އަފްޣާނިސްތާނުގެ ކަންދަހާރުގައި ޠާލިބާނުންގެ ހަމަލާތައް އަނެއްކާވެސް ވަރުގަދަކޮށްފިއެވެ. މިގޮތުން ނޭޓޯ ފައުޖުގެ ސިފައިން ބޭނުން ކުރަމުންދާ އުޅަނދުތަކަށާއި އަފްޣާނިސްތާނުގެ ސަލާމަތީކަންތައް ބަލަހައްޓާ ފަރާތްތަކަށް އަމާޒުކޮށްގެން އިއްޔެވެސް ބޮމުގެ ތިން ހަމަލާ ދީފައިވެއެވެ.
އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި އެމެރިކާ އާއި ނޭޓޯ ފައުޖުން އަންނަނީ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް އެއްގަމާއި ވައިގެ މަގުން ދެމުންނެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި އިއްޔެގެ ހަމަލާގެ އިތުރުން ތެލާއި އެހެންވެސް ސަޕްލައި ހިފައިގެން ދަތުރުކުރަމުން ދިޔަ އުޅަނދަކަށް ކުރީދުވަހު ހަމަލާދީފައިވެއެވެ. މީގެއިތުރުން ސިފައިން ގޮވައިގެން ދަތުރުކުރި އުޅަނދަކަށްވެސް ދެފަހަރެއްގެ މަތިން ހަމަލާދީފައިވެއެވެ.
ނޭޓޯ ފައުޖުގައި ހަރަކާތްތެރިވާ ސިފައިންގެ ދައުރު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރުވެސް އެފައުޖުގެ ކޮމާންޑުން އަންނަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.
ޕާކިސްތާނުގެ ސަރަހައްދީރޮނގު ކައިރީގައި މިހާރު ނޭޓޯ ސިފައިންނާއި އެމެރިކާ ސިފައިން ދެމުންދާ ހަމަލާތަކުގައި އެމެރިކާ ސިފައިން ބޭނުންކުރަމުންދަނީ ޕައިލެޓުންނާއި ނުލައި ހަމަލާދޭ ބޯޓުތަކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...