ލިޔުނީ: އިބްރާހީމް ނާޒިމް
މުސްލިމުން ބައިބައިކޮށް އެއްބަޔަކު އަނެއްބަޔަކާ ޖައްސުވައިގެން ހަނގުރާމަކުރުވާ ބަޔަކީ ވެސް ޒަޔަނިސްޓް ޔަހޫދީންނެވެ. ޒަޔަނިސްޓުންނަށް މިފަދަ ކަންކަން ކުރެވެނީ ދުނިޔޭގައި އެނބުރެމުން މިދާ ފައިސާތައް ކޮންޓްރޯލްކުރަނީ އެމީހުންކަމުގައި ވާތީ އެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސެންޓްރަލް ބޭންކް ކަމުގައިވާ ފެޑެރަލް ރިޒާވް އަކީ ވެސް ޙަޤީޤަތުގައި އެމެރިކާ ސަރުކާރުގެ (ދައުލަތުގެ) މުއައްސަސާއެއް ނޫނެވެ. އެއީ ޔަހޫދީ އާއިލާއެއްގެ ޕްރައިވެޓް ބޭންކެކެވެ. މި ބޭންކުގެ މައްޗަށް ވެރިކަން ހިންގާ ކޮންޓްރޯލްކުރާ ބަޔަކީ ރޮތްސްޗައިލްޑް އާއިލާ އެވެ. އެމެރިކާގެ ހުރިހާ ބޭންކުތައް ބަރޯސާވާންޖެހިފައި ވަނީ ފެޑެރަލް ރިޒާވްއަށްކަމުން އެ ޤައުމުގެ އެންމެހާ ބޭންކްތައް ވަނީ ޔަހޫދީންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އެމެރިކާ ރައްޔިތުންގެ އާމްދަނީ އިން ނެގޭ އެންމެހާ ޓެކްސްތައް ސީދާގޮސް ޖަމާވަނީ އިނގިރޭސިވިލާތުގެ ބޭންކް އޮފް އިންގްލަންޑަށެވެ. މި ބޭންކާއެކު މުޅި ލަންޑަން ކޮންޓްރޯލްކުރާ ބަޔަކީ ވެސް ރޮތްސްޗައިލްޑް އާއިލާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޓްރެޜަރީގެ (ދައުލަތުގެ ޚަޒާނާގެ) މައްޗަށް ވެސް ފެޑެރަލް ރިޒާވްގެ ބާރު ފޯރުވާފައިވާ މިންވަރު ވަރަށް ބޮޑެވެ. އެމީހުން ބޭނުންވެއްޖެ މިންވަރަކަށް އެމެރިކާގެ މައި ސަރުކާރު ދަރުވާލުމުގެ ބާރު ލިބިފައި ވެއެވެ. މި ހުރިހާ ކަންކަން ރާވާ ހިންގަނީ ކޮންގްރެސް އިން ފާސްކުރާ ބިލްތައް ރައީސްލައްވާ ތަސްދީޤުކުރުވައި ޤާނޫނުތަކަށް ބަދަލުކޮށްގެންނެވެ. ކޮންގްރެސްގައި ހިމެނޭ ސެނެޓް އާއި ހައުސް އޮފް ރެޕްރެސެންޓެޓިވްސް (ޤާނޫނު ހަދާ މަޖްލިސްގެ މަތިގެ އާއި ތިރިގެ) ވެސް ކޮންޓްރޯލްކުރަނީ ޔަހޫދީންނެވެ. ނޫޓުތައް ޗާޕްޖަހާ ކޮންމެ ފަހަރަކު އެމެރިކާ ސަރުކާރުގެ އެތެރޭގެ ދަރަނި ފެޑެރަލް ރިޒާވުން ބޭނުން މިންވަރަކަށް އުފުލާލެވެ އެވެ. އެމެރިކާގެ ރައީސް އަކީ ވެސް ޔަހޫދީން ބޭނުންވާގޮތަށް ކަންކަން ކުރުމަށް މަތިކުރެވިފައި ހުންނަ މީހެކެވެ. އެހެނީ ރައީސުންގެ ރިޔާސީ ކެމްޕޭންތަކަށް އެންމެ ގިނަ ފައިސާ ޚަރަދުކޮށްދޭ ބަޔަކީ ޔަހޫދީންކަމުގައި ވާތީ އެވެ. މި ހުރިހާ ކަމެއްގެ އިތުރުން އޮސްޓްރިޔާ އާއި ސްވިޓްޒަލެންޑްގެ ބޭންކިން ސެކްޓަރ ވެސް ކޮންޓްރޯލްކުރަނީ ޔަހޫދީންނެވެ. އެމެރިކާ އާއި ޔޫރަޕްގެ ސަރުކާރުތަކުން އެބައިމީހުންގެ ފައިސާތައް އަނބުރަމުން ގެންދަން މަޖުބޫރުވެފައި ވަނީ ދުނިޔޭގެ ޒަޔަނިސްޓް ޔަހޫދީން އަންގާ ދިމާއަކަށެވެ. ވިޔަފާރިތަކުގައި އިންވެސްޓްކުރުމާއި، އެހީ ލިބެންވީ ޤައުމުތަކާއި އެ ނޫންވެސް ފަރާތްތައް ކަނޑައަޅާ ބަޔަކީ ޔަހޫދީންނެވެ.
އިސްރާޢީލު ދެމިއޮންނަނީ އެމެރިކާގެ އެހީގައި:
އެމެރިކާއިން އެކަނި ވެސް އަހަރެއްގެ މައްޗަށް އިސްރާޢީލަށް ހިލޭ އެހީގެ ގޮތުގައި 3000 މިލިޔަން ޑޮލަރު ދޭންޖެހެ އެވެ. އެކަމަކު މިހާރު ހުޅަނގު ދުނިޔޭގެ ޤައުމުތަކަށް ދިމާވެގެންއުޅޭ އިޤްތިޞާދީ ދަތިތަކުގެ ސަބަބުން އިސްރާޢީލު މުޅިން މާޔޫސްވާ ހިސާބަށް ކަންތައް ވަނީ ގޮސްފަ އެވެ. އެމެރިކާ އާއި ޔޫރަޕުގެ އެތައް ޤައުމެއްގެ ބަޖެޓް ޑެފިސިޓް ބޮޑުވެ، އެތެރެއާއި ބޭރުގެ ދަރަނިތައް އުފުލި، ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވަމުންދާތީ އިސްރާޢީލު ބާރުގަދަ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ލިބެންޖެހޭ ފައިސާ ނުލިބިދާނެކަމުގެ ބިރުގައި ޔަހޫދީންތައް ތިބީ ސިހިފަ އެވެ. މިހެންކަމުން އިސްރާޢީލު ވަށައިގެންވާ ޢަރަބި ޤައުމުތަކަށް ޢަސްކަރީ ހަމަލާތައް ދީގެން ނަމަވެސް އެ ޤައުމުތަކުގެ އޮނިގަނޑު (އިންފްރާސްޓްރަކްޗަރ) ވީރާނާކޮށް އިޤްތިޞާދު ބަލިކަށިކޮށްފައި ބާއްވަންޖެހެ އެވެ. މިހެން ނޫންނަމަ އަހަރުތަކެއްގެ ތެރެއިން އިސްރާޢީލަށްވުރެ އުފެއްދުންތެރި ފާގަތި ޤައުމުތަކެއް ކަމުގައި ވަށައިގެން އޮތް ޢަރަބި ޤައުމުތައް ވެދާނެ އެވެ. މިފަދަ ކަންކަމަކީ އިސްރާޢީލުގެ ދެމިއޮތުމަށް ހުރި ނުރައްކާތަކެވެ. މިހާރުވެސް އިސްރާޢީލަކީ މާބޮޑު އުފެއްދުންތެރިކަމެއް އޮތް ޤައުމެއް ނޫނެވެ. އިސްރާޢީލުގެ އިޤްތިޞާދު ނަގަހައްޓަނީ އެމެރިކާއިން ފޯރުކޮށްދޭ ފައިސާގެ އެހީތަކުންނެވެ. އެމެރިކާއަށް މިފަދަ ބޮޑަތި އެހީތައް އިސްރާޢީލަށް ދޭންޖެހެނީ އެގޮތަށް އެކަން ކުރުމަށް އެމެރިކާގެ ޔަހޫދީން އެ ޤައުމުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރާތީ އެވެ. އެމެރިކާގެ އިޤްތިޞާދު ބަނގުރޫޓުވުން ފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ދުނިޔޭގެ މަސްރަޙުގައި އެ ޤައުމުގެ ނުފޫޒު ކުޑަވެ، ޢަސްކަރިއްޔާގެ ބާރުދެރަވެ، ފައިސާގެ އަގުވެއްޓޭނެ އެވެ. މިފަދަ ހާލަތެއްގައި އެމެރިކާ މާ ގިނަ ދުވަހު އޮންނަންވެއްޖެނަމަ ޔަހޫދީ ދައުލަތުގެ ނިމުން އަންނާނެކަން ޒަޔަނިސްޓުންނަށް ވިސްނެ އެވެ. އެމެރިކާގެ ސްޓޭޓްތަކުގެ މެދުގައި ބައިބައިވުން އުފެދި ދާޚިލާ ހަނގުރާމައެއް ފޭށޭގޮތްވެއްޖެ ނަމަވެސް އިސްރާޢީލުގެ ނިމުން އަންނާ އެވެ. އެހެނީ ދުނިޔޭގެ ގިނަ ޤައުމުތަކަކީ އިސްރާޢީލާމެދު ވަރަށް ނުރުހުންތެރިވާ ނުވަތަ ޝައްކުގެ ނަޒަރަކުން ބަލާ ޤައުމުތަކެވެ.
އިސްރާޢީލު އަތުގައި ހުރި ހަތިޔާރުތައް ކިތަންމެ މޮޅަސް އެބައިމީހުންގެ ޢަސްކަރިއްޔާއަށް ބޭނުންވާވަރާ ގާތަށްވެސް ޔަހޫދީ ޒުވާނުންނެއް ނެތެވެ. އެޤަމުގެ ޔުނިވަރަސިޓީތަކުގައި ކިޔަވާ ކުދީންނަށް ވެސް ޢަސްކަރިއްޔާގައި ޚިދުމަތްކުރަން މަޖުބޫރުވަނީ މިހެންވެގެންނެވެ. ޘާނަވީ ސްކޫލްތަކުގައި ކިޔަވާ ދެ ޖިންސުގެ ހުރިހާ ދަރިވަރުން ވެސް ޢަސްކަރީ ތަމްރީނުތައް ފުރިހަމަކުރަން ޖެހެ އެވެ. އެހެނީ މިއީ ޔަހޫދީ ދައުލަތުގައި މަޖުބޫރު ކަމެކެވެ. ކުރުގޮތަކަށް ބުނާނަމަ މުޅި އިސްރާޢީލަކީ ޢަސްކަރީ މަރުކަޒެކެވެ. މިވަރުން ވެސް ނުފުދިގެން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ޔަހޫދީން އިސްރާޢީލަށް ހިޖުރަކުރަން އަންގައި އާދޭސްކުރަނީ އެވެ. އެބައިމީހުންނަށް ހިލޭ ގެދޮރާއި، ބޭސްފަރުވާ އާއި، އެ ނޫންވެސް ބޮޑަތި އިނާޔަތްތައް ދޭނެ ކަމުގެ ވައުދުތައް ކޮށްގެންނެވެ. މިފަދަ ދަޅަތަކަށް ހެއްލިގެން އަންނަ ކިތަންމެ އާއިލާތަކެއް ފަހުން އިސްރާޢީލު ދޫކޮށް އެނބުރި ދެއެވެ. ސަބަބަކީ އިސްރާޢީލުގެ އަމަލުތައް ހުންނަގޮތުން ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިފައި ވާތީ އެވެ. ފަލަސްޠީނު މީހުން ދިރިއުޅޭ ތަންތަނަށާއި، އަވަށްޓެރި ޤައުމުތަކަށް އިސްވެ ހަމަލާދިނުމަކީ އިސްރާޢީލުގެ ކަށީގައި ހިފާފައިވާ ކަމެއްކަމުން އަނިޔާ ލިބެމުންދާ މީސްތަކުންގެ ރުޅިއާއި އެންމެފަހުން ކުރިމަތިލާންޖެހެނީ އެ ޤައުމުގެ ޢާންމު ރައްޔިތުންނަށެވެ.
ނިމުނީ
ކޮމެންޓް (0)
ލޯޑް ކުރަމުން...