އޭޝިއާ ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެއްމިލިއަން މީހުންނަށް އަސަރުކޮށްފި

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެއްމިލިއަން މީހުންނަށް އަސަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އައިޝާ ޝަހޫ

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެއްމިލިއަން މީހުންނަށް އަސަރުކޮށް އެތައް ގެއްލުމެއް ލިބިއްޖެއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ހަބަރު ދޭގޮތުގައި "އެއްމިލިއަން މީހުންނަށް ފެންބޮޑުވުމުގެ ގެއްލުން ލިބިފައިވާއިރު މިހާތަނަށް 800 މީހުން މަރުވެފައިވާކަމަށާއި އެންމެބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްދުން އެކަނިވެސް 19 ހާސް މީހުން ރައްކާތެރި ހިސާބަށް ގެންގޮސްފައިވެއެވެ. އަދި މީގެ އިތުރުން އެތައް ބަޔެއްގެ ދިރިއުޅުން 'ސުމަކުން' ފަށަން ޖެހޭ ހިސާބަށް ގެއްލުން ލިބިފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ބޭރުގެ ޓީވީއެއްގައި ދުރަށް ދައްކާފައިވާ ހެލިކޮޕްޓަރުން ނަގާފައިވާ މަންޒަރެއްގައި ދައްކާގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާމީހުން ގެތަކުގެ ފުރާޅުތަކުގައި އެހީއަށް އެދި ތިބިތަން ފެނިގެންގޮސްފައިވެއެވެ. އަދި ބައެއް މީހުން މާޔޫސްކަމާއި އެކު މަގުތަކުގައި ތިބިތަންވެސް ފެނެއެވެ.

ބޯކޮއް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުން ދަނި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޕާކިސްތާނުގެ ސަރުކާރުންވެސް އެހީ ބޭނުންވާ ފަރާތްތަކަށް އަވަސް އެހީ ފޯރުކޮށްދިނުމަށް ވައިގެ މަގުންވެސް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ޕާކިސްތާނަށް 1929 އަހަރު ވަނީ މިފަދަ ބޮޑު ވިއްސާރައެއް ކުރިމަތިވެ އެތައް ބަޔަކު ހާލުގައިޖެހިފައެވެ.

ޓެގް

ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.