އޭޝިއާ "މުސްލިމަކު މެންޗެސްޓާގެ ޖާޒީއެއް ލުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއްނޫން" މެލޭޝިއާގެ ޢިލްމުވެރިން

"މުސްލިމަކު މެންޗެސްޓާގެ ޖާޒީއެއް ލުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއްނޫން" މެލޭޝިއާގެ ޢިލްމުވެރިން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

މަޝްހޫރު ފުޓުބޯޅަ ކުލަބު، މެންޗެސްޓާ ޔުނައިޓެޑުގެ ޖާޒީ ލުމަކީ އެއްގޮތަކަށްވެސް މުސްލިމަކު ކޮށްގެން ވާނެ ކަމެއް ނޫންކަމަށް މެލޭޝިއާގެ އިލްމުވެރިންތަކެއް ވިދާޅުވެއްޖެއެވެ. މެލޭޝިއާއަކީ މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން އިންގްލިޝް ޕްރެމިއާ ލީގުގައި ކުޅޭ އެހެން ބައެއް ޓީމުތަކުގެ ގިނަ އަދަދެއްގެ ފޭނުން އުޅެމުން އަންނަ ގައުމެކެވެ. މެލޭޝިއާގެ އިތުރުން މުޅި އޭޝިއާގައިވެސް ޕްރެމިއާ ލީގަށް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ޢިލްމުވެރިން މިފަދައިން ވިދާޅުވެފައިވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ޖާޒީގެ ލޯގޯގައި އިންނަ "ޑެވިލް"ގެ ސަބަބުންކަމަށް ވެއެވެ. މެލޭޝިއާގައި މިހާރުވެސް ލުން މަނާކުރެވިފައިވާ ބައެއް ޖާޒީތަކުގެ ތެރޭގައި، ބްރެޒިލާއި، ޕޯޗުގަލާއި، ބާސެލޯނާގެ ޖާޒީގެ އިތުރުން ސާބިޔާއާއި، ނޯވޭގެ ޖާޒީވެސް ހިމެނެއެވެ. މިޖާޒީތަށް މަނާކުރެވިފައިވަނީ އެ ޖާޒީތަކުގައި ޖަހާފައިވާ ލޯގޯތަކުގައި ސޮލީބެއް އިންނާތީއެވެ.

"މީ ވަރަށް ނުރައްކާތެރި ކަމެއް. މުސްލިމެއްގޮތުގައި ތިބެ އަހަރުމެން، އެހެން ދީންތަކުގެ ރަމްޒުތަކަށް ނުވަތަ ޝައިތޯނާއަށް(ޑެވިލް) އަޅުކަންކޮށްގެން ނުވާނެ." މެލޭޝިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޖޮހޮރު  ސްޓޭޓުގައި އުޅޭ ޢިލްމުވެރިޔާ، ނޫޙް ވިދާޅުވިއެވެ. ނޫޙް އިތުރަށް ވިދާޅުވީ" އެތަކެތި އަހަރުމެންގެ އީމާންކަން ނިކަމެތިކޮށްލާނެ. ކުޅިވަރަށް ނަމަވެސް ނުވަތަ ފެޝަނެއްގެ ގޮތުންވެސް އެ ޖާޒީ މުސްލިމަކު ލާންޖެހޭ އެއްވެސް ސަބަބެއް ނެތް" ކަމަށެވެ. " މި ޖާޒީތަށް ލާ މީހުން ތައުބާވާން ޖެހޭނެ" ކަމަށްވެސް ޖޯހަރު ސްޓޭޓުގެ ދީނީ ކައުންސިލްގެ އެޑްވައިޒަރެއްގެ މަޤާމުވެސް ފުރުއްވަމުން އަންނަ ނޫޙޫ ވިދާޅުވިއެވެ.

މެލޭޝިއާގެ އުތުރުގެ ޕެރަކް ސްޓޭޓަށް ނިސްބަތްވާ ޢިލްމުވެރިއެއް ކަމަށްވާ ހަރުސާނީ ޒަކަރިއްޔާ ވިދާޅުވީ" ހަމަ ޔަޤީނުންވެސް އިސްލާމްދީނުގައި މިފަދަ ތަކެތި ލުމަކީ ހުއްދަކަމެއް ނޫން" ކަމަށެވެ." ޝައިޠޯނާއަކީ އަހަރުމެންގެ ދުޝްމިނެއް. އޭއްޗިހީގެ ކުރެހުންތައް ޖަހައިފަ ހުންނަ ތަކެތި އަހަރުމެން ލާންވީ ކީއްކުރަން؟" ޒަކަރިއްޔާ އިތުރަށް ވިދާޅުވިއެވެ.

މެލޭޝިއާގެ އިތުރުން ދިވެހި ރާއްޖޭގައިވެސް ސޮލީބާއި، ޝައިތޯނުންގެ އިތުރުން ބައެއް ބާވަތްތަކުގެ ރަލުގެ އިސްތިހާރު ޖަހާފައިހުންނަ ޖާޒީތަށް ވަރަށްގިނައިން ލައި އުޅެއެވެ. ގިނަ ބަޔަކަށް އެފަދަ ތަކެތި ގަންނަ އިރު އެކަން ނޭންގުނު ނަމަވެސް، މިފަދަ ކަންކަން އެނގިތިބެވެސް ބައެއްފަރާތްތަކުން މިފަދަ ތަކެތި ލައިގެން އުޅެއެވެ.

ޓެގް

ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.