކުރިޔަށްދާ ސުލްޙައިގެ ވާހަކަ ތަކުގައި ޣައްޒާގެ ކަނޑުގެ ބަނދަރު ހުޅުވާލުމަށް ނުވަތަ އިޒްރޭލުން ހަލާކު ކޮށްލާފައިވާ ޣައްޒާގެ އެއާޕޯޓް މަރާމާތު ކޮށް ހުޅުވުމުގެ ހުއްދަ ދިނުމަށް ހަމާސުން އެދުމުން އިޒްރޭލުން މިކަންކަމާއި ދެކޮޅު ހަދާފައި ވާކަމަށް އިޒްރޭލުގެ ޗެނަލް 10 ގައި އެ ޤައުމުގެ އިސް އޮފިޝަލަކު ބުނެފި. މިމީހުންނަށް ރަނގަޅު އެއްވެސް ގޮތެއްނެތް. މިސުރާއި އިޒްރޭލުން ބޭނުންވަނީ ޣައްޒާ ޙިޞޯރުކޮށް އެންމެން މަރާލަން ކަމަށް ބުނުމުގެ ފުރުޞަތު އެބައޮތް.

2143: ޔަހޫދީ ކާފަރުންނަކީ ހަނގުރާމަ ކުރަންވެސް ދަންނަ ބައެއް ނޫނެވެ. ޔަހޫދީންގެ އަނިޔާވެރި ޙަމަލާތައް ހޮސްޕިޓަލު ތަކާއި ސްކޫލު ތަކާއި މިސްކިތް ތަކާއި ޤަބުރުސްތާނުތަކުގެ އިތުރުން ދަނޑުބިންތަކަށް ގެންދަނީ އަމާޒު ކުރަމުން. މުޖާހިދުން ނުމެރޭތީ ޔަހޫދީން ވަނީ ގޮތްހުސްވެ މޮޔަވެފަ. މިއީ ދުނިޔޭގެ ހަމަޔާއި އުޞޫލު ޤަބޫލުކުރާ އެއްވެސް ބަޔަކު ޤަބޫލުކުރާނެ ކަމެއް ނޫން. ޔަހޫދީން ވަނީ ޣައްޒާގެ ދަނޑުބިން ތަކަށް ހަމަލާދީ ގައްޒާގެ ރައްޔިތުންނަށް ކާންބޯންލިބޭ ހަމައެކަނި ވަޞީލަތްތައް ފުނޑުފުނޑު ކޮށްލައިގެން 200 މިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ދީފަ.

2133: އިރު އޮއްސެމުންދާވަރަކަށް ޙަމަލާތައް ވަރުގަދަ ކުރަން ފަށައިފި. މިރެއަކީ ބޮޑު ޤަޠުލުޢާއްމެއް ހިންގާނެ ރެއެއްކަމަށް ބެލެވޭތީީ ޣައްޒާގެ ރައްޔިތުން ތިބީ ވަރަށް ބިރުން.

2044: ޔަހޫދީންގެ މިސައިލަކުން ލިބުނު ގެއްލުމާއި ޙަމާސްގެ ރޮކެޓަކުން ލިބުނު ގެއްލުންތައް. ޙަމާސްގެ ރޮކެޓްތައް ގިނަފަހަރަށް ވެއްޓެނީ މީހުން ނޫޅޭ ހުސް ބިންތަކަށް.

2038: އިތުރު މީހަކު ޝަހީދު ކޮށްލާފައި ވާކަމަށް ޣައްޒާއިން ޚަބަރުލިބޭ. މިކަން އަދި ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރު ނުކުރެވޭ.

2022: ޔަހޫދީންގެ ޙަމަލާތައް ވަރުގަދަކޮށްސ ޤަތުލުޢާއްމު ފުޅާކޮށްފި. ޣައްޒާގެ ނުޞައިރާތު އަވަށުގެ މެދުތެރެއަށް ވަރުގަދަ ޙަމަލާ ތަކެއް ދީފި.

2000: ޣައްޒާގެ އަލްމަގާޒީ ޤަބުރުސްތާނަށް ވެސް ޔަހޫދީންގެ ބޮންއަޅާ ބޯޓުފަހަރުން ބޮން އަޅައިފި. މިއަދު ގިނައިން ބޮން އަޅަމުން ގެންދަނީ މިސްކިތް ތަކާއި ޤަބުރުސްތާނު ތަކަށް. މަރުވެފައި ތިބިމީހުންނަށްވެސް ޔަހޫދީންގެ އުނދަގޫމިވަނީ ބޮޑުވެފަ.

1956: ޣައްޒާގެ ޒަތޫން އަވަށުގެ ކައިރީގައި މީހުން ދިރިއުޅޭ ހިސާބަކަށށް ބޮންއަޅައިފި.

1952: އިނގިރޭސި ވިލާތުގެ ޖޯޖްޓައުންގައި އިޒްރޭލާ ދެކޮޅަށް މިހާރުވެސް މުޒާހަރާ ކުރަމުން ގެންދާއިރު، ޔަހޫދީންގެ އެޖެންޓެއް ކަމަށް ބެލެވޭ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ލޮލަށް ފެންނަވަރުގެ ބޮޑު މުޒާހަރާއެއް ޤައުމީ ފެންވަރުގައި ކުރާނެކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މަދަނީ ޖަމާޢަތްތަކުން މިއަދު ދީފި.

1949: ކެނެޑާގެ ވެރިރަށް ޓޮރޮންޓޯގައި ހުރި ޔަހޫދީ އިޒްރޭލުގެ އެންބަސީ ކުރިމަތީގައި އެތައް ބަޔަކު އިހުތިޖާޖު ކުރަމުން އެބަދޭ.

1940: މީގެ އިރުކޮޅެއް ކުރިން ޞަބްރާގެ މީހުން ދިރިއުޅޭ ހިސާބު ތަކަށް ޔަހޫދީ ބޮން އަޅާ ބޯޓު ފަހަރުން ވަރުގަދަ ޙަމަލާ ތަކެއް ދީފި.

1905: ވެސްޓްބޭންކުގައި ޔަހޫދީންގެ އަނިޔާވެރި ޤަޠުލު ޢާއްމު ތަކާއި ދެކޮޅު ހަދައި މުޒާހަރާކުރި ފަލަސްޠީނު ރައްޔިތުންނަށް އިޒްރޭލު ފުލުހުން ޙަމަލާ ދެމުން އެބަދޭ

1900: ޣައްޒާގެ ބައިތު ލަޙިޔާއަށް ޔަހޫދީން ދެމުންދާ ޙަމަލާ ތަކުން ސަލާމަތް ވުމަށް ބަޔަކު ގެއިން ނުކުމެ ގެ ހުސްކުރި ތަނުން އެ ގެބޮން އަޅައި ގެ ގޮއްވާލައިފި.

1857: ޔުނިވާސިޓީ އޮފް އިލިނޮއިސްގެ މަޝްހޫރު ޕްރޮފެސަރަކު އިޒްރޭލުގެ ޤަތުލު ޢާއްމު ތަކާއި ދެކޮޅަށް ތްވީޓެއް ކުރުމުން ވަޒީފާއިން ވަކިކޮށްފި.

1815: މިރޭ 8 އިން ފެށިގެން ހަމަލާތައް ހުއްޓާލުމާއި މެދު އެއްބަސްވުމަކަށް އާދެވުނު ކަމަށް މިސްރުގެ އިޮފިޝަލަކާއި ހަވާލާދީ ބީބީސީން ބުނެފި

1810: ޣައްޒާގެ އިރުމަތީ ފަރާތުން ޒައިތޫން އަވަށުން ޒަޙަމްކޮށްލާފައިވާ އެތައް ބަޔަކު އައްޝިފާ ހޮސްޕިޓަލަށް ގެނެސްފި

1805: ޙަމަލާތައް ހުއްޓާލުމާއި މެދު ކުރަމުން ގެންދާ މަޝްވަރާ ތަކުން ކުޑަ ކުރިއެރުމެއް ލިބިއްޖެ ކަމަށް އޭއެފްޕީން މިސުރުގެ ސީސީއާއި ޙަވާލަދީ ބުނެފި

1803: ޔަހޫދީން މިއަދު ޣައްޒާ އަށް ބޮން އަޅަމުން ގެންދަނީ.

1758: ޣައްޒާ އަށް ތާއީދުކޮށް އިނގިރޭސި ވިލާތުގައި ބޮޑު މުޒާހަރާއެއް ކުރަން އުޅޭތީ އެކަމާ ދެކޮޅު ހަދާ އިނގިރޭސި ވިލާތުގެ އިންގްލިޝް ޑިފެންސް ލީގު ކިޔާ ނަޞޯރާ ކުޑަ ޕާޓީއެއްގެ ހައެއްކަ މުސްކުޅިން އިޒްރޭލުގެ ދިދަ ހިފައިގެން މުޒާހަރާ ކުރަން ފަށައިފި.

1740: ފަލަސްޠީނަށް ތާއީދު ކުރުމުގެ ގޮތުންދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ އުރުގުއޭ އިން ފަލަސްޠީނުގައި އެމްބަސީއެއް ހުޅުވަން ނިންމާ އެކަން ހާމަ ކޮށްފި

172: މިއަދު ޝަހީދު ކޮށްލި 10 އަހަރުގެ ކުއްޖާގެ ގަޔަށް ހަނގުރާމަ މަތީ ބޯޓުތަކުން ޙަމަލާދިނީ އެ ކުއްޖާ ކުޅެން އުޅެނިކޮށް.

1716: އެމެރިކާއިން މުސްލިމު ކުޑަކުދިންނާއި އަންހެނުންގެ ބޮލަށް ބޮން އަޅައި މެރުމަށް ހިލޭ ދީފައިވާ ބޮންއަޅާ ބޯޓުފަހަރުން ޣައްޒާގެ ރައްޔިތުން މިސްކިތެއްގައި ނަމާދަށް ތިއްބާ މިސްކިތަށް ބޮންއަޅައި ގޮއްވާލަނީ. އެމެރިކާއިން ބުނަނީ މިއީ އަމިއްލަ ދިފާޢުގައި ކުރަން އިޒްރޭލަށް ޖެހޭ ކަމެއް ކަމަށް. މިސްކިތް ތަކާއި ސްކޫލް ތަކާއި ހޮސްޕިޓަލު ތަކަށް ޙަމަލާދިނުމަކީ ހަނގުރާމައިގެ ކުށެއް.

1713: ޔަހޫދީންގެ ބައިވެރިޔާ މިސްރުގެ ފިރުޢައުނު ސީސީ ޣައްޒާއަށް ބޭހާއި ކާބޯތަކެތި ވެއްދުމަށް ކުޑަ ވަގުތު ކޮޅަކަށްވެސް ރަފަޙް ބޯޑަރު ނުހުޅުވާނެ ކަމަށް އަންގައިފި. އޭނާ ބުނަނީ އޭނާ ބުނާ ކޮންމެ ގޮތެއް ހަދަން ޙަމާސުން އެއްބަސް ވަންދެން ޔަހޫދީންނާއި ބައިވެރި ވެގެން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގައި އެހީތެރިވާނެ ކަމަށް.

1705: އިޒްރޭލުން އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރާއި އެކު ހަނގުރާމަ ކުރަނީ އެއްވެސް ހަތިޔާރެއް ސިފައިންނެއް ޙިމާޔަތެއް ނެތް ޢާއްމުން ތަކަކާއި ކަމަށްބުނެ އެ ޤައުމަށް ގިނަ ބަޔަކު އަންނަނީ މަލާމާތް ކުރަމުން.

1700: މާލޭގައި ވެސް އިޒްރޭލުގެ އަނިޔާވެރި ކަމާއި ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަމުން އެބަދޭ.

1647: ޣައްޒާގެ ބޯޑަރު ހުރަސްކޮށް މިސްރަށް އެތެރެވާން ދަތުރުކުރަމުން ގެންދިޔަ ބަޔެއްގެ ބޮލަށް އިޒްރޭލުން ބޮންއަޅައިފި. މި ޙާދިސާގައި ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދި ނުލިބޭ.

1645: އިޒްރޭލުގެ ޔަހޫދީންގެ އަނިޔާވެރި ކަމާއި ދެކޮޅަށް ދިވެހި ރާއްޖޭގެ ވެރިރަށް ފުރަމާލޭގައި މިހާރުވެސް އަންނަނީ މުޒާހަރާ ކުރަމުން

1643: ޓެރަރިސްޓު އިޒްރޭލުގެ ޙަމަލާއެއްގައި ޣައްޒާގެ އަލްނޫރު އަލް މުޙައްމަދީ މިސްކިތް މުޅިން ފުނޑުފުނޑުވެފަ.

1638: ޔަހޫދީންނާއި އެއްބައިވެގެން މިސްރުން ޣައްޒާ ބަންދު ކޮށްފައިވާތީ މިސްރު ބައިވެރިވާ އެފްރިކާގެ އިއްތިޙާދަށް ޗަކުވާ ހުށަހަޅައިފި

1630: އިނގިރޭސި ވިލާތުގެ ލަންޑަނުގެ ބީބީސީ ޕޯޓްލޭންޑުގައި މާދަމާ ކުރާ މުޒާހަރާގައި ވީނާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މިކަން އިންތިޒާމްކުރާ ގިނަ ޖަމިއްޔާ ޖަމާޢަތްތަކުން ގޮވާލައިފި.

1628: މިއަދުން ފެށިގެން ޢަދާލަތުން ހުޅުވި ޣައްޒާ ފަންޑު މޯލްޑިވްސް އުވިފައި ވާކަމަށާއި، ދެން އޮންނާނީ މީޑިޔާ ތަކުގެ ހެލްޕް ގާޒާ ފަންޑު ކަމަށް ސަންއޮންލައިންގެ އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު ޢިއުލާނު ކުރައްވައިފި.

1626: ދާދި ދެންމެއަކު އެމެރިކާއިން ޔަހޫދީންނަށް ދީފައިވާ ބޮމާއި ބޮންއަޅާ ބޯޓުތަކުން ޣައްޒާގެ އިރުމައްޗަށް ދިން ޙަމަލައެއް.

1622: ޣައްޒާގެ ގިނަ ރައްޔިތުން ބުނަނީ އެންމެ ބޮޑު ހިތާމައަކީ ޔަހޫދީންނާއި ގުޅިގެން މިސްރުގެ ފިރުއައުނު ސީސީ ވެސް ޣައްޒާ ބަންދުކޮށްގެން އުޅޭތީ ކަމަށް. ޣައްޒާ އަށް ކާބޯތަކެއްޗާއި ބޭސް އެތެރެ ކުރެވެން އޮންނަ ހަމައެކަނި މަގު ކަމަށްވާ މިސްރުގެ ރަފަޙް ބޯޑަރު ވަނީ ސީސީގެ އަމުރަށް ބަންދު ކޮށްފަ.

1621: ފަލަސްޠީނުގެ ރައްޔިތަކު އދގެ ސެކްރެޓަރީ ޖެނެރަލް ބަންކީމޫނަށް ފޮނުއްވި ހުޅުވާލެވިފައިވާ ސިޓީއެއް.

1617: އިނގިރޭސި ސަރުކާރުން ޣައްޒާ ޢާއި މެދު ގެންދުޅޭ ސިޔާސަތާއި މެދު ހިތްހަމަ ނުޖެހޭތީ މާދަމާ މުޅި އިނގިރޭސި ވިލާތުގައި ޤައުމީ ފެންވަރުގެ ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފި. އިނގިރޭސި ޢާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިންސާފަށް ލޯބިކުރިޔަސް ޔަހޫދީންނާއި ގުޅުންބޮޑު ކޮންޒަވޭޓިވް ސްރުކާރުން މިކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ.

1615: އަލްޖަޒީރާ ޢަރަބި ގޮފީގެ އަލް މުބާޝަރު ޓީވީ ޗެނަލުން ގެންދަނީ މެދު ނުކެނޑި ޣައްޒާގެ ޙާލަތު ވަގުތުން ދުނިޔެއަށް ދައްކައި ދެމުން. އެހެން ކަމުން އަލްޖަޒީރާގެ ނޫސްވެރިންނަށް ވެސް އިޒްރޭލުން ގެންދަނީ ގަސްތުގައި ޙަމަލާދެމުން.

1605: ޔަހޫދީންގެ އަނިޔާވެރިކަން ޙައްދުފަހަނަ އަޅާފައިވާތީ އެއްވެސް ބާވަތެއްގެ ހަތިޔާރުގެ މުޢާމަލާތެއް ޔަހޫދީ އިޒްރޭލާއި އެކު ނުކުރުމަށް ސްޕޭން ސަރުކާރުން ނިންމައިފި. މަޢުލޫމާތު ލިބޭގޮތުން އިނގިރޭސި ވިލާތުން ވެސް މި ފިޔަވަޅު އެޅުމަށް މިހާރު ދަނީ ވިސްނަމުން. މިކަން ނުވެގެން އުޅެނީ މިހާރުގެ އިނގިރޭސި ކޮންޒަވޭޓިވް ސަރުކާރުގެ އިސް ފަރާތްތަކާއި ހުރެ.

1600: ޔަހޫދީންގެ އަނިޔާވެރި ކަމުގައި މުޅި ޢާއިލާ އެއްކޮށް ޝަހީދު ވީއިރު ސަލާމަތްވީ ހަމައެކަނި ތުއްތު ކުއްޖާ. މި ތުއްތު ކުއްޖާ އަށް ނިހާޔަތަށް އެހީތެރިކަން ބޭނުންވޭ

1553: ޣައްޒާގެ ބައިތުޙަނޫންގެ ގަބުރުސްތާނަށް ޔަހޫދީ އިޒްރޭލަށް އެމެރިކާއިން ދިން ބޮންއަޅާބޯޓުތަކުން ބޮންއަޅާފަ. ކާފަރުންގެ އަނިޔާވެރިކަން ކުރިމަތިވެފައި ވަނީ ހަމައެކަނި ދިރިތިބީންނަކަށްނޫން. މަރުވެފައި އޮންނަ މީހަކަށްވެސް ޣައްޒާގައި އަމާންކަމެއް ނެތް. ޔަހޫދީންގެ މި އަނިޔާވެރި ކަމަކީ އެމީހުންގެ ގޮތްކުޑަ މުޑުދާރު ޢަމަލުތައް ދުނިޔެއަށް ހާމަވަމުންދާ ޖަރީމާތައް. މިސްކިތް ތަކާއި ސްކޫލު ތަކާއި ހޮސްޕިޓަލު ތަކާއި ޢާއްމުން ބޮލަށް ބޮން އަޅަމުން ދިޔުމަކީ ޔަހޫދީން އިތުރަށް ފަލީޙަތްވާނެ ކަމެއް.

1534: އިޒްރޭލުން އަދިވެސް ގެންދަނީ ޣައްޒާއަށް ބޮން އަޅަމުން

1532: ޢަޞުރު ނަމާދު ވަގުތަށް ޣައްޒާ ޓެލެތޯން މެދުކަނޑާލައިފި

1527: އަޔަރލޭންޑުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ޣައްޒާގެ ޙާލަތު ބަޔާންކޮށްދެނީ.

1523: އެނޮނިމަސްގެ ގޮފިތަކުން ޓްވިޓާގައި ޣައްޒާއަންޑަރއެޓޭކް ހޭޝްޓެގަށް ޓްވީޓްކުރަން ފަށައިފި. ޔަހޫދީ އިޒްރޭލުން ވަނީ މި ހޭޝްޓެގުގެ ކޮންޓްރޯލް އަތުލުމަށް މިއަދު ގިނަ ޢަދަދެއްގެ ދޮގު ޓްވީޓްތައް ކޮށް ޙަޤީޤަތް އޮޅުވާލަން މަސައްކަތް ކޮށްފަ. އެނޮނިމަސްއިން ދެންމެ ބުނީ މިހާތަނަށް 12 މީހަކު ޒަޚަމް ކޮށްލިކަން ކަށަވަރު ވެފައިވާ ކަމަށް.

1520: އެނޮނިމަސްއިން ބުނީ އެމީހުންގެ ހަތިޔާރަކީ ބަސްތަކެއް ކަމަށާއި، ދުނިޔެއަށް ހަޤީޤަތް ހާމަކޮށްދިނުމަކީ އެމީހުންގެ މަޤްޞަދު ކަމަށް. އެނޮނިމަސްގެ ވީޑިޔޯ ރިޕޯޓުގައި ވަނީ ޔަހޫދީއަނިޔާވެރިން ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ އަނިޔާ ތަކުގެ ތަފްޞީލު ހާމަކޮށްފަ. ވަރަށް އަސަރުގަދަ ރިޕޯޓެއް.

1515: އެނޮނިމަސްގެ ރިޕޯޓުގައި ޣައްޒާގެ ކުޑަކުދިންނާއި ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހުއްދަނޫން ހަތިޔާރު ޓެސްޓު ކޮށްލުމަށް ބޭނުން ކުރަމުން ގެންދާކަމަށް ވަނީ ހާމަކޮށްފަ.

1512: އެނޮނިމަސް އިން ޣައްޒާއަށް ތާއީދުކޮށް ވީޑިޔޯއެއް ޢާއްމު ކޮށްފި.

1507: ޢައްޒާގެ އައްޝިފާ ހޮސްޕިޓަލަށް މެދު ނުކެނޑި ގެންދަނީ ޒަޚަމް ވެފައިވާ ޢާއްމުން ގެންނަމުން. އެމީހުންގެ ޢާއިލާ ތަކާއި އެކު ހޮސްޕިޓަލަށް ވަނީ އިތުރަށް ބާރުބޮޑުވެފަ

1505: ޣައްޒާގެ ރައްޔިތުންނާއި އެކު އަޔަރލޭންޑުގެ ރައްޔިތުން ތިބިކަން ހާމަކޮށްދެނީ. އިސްލާމީ ބޮޑެތި ޤައުމު ތަކާއި އެ ޤައުމު ތަކުގެ ސަރުކާރު ތަކުން އަޑިއަޑިން ޔަހޫދީންނަށް ހިއްވަރުދޭ ކަން އިޒްރޭލުން ވަނީ ހާމަ ކޮށްފަ.

1500: އިޒްރޭލާއި އެމެރިކާ އާއި އޮބާމާއާއި މިސްރުގެ ސީސީ އަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ. އިޒްރޭލުން ވަނީ އދގެ 65 ޤަރާރަކާއި ޚިލާފަށް ބޮޑެތި ޤަތުލު ޢާއްމު ތަކާއި ޖަރީމާތައް ހިންގާފަ. އިޒްރޭލާއި ދެކޮޅަށް އެޅުނު ފިޔަވަޅެއް ނެތް. އިޒްރޭލުގެ ދިފާއުގައި އެމެރިކާއިން ވަނީ އދގެ އެތައް ޤަރާރެއް ބޮއިކޮޓް ކޮށްފަ.

1456: ޓެލެގްރާފް ފަދަ އިނގިރޭސި ނޫސްތަކުންވެސް ދަނީ ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރައިގެން ޔަހޫދީން ދިފާޢުކޮށްދެމުން.

1451: އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދިނުމާއި ހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެނެޒުއޭލާއިން ހުށަހަޅައިފި.

1448: އިޒްރޭލުގެ އަނިޔާވެރި ޢަމަލުތައް ފޮރުވުމަށް ބީބީސީން ގެންދަނީ ނުބައި ރޯލެއް ކުޅެމުން.

1445: ޔަހޫދީ އިޒްރޭލު ޒަޔަނިސްޓުންގެ އަނިޔާވެރިކަން ވަނީ ހިޓްލަރުގެ އަނިޔާވެރި ކަމަށްވުރެވެސް ވަރުގަދަކޮށްފަ.

1442: މިއަދުގެ ޙަމަލާ ތަކުގައި އެންމެ ފުރަތަމަ ޝަހީދު ކޮށްލާފައި ވަނީ އިބުރާހީމް ދުވާސާ ނަމަކަށް ކިޔާ ދިހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް.

1432: ދިވެހި މީޑިޔާ ތަކުގެ ޣައްޒާ ޓެލެތޯން ފެށީ ކީރިތި ޤުރުއާނުގެ ބަރަކާތުން. އެވަގުތުވެސް ޔަހޫދީންގެ ބޯޓުފަހަރުން ގެންދިޔައީ ޣައްޒާގެ މިސްކިތް ތަކަށް ހުކުރަށް ގޮސް ތިބި މީހުންގެ ބޮލަށް ބޮން އަޅަމުން

1431: އެމެރިކާއިން ހަދިޔާ ކޮށްފައިވާ ހަތިޔާރާއި ހަނގުރާމަމަތީ ބޯޓުފަހަރުން ޣައްޒާ އަށް ދާދި ދެންމެއަކު ދިން ޙަމަލާއެއް.

1430: ޣައްޒާ އަށް އެހީވުމަށް ދިވެހި މީޑިޔާ ތަކުން އިންތިޒާމް ކުރާ ޓެލެތޯން ރަސްމީކޮށް ފަށައިފި.

1427: އަލް ނޫން މިސްކިތުގައި ހުކުރު ނަމާދުގެ ޖަމާޢަތް ފަށަން ތައްޔާރު ވެފައި ވަނިކޮށް މިސްކިތަށް ބޮން އަޅައިފި. އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކަށް އަނިޔާވާނެ ކަމަށް ބެލެވޭ.

1422: ޔަހޫދީންގެ ޙަމަލާ ތަކަށް ހަމާސުން ވެސް ރައްދު ދޭން ފަށައިފި. ޙަމާސްގެ ފުރަތަމަ ރޮކެޓު އިޒްރޭލަށް އަމާޒުކޮށް ޣައްޒާއިން ފޮނުވާލައިފި. ޙަމާސްއިން ޙަމަލާދޭން ފެށުމުން ޙަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ވަގުތު ވެސް ހަމަވެފައި ވާތީ އިތުރު ވަގުތު ތަކުގައި ޙަމަލާތައް ހުއްޓާނުލާނެކަން ވަނީ ކަށަވަރުވެފަ.

1420: އެމެރިކާގެ ހިލޭ އެހީގެ ދަށުން ދީފައިވާ ބޮންއަލާ ބޯޓުފަހަރުން މިއަދުގެ ޙަމަލާތައް އަމާޒު ކުރަމުން ގެންދަނީ ބޮޑަށް މިސްކިތް ތަކަށް ހުކުރަށްދާ މީހުންނަށް. ޔަހޫދީ ބޯޓު ތަކުން ގެންދަނީ އެކި ސަރަޙައްދު ތަކަށް ބޮން އަޅަމުން.

1415: ހުކުރު ނަމާދަށް ގިނަ ބަޔަކު މިސްކިތް ތަކަށް ޖަމާވެފައި ވަނިކޮށް ޔަހޫދީން މިސްކިތް ތަކަށް އަމާޒުކޮށް ދަނީ ގިނަ ޙަމަލާ ތަކެއް ދެމުން. ޣައްޒާގައި މިހާރު ހަލާކުކޮށްނުލެވި ހުރި މަދު މިސްކިތް ތަކަށް ހުކުރު ނަމާދަށް ގިނަބަޔަކު ޖަމާވެފައި ވަނިކޮށް ދެމުން ގެންދާ ޙަމަލާ ތަކުގެ އަމާޒަކީ ވީނާވެސް ގިނަ ފިރިހެނުން ޝަހީދު ކޮށްލުން ކަމަށް ބެލެވޭ.

1410: ޔަހޫދީން ޣައްޒާގެ ބިމުން ފައިބަމުން ވަނީ އެމީހުން ހަލާކު ކުރި ޢާއްމުންގެ ގޭގޭގައި ރައްޔިތުންނަށް އިންޒާރުތައްދީ ލިޔެފަ.

1409: ޔަހޫދީންގެ ޙަމަލާތައް މިއަދު ބޮޑަށް އަމާޒު ކޮށްފައި ވަނީ މިސްކިތްތަކަށް ހުކުރަށް ގޮސްތިބި ޢާއްމުން ޝަހީދު ކުރުމަށް ކަމަށް ބެލެވޭ.

1408: ޔަހޫދީ އިޒްރޭލުގެ އަނިޔާވެރި ސިފައިން އަލް މުޙައްމަދީ މިސްކިތަށް ޙަމަލާދީ ކުޑަކުއްޖަކު ޝަހީދު ކޮށްލައިފި.

1406: ޣައްޒާގެ އައް ރަދުވާން މިސްކިތަށް ޔަހޫދީން ބޮން އެޅުމުން އެ މިސްކިތަށް ހުކުރަސް ގޮސްތިބި ބަޔަކަށް އަނިޔާވެއްޖެ.

1404: އިންޑިޔާއިން ވަނީ ފަލަސްޠީނު ރައްޔިތުންގެ މުސްތަޤިއްލު ކަމުގެ މަތިން ހަނދާން ނައްތާލާފަ؛ އަލްޖަޒީރާ

1357: ޔަހޫދީންގެ އަނިޔާވެރިކަމަށް އެމެރިކާއިން ވާގިވެރި ވަމުންދާނަމަ ފަލަސްޠީނުގެ ރައްޔިތުންނަށް ދުވަހަކުވެސް އިންސާފެއް ނުލިބޭބެ ކަމަށް ފަލަސްޠީނުގެ ބައެއް ރައްޔިތުން ޤަބޫލުކުރޭ.

1355: ފާއިތުވީ ފަސްމިނެޓުގެ ތެރޭގައި އިޒްރޭލަށް އެމެރިކާއިން ހިލޭ ދީފައިވާ F16 މަތިންދާ ބޯޓު ތަކުން ވަނީ ފަލަސްޠީނުގެ ޢާއްމުން ދިރިެުޅޭ 2 ގެއެއް ގޮއްވާލާފަ. ފަސްމިނެޓުން ދެ ޙަމަލާގެ ރޭޓުން ތަކުރާރު ވަމުން ދާނަމަ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ބޮޑުވެގެންވީ ޤަތުލު ޢާއްމެއް ހިންގާނެ

1350: މިހާރު ޙަމަލާ ދެމުން ގެންދަނީ ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕަށް، މި ކޭމްޕުގެ އިރުމަތީ ސަރަޙައްދަށް ގެންދަނީ ވަރުގަދަ ޙަމަލާ ތަކެއް ދެމުން. އެހެން ނަމަވެސް ރައްދުގައި ޙަމާސުން އަދި އެންމެ ރޮކެޓެއް ވެސް ފޮނުވާލާފައެއް ނުވޭ.

1343: މުޅި ޣައްޒާގެ މަތިން އިވެނީ ޔަހޫދީންގެ ބޮން އަޅާ ބޯޓުފަހަރުގެ ބޫން އަޑާއި ބޮންއަޅާ އަޑު ކަމަށް ޣައްޒާގެ ރައްޔިތުން ބުނޭ

ގުޅުންހުރި

2 ޚިޔާލު

  1. ކިންގް އަބްދުﷲގެ ވެރިކަން ވައްޓާލަންވީ ފުރަތަމަ، އެއަށްފަހު އެމެރިކާއަށް ތެޔޮ ވިއްކުން ހުއްޓާލީމަ ތި ހުރިހާކަމެއް ނިމުނީ.

  2. dhi islam kahala site thakun gaza ge haalath live koh midhia dhuvas thakuga genes nudhineethee v hithaamakuran … lahun namaves thikan feshee thee ufaakuran.. adhi kuri ah oyh thaaga ves genes dheyne kamah ummeed kuran..

Your email address will not be published. Required fields are marked *