ދިއިސްލާމް ޕިލިޕިންއަށް އައި ތޫފާނުގައި އެތަކެއް ހާސްމީހުން މަރުވެފައިވޭ

ޕިލިޕިންއަށް އައި ތޫފާނުގައި އެތަކެއް ހާސްމީހުން މަރުވެފައިވޭ

ޕިލިޕިންއަށް އައި ތޫފާނުގައި އެތަކެއް ހާސްމީހުން މަރުވެފައިވޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފިލިޕީންސަށް އެރި ތޫފާނުގައި ފެންބޮޑުވެގެން އެ ގައުމުން މަރުވި މީހުންގެ އަދަދު ހާހަކަށް އަރާފައިވާ ކަމަށް ސިވިލް ޑިފެންސްގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން މެނޭޖްމަންޓް ކައުންސިލްގެ އިސް ވެރިޔާ ބެނިޓޯ ރާމޯސް ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ޢަދަދު އަދިވެސް މައްޗަށް އަރައިގެންދާނެ ކަމަށް ބެލެވޭ ކަމަށާއި ގެއްލިފައިވާ މީހުންގެ ޢަދަދު އަދިވެސް ވަރަށް މަތީގައި އުޅޭކަމަށެވެ.

ހުކުރު ދުވަހު ފިލިޕީންސުގެ ދެކުނުގެ މިންޑަނާއޯ އަށް އެރި ތޫފާނުގައި ބޯކޮށް ވާރޭ ވެހި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފައެވެ. އަދި ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ހާދިސާތައްވެސް ގިނަ ޢަދަދަކަށް ކުރިމަތިވެފައިވެއެވެ.

ރާމޯސް ވިދާޅުވީ ގެއްލިފައިވާ މީހުން ހޯދުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކޯސްޓްގާޑައި ވައިގެ ސިފައިންގެ ބޯޓްތައް ކެނޑިނޭޅި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފިލިޕިންސްގެ އޮފިޝަލުން ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންގެ ގާތްގަނޑަކަށް 20،000 މީހުން ނެރެފައިވާ ކަމަށެވެ. އަދި ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު މިންޑަނާއޯ އާއި އެ ސަރަހައްދުގެ ހުރިހާ ހިސާބެއްގައި އެހީގެ މަސައްކަތަށް އިސްކަން ދީފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ.

ފިލިޕީންސްގެ ރައީސް ބެނީނޯ އަކުއީނޯ ވަނީ ގައުމަށް ކުރިމަތިވި ހިތްދަތިކަމުގައި ބައިވެރިވެ ވަޑައިގެން، އެހީގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލާފައެވެ. އޭނާ ވިދާޅުވީ ގެއްލުން ލިބިފައިވާ ބައެއް ސަރަހައްދުތައް އަލުން އާރާސްތުކުރުމަށް އެތައް އަހަރެއް ހޭދަވުން އެކަށީގެންވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.