އެހީ!ލައިވް ބްލޮގް

އަޑު އިވުމުން މަހުރޫމްވެފައިވާ އެއްމާބަނޑު އަޒްޔާން އާއި އިޒްޔާން އަށް އެހީ ބޭނުންވެފައި

އަޒްޔާން އާއި އިޒްޔާން އާއި ބެހޭ އެންމެ ފަހުގެ އަޕްޑޭޓް އިންޝާﷲ މިޕޭޖްއިން އަޕްޑޭޓް ވަމުންދާނެއެވެ. ތިޔަ ބޭފުޅުން ވެދެއްވާ އެހީއިން ވާނުވާ ނޭނގި ތިބޭކަން އިންޝާﷲ ނުޖެހޭނެއެވެ.

10 ފެބްރުއަރީ 2014

ލޯބި ލޯބި އަޒްޔާން އާއި އިޒްޔާން އަކީ އެއް މާބަނޑު ދެބެންނެވެ. އުމުރުން އަދި މިވީ އެންމެ 6 މަސްދުވަހެވެ. އަޒްޔާން އާއި އިޒްޔާން ގެ މަންމައަށް މި އެއްމާބަނޑު ދެބެންގެ އަޑު އިވުމުގައި މައްސަލައެއް އުޅޭކަން ފާހަގަވިއެވެ. ކަން ކަމަށް ސަމާލުކަން ނުދިނުމާއި އަޑު އިވުމުންވެސް އެޔަށް ސަމާލުކަން ނުދިނުމުން އާއިލާއިން އެކަން ނަގައިގަތެވެ. އަދި ޑޮކްޓަރުގެ އެހީތެރިކަން ހޯދިއެވެ. ޑޮކްޓަރު ވިދާޅުވީ އަޒްޔާން އާއި އިޒްޔާން އަށް އަޑު ނީވޭ ކަމަށެވެ.

ލިންކް: ހެލްޕް އަޒްޔާން އާއި އިޒްޔާން

އިސްލާމް ޓީޗަރެއް ކަމުގައިވާ ޤާނިމް ހުސެއިން، ހަބަރުގެ، ގއ ގެމަނަފުށި އަށާއި ޒައީމާ ހުސެއިން، ހިތަށް ފިނިވާނެ، ގއ ގެމަނަފުށި އަށް ލިބިފައިވާ މި ދެ "ޓްވިންސް" އަށް އަޑު އިވުމުގެ 'ފުރުސަތު' އެބަ އޮތްކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އެހެނަސް އެއީ 12 މަސް އެދެބެއިންނަށް ވުމުގެ ފުރުމުގެ ކުރިން އޮޕްރޭޝަން ކޮށްފިނަމައެވެ. އެހެނަސް އެއާއިލާގެ ކިބައިގައި އޮޕްރޭޝަން ކުރުމަށް ކުރަން ޖެހޭ ބޮޑު ޚަރަދު ކުރުމުގެ ފޯރުންތެރިކަމެއް ނެތެވެ. އެހެންކަމުން އެފަރާތުން ތިޔަ ކިޔުންތެރިންގެ އެހީތެރިކަމަށް އިންތިހާއަށް މިއަދު ވަނީ ބޭނުން ޖެހިފައެވެ.

ޑޮކްޓަރުން އަންދާސާ ކުރާ ގޮތުގައި 6 ލައްކަ ދިވެހި ރުފިޔާ މިސާރޖަރީއަށް ދެބެންނަށް ބޭނުންވެއެވެ.

އާއިލާގެ މެމްބަރަކު ދިއިސްލާމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ލަސް ނުވަނީ އަޒްޔަން އާއި އިޒްޔާން ގެ އޮޕަރޭޝަން ކުރެވިއްޖެނަމަ އަޑު އިވުމުގެ ނަސީބް ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަން ޑޮކްޓަރުން ވަނީ ދެއްވާފައި. އެހެނަސް ފައިސާގެ ދަތިކަން އޮތީ. އަޒްޔާން އާއި އިޒްޔާން އަށް އެހީތެރިވުމަށް ވަރަށް ބޮޑަށް އެދެން. އެދެކުދިންގެ އަޑު އިވުމުގެ ފުރުސަތުގައި ހިއްސާ ވެދެއްވުން ވަރަށް އާދޭހާއި އެކު އެދޭ."ކަމަށެވެ.

މިއީ މިއާއިލާއަށް މިކަހަލަ ހިތްދަތި ޚަބަރެއް ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. 5 ކުދިން ހިމެނޭ މިއާއިލާގައި އަޑު އިވުމުން މަހުރޫމުވެފައިވާ ކުއްޖަކުވެއެވެ. އެކުއްޖާގެ އުމުރުން މިހާރު 12 އަހަރެވެ. މިކުއްޖާއަށް ވެސް ޑޮކްޓަރުން ވަނީ ޅައުމުރުގައި އޮޕަރޭޝަން ކޮށްފިނަމަ އަޑު އިވުމުގެ ފުރުސަތު އޮތްކަމަށް ބުނެފައެވެ. އެހެނަސް މާލީ ހާލާތު ތަންނުދިނުމުން އެކަން ކުރެވޭ ގޮތް ނުވިއެވެ.

އަޒްޔާން އާއި އިޒްޔާންއަށް ތިބޭފުޅުންގެ އެހީތެރިކަން ވަނީ އިންތިހާއަށް ބޭނުންވެފައެވެ. އެކުދިންނަށް ހެޔޮ ބަހެއް ތިބޭފުޅުން ބުލިޔަސް އެކުދިންނަށް އަޑެއް ނީވެއެވެ. މޫނުމަތިން ހިނިތުންވުން ފެނުނަސް އެކުދިން ބޮޑުވުމުން އަޑު އިވުމުން މަހުރޫމުވެފައިވީތީ ދެރަވާނެއެވެ. އެހެންކަމުން ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅެއްވެސް ކޮންމެވެސް މިންވަރެއް އެކުދިންނަށް ހަދިޔާ ކުރައްވާށެވެ. އެންމެ ފައިސާ ފޮއްޗެއްވެސް އަޒްޔަން އާއި އިޒްޔާން ވަރަށް މުހިންމެވެ.

އަޒްޔަން އާއި އިޒްޔާން ގެ ޑޮކްޓަރީ ލިޔުންތައް ދިއިސްލާމްއަށް ވަނީ ލިބިފައެވެ.

ބެންކް އެކައުންޓް ނަން:MARIYAM ZAEEMA
ބެންކް އެކައުންޓް ނަންބަރު:BML - 7701 518467 101
އިތުރު މައުލޫމާތު: ގާނިމް 7936555
މަރިޔަމް ޒައީމާ 7718878
ނަޒީމް ހުސެއިން 7700801

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އެހީ!