ލައިވް ބްލޮގް ލައިވް އަޕްޑޭޓް : މާދަމާ ހުކުރަށްފަހު މުޒާހަރާ އޮންނާނެ ކަމަށް އިއުލާންކޮށް މުޒާހަރާ ނިންމާލައިފި.

ލައިވް އަޕްޑޭޓް : މާދަމާ ހުކުރަށްފަހު މުޒާހަރާ އޮންނާނެ ކަމަށް އިއުލާންކޮށް މުޒާހަރާ ނިންމާލައިފި.

ލައިވް އަޕްޑޭޓް : މާދަމާ ހުކުރަށްފަހު މުޒާހަރާ އޮންނާނެ ކަމަށް އިއުލާންކޮށް މުޒާހަރާ ނިންމާލައިފި.

ކިޔާލަން ހޭދަވާނީ 8 މިނިޓް

ފޮންޓް ސައިޒް

00:36 ސިފައިންނާއި ފުލުހުން ވެގެން މުޒާހަރާ ސަރަހައްދު އެއްކޮށް ސާފުކޮށްލައިފި. މިހާރު ސިފައިން ވެސް މަޒުކަޒަށް ވަދެއްޖެ. މިހާރު އެތަނުގައި ތިބީ އާދައިގެ ޔުނީފޯމްގައި ތިބި ފުލުހުން.

02:28 އެމްއެމްއޭ ސަރަހައްދަށް ދާން ފުލުހުން ހުރަސްއެޅުމުން މުޒާހަރާ ނިންމާލި ކަމަށް އިއުލާންކޮށްފި. މާދަމާ ހުކުރަށްފަހު ހަމަ  އެސަރަހައްދުގައި މުޒާހަރާ އޮންނާނެ ކަމަށް އިއުލާންކުރި. މުޒާހަރާ ނިންމާލި ކަން އިއުލާންކޮށް ޖުމްހޫރީ މައިދާން ކަންމަތީގައި ތިއްބާ ފުލުހުން އަނެއްކާވެސް ސަރަހައްދު ސާފުކުރަން ފަށައިފި. މީހުންގެ ތެރެއަށް ފުލުހުން އަރައިގަނެ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފި.

02:24 ޖުމްހޫރީ މައިދާނުގެ ކަންމައްޗާ އަރާ ހަމަވެއްޖެ. އެތަނުގައި ތިބީ އާދައިގެ ޔުނީފޯމުގައި ތިބި ފުލުހުން. އެމްއެމްއޭ ސަރަހައްދުން ރޫޅާލައިފި ނަމަ ޗާންދަނީ މައިދާނަށް ދާގޮތަށް.

02:22 އަނެއްކާވެސް އެމްއެމްއޭ ސަރަހައްދަށް ދާން މިސްރާބު ޖަހައިފި. އަމީނިއްޔާ ހިސާބުން ތިންވަނަ ޕެޓް ފުޅިއެއް މުޒާހަރާގެ ބައިވެރިންނާ ދިމާއަށް އެއްލައިފި.

02:11މުޒާހަރާގެ ބައިވެރިން ތިބީ ހޯމް މިނިސްޓަރު އަފީފް އުޅުއްވާ ގެ ހުންނަ ސަރަހައްދުގައި. އެގެ ކުރިމަތީގައި ސިފައިންނާއި ފުލުހުން ފޯރިމަރަމުން އެބަދޭ. މިނިސްޓަރު އަފީފް އިސްތިއުފާއަށް ގޮވާލަމުން އެބަދޭ. މުޒާހަރާގެ ބައިވެރިންގެ ފަރާތުން ވަނީ އެމްއެމްއޭ ސަރަހައްދަށް ދާނެ ކަމަށް ވެސް އިއުލާންކޮށްފައި. މުޒާހަރާކުރާ މީހުންގެ ތެރެއަށް ބަޔަކު ވަނީ ދެ ޕެޓްފުޅި އެއްލާފައި.

02:01 މުޒާހަރާއާ އިތުރު މީހުން ދަނީ ގުޅެމުން. މިހާރު ތިބީ މަޖީދީ މަގު އަގޯރާ ހިސާބުގައި. ފުލުހުންގެ ވެހިކަލް ފަހަތުން އައިސް މުޒާހަރާ ތެރެއަށް ވަނުމަށް އެބަމަސައްކަތްކުރޭ.

01:59 މަޖީދީ މަގުން މާފަންނާ ދިމާއަށް ކުރިއަށް ދަނީ. މިހާރު އޮލިމްޕަސް ހިސާބުގައި. މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ޢަބްދުﷲ ގާޒީ މިނިވަންކުރުމަށާއި، ޣައިރު ޤާނޫނީ ލާދީނީ ސަރުކާރު އިސްތިއުފާދިނުމަށް.

01:55 ވީޓީވީ ކައިރީގައި ވީޓީވީ ކެމެރާ ކުރިމަތީގައި މަޑުކޮށް ޝުއޫރު ފާޅުކުރުމަށްފަހު އަނެއްކާވެސް ކުރިއަށް ދަނީ. މިހާރު މަޖީދީމަގާ އަރާ ހަމަވެއްޖެ.

01:47 މުޒާހަރާގެ ބައިވެރިން ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއާ ކައިރިއަށް ގޮސް އިރުކޮޅު މަޑުކޮށްލާފައި އަނެއްކާވެސް ކުރިއަށް ހިނގަންފަށައިފި. މިހާރު ތިބީ ވީޓީވީ އާ ހިސާބުގައި. މިހާރު ލީޑުކުރަމުންދަނީ މަޖްލީސް މެންބަރު އިލްހާމް. މުޒާހަރާގެ ބައިވެރިންނާ ދިމާއަށް ފަހަތުން ކޮންމެވެސް ބަޔަކު ގާ އުކަމުން އެބަދޭ. ގާއުކަނީ ކޮންބައެއް ކަން ނޭނގޭ.

01:24 މުޒާހަރާކުރި ސަރަހައްދު ސާފުވެފައި ވިޔަސް، އަދިވެސް ސިފައިން އެތަނުގައި އެބަހަރަކާތްތެރިވޭ.

01:17 ޢަދާލަތުގެ ނައިބް ރައީސް ޑރ.މައުރޫފާއި އަސަދުﷲ ޝާފީ އަށް ވެސް އަނިޔާވި.

01:16 މުޒާހަރާ ކުރާ ބައެއް މީހުން އެމްއެންބީސީ ކައިރި އަށް ގޮސް ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަދޭ. އެތަނުގެ ސްޓާރ ފޯސް ފުލުހުން ސެކިއުރިޓީ ބަލަހައްޓަން އެބަތިބި.

 

01:15  މިރޭގެ މުޒާހަރާ ރޫޅާލުމުގައި އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ. އޭނާ ދެންމެ ވީޓީވީ އަށް ވިދާޅުވީ ސުލްހަވެރި މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން އެކަށީގެން ނުވާ ބާރެއް ބޭނުންކޮށްގެން ނުވާނެ ކަމަށް. އަދި ވިދާޅުވީ ޑީއާރުޕީ އާއި އެހެން އިދިކޮޅު ޕާޓީތަކުގެ ބައެއް މީހުން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށް. ޑިއާރުޕީ އަށް ނިސްބަތްވާ ދެ މެމްބަރަކު ފަރުވާ ހޯދަމުން އެބަދާ ކަމަށް ތަސްމީން ވިދާޅުވި.

01:00 ޖުމްހޫރީ މައިދާނަށް ދާން އޮންނަ މަގުތައް މިހާރުވެސް ވަނީ ބަންދުކޮށްފައި. މުޒާހަރާގެ ބައިވެރިން ގްރޫޕް ގްރޫޕަށް މަސްމާރުކޭޓު ސަރަހައްދުގައި އެބައުޅޭ. އެމްއެމްއޭ ކައިރީގައި ފުލުހުންގެ ބަދަލުގައި ސިފައިންގެ ސަފުތައް އަތުރާލައިފި.

00:58 މިހާރު ސަރަހައްދު އޮތީ ސާފުވެފައި. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް މީހުން ލޯންޗަށް އަރުވަމުން އެބަދޭ. އަދިވެސް ފުލުހުން ދަނީ މީހުން ހައްޔަރުކުރަމުން.

00:47 އެމްއެމްއޭ ކައިރީގައި ތިބި މީހުން ދުރަށްދާން އަދިވެސް ފުލުހުން ދަނީ އިންޒާރު ދެމުން.

00:43 ދޯނިތަކުގެ ތިބި ފަޅުވެރިން ނޫން އެހެން މީހުން ފޭބުމަށް ފުލުހުން އަންގަމުން އެބަދޭ.

ގަލަކުން ޖަހައި އެމްއެމްއޭގެ ބިއްލޫރިގަނޑެއް ވަރަށް ބޮޑަށް ތަޅާލައިފި.

00:39 އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިންޒާރު ދޭން ފަށައިފި

00:35 ފުލުހުންގެ ބެލުމުގެ ދަށަށް 20 ވަރަކަށް މީހުން ގެންގޮސްފި.

00:34 މުޒާހަރާގެ ބައިވެރިން އެމްޓީސީސީ ބިލްޑިންގާ ހަމައިގައި. ސްޓާރ ފޯސް ފުލުހުން އަނެއްކާވެސް ދުއްވައިގަންނަން ތައްޔާރުވަނީ.

00:32 ދިއިސްލާމްގެ ނޫސްވެރިއެއްގެ ގައިގައި ފުލުހުން ޖަހައިފި.

00:29 މުޒާހަރާގެ ބައިވެރިން މިހާރު ތިބީ މަސްމާރުކޭޓާ ހަމައަށް ޖައްސާފައި. ފުލުހުންނާ އާންމުންނާ ދެމެދު މިހާރުވެސް ކުރިމަތިލަމުން ދަނީ. މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާއަށް ގަލާއި އެއްޗެހި އެބައުކާ. އެމްޓީސީސީ ގޯޅީގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާ.

00:27 މަދަނީ އިއްތިހާދުގެ ޢަބްދުﷲ ހޭނެތިފައި އޮއްވައި ފުލުހުން ގެންގޮސްފި. މަހްލޫފްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.

00:23 މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައިފި. ވަރަށް ގިނަ ބަޔަކަށް އަނިޔާވެއްޖެ. ދިއިސްލާމް ޖާނަލިސްޓަކަށް ވެސް އަނިޔާވި.

00:22 މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަނީ. މިހާރު ތިބީ އެމްޓީސީސީ ބިލްޑިންގާ ހަމައިގައި. ބައެއް މީހުންނަށް އަނިޔާވެއްޖެ.

00:20 މުޅިތަނަށް ކަރުނަގޭސް ޖަހައިފި.

00:15 މުޒާހަރާގައި ވަރަށް ބޮޑު ހަމަނުޖެހުމެއް އުފެދިއްޖެ. ކުރިއަށް ޖެހުމަށް ގޮވާލަނީ. މަހްލޫފް އަތުގައި ބިޑިއަޅުވައިގެން ފުލުހުން އެބަމަސައްކަތްކުރޭ. ނިހާނު އެކަމަށް ހުރަސް އަޅަނީ.

00:03 މިހާރު ވާހަކަ ދައްކަވަނީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ.

23:53 http://dhiislam.com/eng/5667 ދިއިސްލާމް އިނގިރޭސި ސެކްޝަނުންވެސް މުޒާހަރާގެ އަޕްޑޭޓް ގެންނަމުންދޭ.

23:52 މާލޭ ކުނިކޮށީގައި ރޯކުރި އަލިފާން ނިއްވާލައިފި ކަމަށް އެތަނަށް ދިޔަ ދިއިސްލާމްގެ ޖާނަލިސްޓް ބުނޭ.

23:51 މުޒާހަރާ ކުރިއަށްދާއިރު ފުލުހުންގެ އެއްބާރުލުން އެބަލިބޭ.

23:38 ޝައިޚް އިމްރާން ވާހަކަދައްކަވަނީ. އެމްޑީޕީ ލާދީނީ ސަރުކާރޭ ނުކިޔޭނެ ކަމަށް އެމްޑީޕީން ބުނާ ބުނުމަށް ޗެލެންޖުކުރާ ކަމަށް ޝައިޚް އިމްރާން ވިދާޅުވި. ލާދީނީ ސަރުކާރެއް ކަމުން އިސްލާމްދީނުގެ ޙުކުމްތައް އޮޅުވާލާ ވާހަކަދައްކާފައި ކަމަށް. މިސަރުކާރަކީ ހުދުމުހުތާރު ސަރުކާރެއް ކަމަށް. މިސަރުކާރަކީ ވަރަށް ބޯގޯސް ސަރުކާރެއް ކަމަށް. ކުރެވޭ ނުކުރެވޭއެއް ނޭގޭ ކަމަށް. ހޭނުޖެހޭ ސަރުކާރެއް ކަމަށް.

ޢަބްދުﷲ ގާޒީ މިނިވަންކުރުމަށް ގޮވާލަމުން އެބަގެންދަވާ. މާދަމާ މެންދުރު ހުކުރު ނަމާދަށް އާދެވޭނެ ގޮތް ހެދުމަށް ގޮވާލެއްވި.

23:36 މާލެ ސިޓީ ކުނިކޮށީގައި އަލިފާން ރޯކޮށްލައިފި ކަމަށް ޚަބަރުލިބޭ.

23:28 ސިފައިން ޢަބްދުﷲ ގާޒީ ހައްޔަރުކުރީ ފުލުހުންގެ ޗިޓާ ޙަވާލުނުވެ "ގޭމް ޖައްސަން ފެށުމުން" ކަމަށް އެމްޑީޕީގެ އިންތި ވިދާޅުވޭ. އަދި އޭނާ ހައްޔަރުކުރީ ޤާނޫނު ނަގަހައްޓަން މަޖުބޫރުވެގެން ކަމަށް. ނަމަވެސް އެއީ ކޮން ގާނޫނެއްގެ ދަށުން ކަމަށެއް އިންތިއަކަށް ވިދާޅެއްނުވެވޭ. މިކަމަކީ ކުރާވަރު ކަމެއް ނޫން ކަމަށްވެސް ޤަބޫލުކުރެވޭ. ނަމަވެސް، މިކަން ކުރީ،  "ޚާއްޞަ ހާލަތަކަށް" ގޮސްގެން ކަމަށް. ޖުޑީޝަރީގެ ފާރު ވައްޓާލުމުން ރައީސް ނަޝީދަށާއި ސިފައިންނަށް މަޖުބޫރުވާނެ ކަމަށް.

23:28 މިހާރު މައިދާނަށް ގާތްގަނޑަކަށް 3000 އެއްހާ މީހުން ވަނީ އެއްވެފައި.

23:26 އެމްޑީޕީގެ އިންތިއާއި ޑީއާރުޕީގެ މަވޯޓާ ޝަރީފް ދިޓީވީގައި ހޫނު ބަހުސެއްގައި ބައިވެރިވެލައްވަނީ.

23:21 ގައުމީ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހައްމައިދީ ވެސް މުޒާހަރާގެ އިސްސަފާ ގުޅިއްޖެ.

23:19 މުޒާހަރާގެ އިސްސަފުގެ މީހުން ތިބި ލޮރީގައި ދެންމެ ޢަދާލަތު ޕާޓީގެ ދިދަ ނަގައިފި. އަދިވެސް ގައުމީ އިއްތިހާދުގެ ދިދައެއް ނުނަގާ.

23:13 ކ.ހުރާގެ ކައުންސިލަރު ވާހަކަދައްކަވަނީ. އޭނަ ބުނަމުންދަނީ ޢަބްދުﷲ ގާޒީ ސަލާމަތްކުރުމަށް ގިރިފުއްޓަށް ދާންވެއްޖެ ކަމަށް.

23:09 މުޒާހަރާގެ ބައިވެރިން ހަމަނުޖެހުމެއް ނުއުފެއްދުމަށް މަހްލޫފް ގޮވާލައްވައިފި. މުޒާހަރާ ރޫޅާލަން އުޅޭނަމަ އެންމެން އިށީނުމަށް މަހުލޫފް ވިދާޅުވި. މާދަމާ ހުކުރު ނަމާދަށް ފަހު ޖުމްހޫރީ މައިދާނަށް ވަދެ މުޒާހަރާ ކުރާނެ ކަމަށާއި އެމްޑީޕީއަށްތޯ ބޮޑު މުޒާހަރާ ކުރެވެނީ އިދިކޮޅު ފަރާތްތަކަށްތޯ މުޒާހަރާ ކުރެވެނީ ދައްކާލާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި.

23:07 ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް : ސިފައިން ޢަބްދުﷲ ގާޒީ ޤާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި އެކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ދައުވާކުރެވޭނީ ފުރިހަމަ ތަޙްޤީޤަކަށްފަހު ކަމަށް. ޕީޖީގެ ފަރާތުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ އެމައްސަލަ ބެލުމަށް ހުށަހަޅާފައި ކަމަށް.

23:03 ފުލުހުންގެ ސަފުތައް ވަރުގަދަކޮށްފި. ފުލުހުންގެ ސަފުތަކުގެ ފަހަތުގައި ބަރުހަތިޔާރާއެކު ސިފައި ތައްޔާރީ ހާލަތުގައި އެބަތިބި.

23:00 ފުލުހުންގެ ސަފުތަކުގެ ފަހަތުގައި ބަރުހަތިޔާރާއެކު ސިފައި ތައްޔާރީ ހާލަތުގައި އެބަތިބި.

22:59 ވީޓީވީއާއި ދިޓީވީގެ ގުޅުން ކަނޑައިލަން އުޅޭ ކަމަށް މުޒާހަރާގައި މަހުލޫފު އިއުލާން ކޮށްފި. އަދި އެންމެން އަތުގުޅައިގެން ޖުމްހޫރީ މައިދާނަށް ދިއުމަށް ތައްޔާރުވުމުނަށް މާޒް ސަލީމް ވެސް ގޮވާލަމުން އެބަދޭ.

22:56 މުޒާހާރާއަށް ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުން ވެސް މާލެ އައިސް މުޒާހަރާއާ ގުޅި ސަރުކާރަށް ފާޑުކިޔައި ވާހަކަ ދައްކަން ފަށައިފި. މުޒާހާރާގައި ވަރަށް ބޮޑު ކްރައުޑެއް އެއްބައޮތް ދޭތެރެ ދޭތެރެއިން ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް ގޮވާލާ. މުޒާހަރާގައި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.

22:55 މިރޭގެ މުޒާހަރާގައި ކުރީގެ ރޭތަކެކޭ ޚިލާފަށް މީހުން ގިނަކަން ފާހަގަކުރެވޭ. އެމްއެމްއޭ އިން ފެށިގެން މަސްމާރުކާޓާ ހަމައަށް އާންމުން ވަނީ އެއްވެފައި.

22:50 މުޒާހަރާ ހިނގާ ސަރަހައްދުގައި ފޯނު ރޭންޖް ގޮސްފައިވާއިރު ބައެއް އޮންލައިން ނޫސްތަކަށް ވަނުމުގައި ވެސް ބައެއް މައްސަލަތައް އުޅޭ ކަމަށް މީހުން ރާއްޖެއާ ރާއްޖޭން ބޭރުން މީހުން ގުޅައި ޝަކުވާ ކުރަމުން އެބަދޭ. ސަން އޮންލައިންގެ ލައިވް ބްލޮގަށް ވެސް މީހުންނަށް ވަދެވޭ ގޮތެއް ނުވޭ. މުއާސަލާތީ ކުންފުނިން ދިރާގުން ބުނަނީ އެކުންފުނީގެ މައްސަލައެއް ނެތް ކަމަށް.

22:48

މުޒާހަރާ ހިނގާ ސަރަހައްދުގައި ފޯނު ރޭންޖް ގޮސްފައިވާއިރު ބައެއް އޮންލައިން ނޫސްތަކަށް ވަނުމުގައި ވެސް ބައެއް މައްސަލަތައް އުޅޭ ކަމަށް މީހުން ރާއްޖެއާ ރާއްޖޭން ބޭރުން މީހުން ގުޅައި ޝަކުވާ ކުރަމުން އެބަދޭ. ސަން އޮންލައިންގެ ލައިވް ބްލޮގަށް ވެސް މީހުންނަށް ވަދެވޭ ގޮތެއް ނުވޭ. މުއާސަލާތީ ކުންފުނިން ދިރާގުން ބުނަނީ އެކުންފުނީގެ މައްސަލައެއް ނެތް ކަމަށް.

22:44 މުޒާހަރާގެ ބައިވެރިން އެމްއެންޑީއެފަށް ޑިމާންޑު ކުރަމުންދަނީ މޮބައިލް ފޯނުގެ ސިގްނަލް ޖޭމްކުރާ ވެހިކަލްތައް އެތަނުން ނެގުމަށް.

22:20 މިހާރު މައިދާނަށް ގާތްގަނޑަކަށް 2000 އެއްހާ މީހުން ވަނީ އެއްވެފައި.

22:14 ޔާމީން ވިދާޅުވަމުން ދަނީ "ތަޅުއަޅުވައިގެން މިއުޅޭނީ ޑޮލަރުގައި ނޫން" ކަމަށާއި، "ތަޅުއަޅުވައިގެން މިއުޅެނީ ޝަރުޢީ ނިޒާމްގައި"  ކަމަށް.

22:11 ނޫސްވެރިން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން. އެމީހުން ބުނަމުންދަނީ އެމީހުންގެ މަސްއޫލިއްޔަތަށް ހުރަސް ނޭޅުމަށް. އަދި މޮބައިލް ފޯނުގެ ރޭންޖު ނުލިބޭ މައްސަލަވެސް ޖައްސާ. ނޫސްވެރިން ބުނަނީ އެމީހުންނަކީ މުޒާހަރާގެ ބައިވެރިން ނޫން ކަމަށާއި، އެމީހުން މަސައްކަތްކުރަނީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭން ކަމަށް.

22:09 މިހާރު ވާހަކަ ދައްކަވަނީ ޕީޕީއެމްގެ ޔާމީން.

22:08 ރައީސް ނަޝީދު ހައްޔަރުކުރުމަށް ޕީޕީއެމްގެ ލޯޔަރު ވައްޑޭ ގޮވާލައިފި. އޭނާ ވަނީ އެކަންކުރެވޭނެ ގޮތް ފުލުސް ކޮމިޝަނަރު ފަސީހަށް ވެސް ކިޔާދެއްވާފައި.

22:07 ފުލުހުންގެ ސަފުތަކުގެ 10 ފޫޓު ފަހަތަށް ވަންނަން މީޑިއާގެ އެންމެންނަށް އަންގައިފި.

22:05 ނޫސްވެރިން ބުނީ އަޕްޑޭޓް ގެނެސްދިނުމަށްޓަކައި ދާން ޖެހެނީ ދުރުހިސާބަކަށް ކަމަށް. އެއީ މުޒާހަރާކުރާ ހިސާބަށް މޮބައިލް ފޯނުގެ ރޭންޖު ނުލިބޭތީ. ފޯނުގެ ސިގްނަލް ޖޭމްވީ އެމްއެންޑީއެފްގެ ވެހިކަލެއް އެތަނަށް ދިއުމަށްފަހު.

21:58 ޕީޕީއެމްގެ ޢަބްދުއްރަހީމް ވިދާޅުވަނީ ޖުމްހޫރީ މައިދާނަށް ވަދެފައި ނޫނީ ނުހުއްޓާނެ ކަމަށް.

21:56 ދިއެފްއެމްގެ ވެބްސްޓްރީމް ޑައުންކޮށްފި.

21:55 މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނަށް ދާނެ ކަމަށް އިންޒާރު އެބަދޭ.

21:52 މަޖިލީސް މެމްބަރު މަހްލޫފް ވާހަކަ ދައްކަވަނީ. މަހްލޫފް ވަނީ މޯބައިލް ފޯނުތަކުގެ ސިގްނަލްތައް ޖޭމްކުރިކުރުން ކުށްވެރިކޮށްފައި.

21:48 މަޖިލީސް މެމްބަރު މުއްޠަލިބް ވާހަކަ ދައްކަވައިފި. ފުލުހުންނާއި ސިފައިންގެ ވާޖިބު ރަނގަޅުގޮތުގައި އަދާކުރުމާ ބެހޭ ގޮތުން އޭނާ ވާހަކަދެއްކެވި.

21:42 އެސަރަހައްދުގައި މޯބައިލް ފޯނުތަކުގެ ސިގްނަލްތައް ޖޭމްކޮށްފި.

21:38 މިހާރު އެސަރަހައްދަށް ގިނަބަޔަކު ދަނީ އެއްވަމުން. މައިދާނުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.

21:37 މަވޯޓާ ޝަރީފް ވިދާޅުވަނީ ރައީސުލްޖުމްހޫރިއްޔާ ނަޝީދަކީ ރާއްޖޭގެ ރައީސް ކަމަށް ދެން ޤަބޫލުނުކުރާނެ ކަމަށް.

21:35 ޑީއާރުޕީގެ ނައިބު ލީޑަރު މަވޯޓާ ޝަރީފް ވާހަކަދައްކަވަނީ.

21:33 އެއްވެ ތިބި މީހުންގެ ތެރެއިން އަންހެނަކު ގޮވާލަނީ "ފުލުހުންނަކީ ޓެރަރިސްޓުން" ކަމަށް. އެހެން އަންހެނަކު ގޮވާލީ އެއީ "އުންމީދެއް ނެތް ބައެއް" ކަމަށް.

21:29 ދިޓީވީ އާއި ވީޓީވީ ސަރުކާރުން ހުއްޓުވައިފިނަމަ، އެމްއެންބީސީ ހުއްޓުވާނެ ކަމަށް މަޖިލީސް މެމްބަރު ނިހާނު ވިދާޅުވެއްޖެ.

21:23 މައިދާނަށް 1000 އެއްހާ މީހުން ވަނީ އެއްވެފައި. އެއްވެފައިވާ މީހުން ގޮވާލަމުންދާ ކަންތަކުގެ ތެރޭގައި އެއްވެފައިވާ މީހުން ގޮވާލަމުންދާ ކަންތަކުގެ ތެރޭގައި ސަރުކާރުން ޖުޑީޝަރީ ހިސޯރު ނުކުރުމަށާއި، ގާނޫނާ ޚިލާފަށް ފަނޑިޔާރުންނަށް ހައްޔަރުނުކުރުމަށް އެބަގޮވާލާ.

އެތަނުގައި މެގަފޯނާއެކު ބާއްވާފައި އޮތް ލޮރީގައި ޕީޕީއެމް، ޑީއާރުޕީ، ޖުމްހޫރީ ޕާޓީ، ޕީއޭ، ގައުމީ ޕާޓީ، އެމްއާރުއެމްގެ ދިދަ އެބަހުރި.  ޢަދާލަތާއި ގައުމީ އިއްތިހާދުގެ ދިދައެއް ނެތް. މިރޭ މީޑިއާ މީހުން މަދުކަމަށް ފާހަގަވޭ. 100 ވަރަކަށް ފުލުހުން ރަޔަޓު ގިޔަރުގައި ތައްޔާރީ ހާލަތުގައި އެބަތިބި.

20:45 ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އިދިކޮޅު 8 ސިޔާސީ ޕާޓީއާއި ތޭވީސް ޑިސެމްބަރު އިއްތިހާދު ގުޅިގެން މިރޭވެސް މުޒާހަރާކުރަން ފަށައިފި އެމްއެމްއޭ ކުރިމަތީގައި މުޒާހަރާކުރަން ފަށައިފި.

މިމުޒާހަރާގައި ޢަދާލަތާއި ޕީޕީއެމާއި ޑީއާރްޕީއާއި ގައުމީ ޕާޓީއާއީ ޖުމުހުރީ ޕާޓީއާއި ޕީއޭއާއި ގައުމީ އިއްތިހާދު އާއި އެމްއާރްއެމް ބައިވެރިވޭ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.