އޭޝިއާ ނޭޓޯސިފައިން އަފްޣާނިސްތާނުގެ ޢާއްމުންގެ 50 މީހުން ޝަހީދުކޮށްލައިފި

ނޭޓޯސިފައިން އަފްޣާނިސްތާނުގެ ޢާއްމުންގެ 50 މީހުން ޝަހީދުކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަފްރާހް

ނޭޓޯސިފައިން  އަފްޣާނިސްތާނުގެ ޢާއްމުންގެ 50 މީހުން ޝަހީދުކޮށްލައިފިއެވެ.

އަފްޢާނިސްތާނުގައި ގުޅިފައިވާ ނޭޓޯ ސިފައިން މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ދިން މިހަމަލާއަކީ 'އޮޅިގެން' ދެވުނު ހަމަލާއެއްކަމަށް އެމީހުންވަނީ ފަހުން ބުނެފައެވެ. މިހަމަލާ ދިނީ އަފްޢާނިސްތާނުގެ މުޖާހިދުންނަށް ކަމަށް ނެޓޯ ސިފައިން ބުނިނަމަވެސް ހަމަލާދިން ފަހުން އެއީ އާންމުންކަން ވަނީ ކަށަވަރުކުރެވިފައެވެ. މިހަމަލާއަށް ފަހު ގިނަ ބަޔަކު ވަނީ ބިދޭސީ ސިފައިންނާއި މެދު ނުރުހުން ފާޅުކޮށްފައެވެ.

ޖުމްލަ 50 މީހުން މިހަމަލާގައި ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭކަމަށް ހަބަރުލިބެއެވެ.

ޓެގް

އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.