ދުނިޔެ ކޮމާރާ މާފިއާގެ އެންމެ ނުރައްކާތެރި މީހާ 16 އަހަރުފަހުން އިޓަލީގެ ފުލުހުން އަތުލައިގެންފި

ކޮމާރާ މާފިއާގެ އެންމެ ނުރައްކާތެރި މީހާ 16 އަހަރުފަހުން އިޓަލީގެ ފުލުހުން އަތުލައިގެންފި

ކޮމާރާ މާފިއާގެ އެންމެ ނުރައްކާތެރި މީހާ 16 އަހަރުފަހުން އިޓަލީގެ ފުލުހުން އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އިޓަލީގެ އެންމެ ބޮޑު އެއް މާފިއާގެ ގުރޫޕް ކޮމޯރާގެ އެންމެ އިސް ނުރައްކާތެރި މީހާ 16 އަހަރު ފަހުން އިޓަލީގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މައިކަލް ޒަގާރިއާ ނަމަކަށް ކިޔާ މި މީހާ ހޯދުމުގެ މަސައްކަތް އިޓަލީގެ ފުލުހުން ފަށައިފައިވަނީ 1995 ން ފެށިގެންނެވެ. ފުލުހުން ޒަގާރިއޯ އަތުލައިގެންފައިވަނީ އޭނާ ނިސްބަތްވާ ކެސަޕަސޭނިއާގެ ކެސްޓަރަރ ޕްރޮވިންސްގެ ބިމު އަޑީގައިވާ ބަންކަރަކުންނެވެ.

އިޓަލިގެ އެންޓި މާފިއާ ޕްރޮސިކިއުޓަރ އެއް ކަމުގައިވާ ޕްރިއަރ ގުރޭސޯ ބުނެފައިވަނީ ޒަގާރިއޯ، 53 ކެސަޕަސޭނިއާ ގައި ފިލައިގެން އުޅުނީ އެތަނުގެ ތިމާވެށި އޮންނަގޮތުން އެކަހަލަ މާހައުލެއް އުފެދިފައި އޮންނާތީ ކަމަށެވެ.

ފުލުހުންވަނީ މާފިއާ މައްސަލައެއް ތަހްޤީޤު ކުރުމުގެ ތެރޭގައި އިޓަލީގެ މާފިއާއިންގެ ގޭންގެއް އަތުލައިގަތްތަނަކުން 2.7 ބިލިއަން ޑޮލަރު އަތުލައިގެންފައެވެ.

އިޓަލީއަކީ މެކްސީކޯ އަށްފަހު ދެވަނަ އަށް މާފިއާގެ ޙަރަކާތްތައް އެންމެ ބޮޑަށް ފުޅާވެފައިވާ ޤައުމެވެ. ޒަގާރިއޯ ނިސްބަތްވާ ކޮމޯރާ މާފިއާ ގުރޫޕަކީ ދުނިޔޭގެ އެންމެ ދުވަސްވީ މާފިއާ ގުރޫޕެވެ. މިގުރޫޕް އުފެދިފައިވަނީ 18 ވަނަ ޤަރުނުގެ ތެރޭގައެވެ.  މިގުރޫޕް ޙަރަކާތްތައް ވަނީ ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ފުޅާވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.