އިރާނުގެ ނިއުކްލިއަރ މަޝްރޫޢުގެ މައްސަލާގައި އެ ގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ނެތް ކަމެއް ނޫން ކަމަށާއި އެކަމަކު އެހެން ގޮތްގޮތަށް ވެސް ވިސްނަން ޖެހޭނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވިދާޅުވެއްޖެއެވެ.
ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ކްލިންޓަން ވިދާޅުވީ އ.ދ. ގެ އިންސްޕެކްޓަރުންގެ ރިޕޯޓުން ދައްކާ ގޮތުގައި އިރާނުން ވަނީ ނިއުކްލިއަރ ހަތިޔާރުގައި ކުރިއެރުން ހޯދާ ބޮޑު ސިއްރެއްގެ ގޮތުގައި އެކަން ބާއްވާފައި ކަމަށެވެ. އެކަމުގައި އިރާނުން ވެފައިވާ އިހުމާލަށްޓަކައި އިރާނަށް އަދަބު ދިނުމަކީ ހައްޤު ގޮތުގައި ކުރެވޭކަމެއް ކަމުގައި ކްލިންޓަން ވިދާޅުވިއެވެ.
ކްލިންޓަން ވިދާޅުވި ގޮތުގައި އިރާނަކީ ޢިރާޤު ފަދައިން ގޮތްނޭނގޭ ޤައުމެއް ކަމަށާއި އަސްކަރީ ހަރަކާތެއް ފަށައިގެން ކުރިއަށްގެންދާނަމަ، އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް އެމަސައްކަތުގައި އަނެއްކާވެސް އެމެރިކާ އާއި އެހެން ޤައުމުތަކުގެ ސިފައިންނަށް އުޅެންޖެހިދާނެ ކަމަށެވެ.
އިރާނުގެ ނިއުކްލިއަރ ސިސްޓަމްތަކަށް ވައިރަސް ފޮނުވައިގެން ކޮމްޕިއުޓާ ކެޕޭސިޓީއާއި ކުޅެން މިދިޔަ އަހަރު މަސައްކަތްކޮށްފައިވާއިރު، އެކަމުުގައި މަސައްކަތް ކުރި ފަރާތްތަކަށް ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ.
އިރާނުން ސައިބަރ ހަމަލާއަކުން ދިފާޢުވެ ރައްކާތެރިވުމުގެ ގޮތުން ސަރުކާރުންވަނީ ވެބްސައިޓްތައް ބޭރުގެ ހޮސްޓްތަކުން ދިނުން ބަދަލުކޮށް އެޤައުމުގެ ޕްރޮވައިޑަރުންނަށް ބަދަލުކޮށްފައެވެ. ކްލިންޓަން ވިދާޅުވީ އޭނާގެ އަނބިކަނބަލުން އެމެރިކާގެ ޚާރިޖީ ވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވައިޓް ހައުސްގެ ސަލާމަތީ ބްރީފިންއާ ބެހޭ ލިޔުންތައް ވިދާޅުނުވާ ކަމަށެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވެފައިވަނީ އިރާނުގެ ނިއުކްލިއަރ ގާބިލްކަން ކުރިން ހީކުރިވަރަށް ވުރެ ވެސް ވަރުގަދަ ކަމަށެވެ. ނަމަވެސް އިރާނުން ބުނެފައިވަނީ އެ ގައުމުގެ ނިއުކްލިއަރ މައްސަލާގައި އެމެރިކާ އާއި ހުޅަނގުން ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...