އެމެރިކާ މަސްތުވެފައިވާ މެކްސިކޯ މީހަކު ޕާޓީއެއްގެ ތެރޭގައި 17 މީހުން މަރާލައިފި

މަސްތުވެފައިވާ މެކްސިކޯ މީހަކު ޕާޓީއެއްގެ ތެރޭގައި 17 މީހުން މަރާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިސްމާއިލް އަފްރާހް

މަސްތުވެފައިވާ މެކްސިކޯ މީހަކު ޕާޓީއެއްގެ ތެރޭގައި 17 މީހުން މަރާލައިފިއެވެ.

އިއްޔެ ރޭ ދަންވަރު 1 ޖެހިއިރު ކުރިޔަށްދިޔަ 'ޕްރައިވެޓް ޕާޓީ'އަށް މަސްތުވެފައިވާ މީހަކު ވަދެ ދިން މިހަމަލާ އަމާޒުވެފައިވަނި ވަކި މީހަކަށް ނޫންކަމަށް ޕޮލިހުން ހާމަކުރެއެވެ. ބަޑިނަގާ 'ހަރަކާތްތެރިވާ' ކޮންމެ އެއްޗަކާއި ދިމާކޮށް ވަޒަން ފޮނުވާލުމާއި އެކު އެ ވަޒަންތަކުގެ ޝިކާރައަކަށް ޖުމްލަ 17 މީހުން ވަނީ މަރުވެފައެވެ.
މެކްސިކޯގެ ޕޮލިހުން ހާމަކުރާގޮތުގައި 'އިއްޔެ ހިނގި މިބަޑިޖެހުމުގެ ހާދިސާއަކީ މަސްތުވެފައިވާ މީހަކު ހިނގި އަމަލެއް.' ކަމަށާއި 'ހަމަލާ ދިން މީހާ ޕާޓީގެ އެތެރެއަށް ވަދެ ހަރަކާތްތެރިވާ ކޮންމެ އެއްޗަކަށް ހަމަލާދިން. އޭގެން ބައެއް މީހުންނަށް އަމާޒުވެ މަރުވީ' ކަމަށެވެ.

މެކްސިކޯގެ ބައެއް މީޑިއާތަކުން ހާމަކުރާގޮތުގައި 'ޕާޓީ ބޭއްވިތަނުގައި އެތަންމިތަނުގައި ލޭއިން ތަތްތެޅިފައިވާކަމަށާއި އެތަންމިތަނުގައި މީހުންތައް މަރުވެ ވެއްޓިފައިވާ'ކަމަށެވެ.

މެކްސިކޯގައި 2009 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ މައްސަލާގައި ހިނގާފައިވާ ހަމަނުޖެހުންތަކުގައި މިހާތަނަށް 26000 މީހުންވަނީ މަރުވެފައެވެ. މެކްސިކޯގައި މަސްތުވާތަކެތި އާންމުވެގެން ގޮސް އިޖުތިމާއީ އެތައް މައްސަލައެއްގެ އަސްލަކަށްވެފައިވަނީ މަސްތުވާތަކެތިކަމަށް މެކްސިކޯގެ ސަރުކާރުންވެސް އިއުތިރާފުވެއެވެ.

ޓެގް

ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.