އެމެރިކާ ބިއަރުގެ ވިޔަފާރިކުރާ އެމެރިކާގެ ތަނެއްގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގާ 9 މީހުން މަރާލާއިފި

ބިއަރުގެ ވިޔަފާރިކުރާ އެމެރިކާގެ ތަނެއްގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގާ 9 މީހުން މަރާލާއިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އައިޝާ ޝަހޫ

ބިއަރުގެ ވިޔަފާރިކުރާ އެމެރިކާގެ ތަނެއްގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގާ 9 މީހުން މަރާލާއިފިއެވެ.

އަދާކުރާ ވަޒީފާއިން 'އިސްތިއުފާ' ދިނުމަށް އެދުމާއި ގުޅިގެން އައި ރުޅީގައި ހިނގި މިހާދިސާގައި އެތަނުގައި މަސައްކަތްކުރާ އެތައް ބަޔަކު ޒަހަމްވެފައިވާކަމަށާއި 9 މީހުން މުވައްޒަފުން މަރުވެފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ބަޑިޖެހި މީހާ ވަޒީފާއިން ކަނޑާލުމުން އައި ހިތްހަމަނުޖެހުމުގައި ބަޑިޖެހުމަށްފަހު އެތެރެއަށް ވަދެ އަމިއްލަ އަށް ބަޑިޖަހާ މަރުވިކަމަށް އެސަރަހައްދުގެ ޕޮލިހުންވަނީ ހާމަކޮށްފައެވެ.

ޖުމްލަ 70 މީހުން ވަޒީފާ އަދާކުރާ ބިއަރު ކުންފުނީގައި ބަޑިޖަހަން ފެށުމުން ވާނުވާ ނޭނގި އެކި ގޮތްގޮތުން މީހުން ސަލާމަތްވާން މަސައްކަތްކުރިއިރު ބަޑިޖެހި މީހާ ރައިފަލަކުން ތަނެއްދޮރެއް ބަލާނުލާ ވަނީ ބަޑި ޖަހާފައެވެ.

އެމެރިކާގައި ބަޑިޖެހުމުގެ ހާދިސާތައް ކޮންމެ ދުވަހަކުވެސް ދަނީ ހިނގަމުންނެވެ. މިފަދަ ގިނަ ހާދިސާތަކުގެ އަސްލަކީ މަސްތުވާތަކެތިކަން އެމެރިކާ ސަރުކާރުގެ ރިޕޯޓްތަކުންވެސް ހާމަވެއެވެ.

ޓެގް

ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.