ދިއިސްލާމް އިޚްވާނުލް މުސްލިމީންގެ ކާމިޔާބީ ހުޅަނގުން ޤަބޫލު ކުރާނެބާ!

އިޚްވާނުލް މުސްލިމީންގެ ކާމިޔާބީ ހުޅަނގުން ޤަބޫލު ކުރާނެބާ!

އިޚްވާނުލް މުސްލިމީންގެ ކާމިޔާބީ ހުޅަނގުން ޤަބޫލު ކުރާނެބާ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

1928 ގައި އުފެދުނު އިޚްވާނުލް މުސްލިމީން ޖަމާޢަތަކީ މިސުރާއި ޢަރަބިދުނިޔޭގެ އެތައްމިލިއަން ބައެއްގެ ލޯބި ލިބިފައިވާ ދީނީ ޖަމާޢަތެކެވެ. މި ޖަމާޢަތަކީ އަބަދުވެސް އިންސާނީ ޚިދުމަތުގެ މައިދާނުގައި ވަރަށް ފާހަގަކޮށްލެވޭ ޖަމާއަތެކެވެ. ޖަމާއަތުގެ ފަރާތުން ޚައިރާތު ފަންޑުތައް ހިންގައެވެ. ނިކަމެތި ރައްޔިތުންނަށް ހިލޭ ޚިދުމަތް ދޭ ހަސްފަތާލުތަކާއި، ސްކޫލްތަކާއި، ފާރމަސީތައް ފަދަ ތަންތަން ހިންގައެވެ. ނަތީޖާއެއްގެ ގޮތުން ސިޔާސީ މައިދާނުގައިވެސް އިޚްވާނުލް މުސްލިމީން ކުރިހޯދަމުން އައީ ހީވެސްނުކުރާހާ ހަލުވި ސްޕީޑެއްގައެވެ. އެހެންކަމުން މިބައިމީހުންނަށް މިސުރުގައި ކުރިން ވެރިކަންކުރި އަނިޔާވެރި ޖަމާލް ޢަބްދުއްނާސިރު އާއި ޙުސްނީމުބާރަކްގެ ދުވަސްވަރު ވަރަށް ބޮޑެތި އަނިޔާތަކާއި ކުރިމަތިލާންޖެހުނެވެ. އެ ޖަމާޢަތުގެ ލީޑަރުން ޖަލުގައި ހައްޔަރުކޮށް ދަންޖައްސާ މަރާފައިވެއެވެ. އަދި ވަހުޝީ އެތައް ކަންތައްތަކެއް އެޖަމާޢަތުގެ ލީޑަރުންނާއިމެދު ކޮށްފައިވެއެވެ.

މިސުރުގައި ކުރިއަށްދާ އިންތިޚާބަކީ ހުޅަނގުން ޤަބޫލުކުރާގޮތަށް ޑިމޮކްރަސީގެ އުޞޫލުން ވޯޓުލައިގެން ކުރިއަށްދާ އިންތިޚާބެކެވެ. އިންތިޚާބުގެ ފުރުތަމަބުރުގެ ނަތީޖާ ދައްކާގޮތުން ކުރީގައިއުޅެނީ ދުނިޔޭގެ ހުރިހައި ކާފަރު ދައުލަތްތަކުން ރުޅިއަންނަ އަދި އެބަޔަކާއިދޭތެރޭގައި އިންތިހާއަށް ނަފްރަތްތެރިކަން އޮންނަ އިޚްވާނުލް މުސްލިމީން ޖަމާޢަތެވެ. އިޚްވާނުލް މުސްލިމީންގެ ކާމިޔާބީއަކީ ހުޅަނގަށް ހަޖަމު ކުރެވޭނެ ކަމެއްނޫނެވެ. ސަބަބަކީ މި ޖަމާޢަތަކީ ހުޅަނގުން ޖަހާހާ ބެރަކަށް ނަށާ ބައެއް ނޫނެވެ. ޔަހޫދީންދެކެ އިންތިހާއަށް ރުޅިއަންނަ ބައެކެވެ. އެހެންކަމުން ފަލަސްޠީނުގައި ޑިމޮކްރެޓިކް އުސޫލުން ވޯޓުލައިގެން ކާމިޔާބު ހޯދި ހަމާސް ޖަމާޢަތް ހުޅަނގުން ޤަބޫލު ނުކުރިގޮތަށް އިޚްވާނުލް މުސްލިމީންއަށް އިންތިޚާބުގައި ކާމިޔާބީ ލިބިއްޖެނަމަ އެކަން ޤަބޫލު ކުރުމަކީ ވަރަށްވެސް ދުރުކަމެކެވެ.

ހުޅަނގުން ޤަބޫލުކުރިއަސް ނުކުރިއަސް މިސުރާއި ޢަރަބިދުނިޔޭގެ އެތައް މިލިއަން ބަޔަކު މިހާރު އިންތިޒާރުކުރަމުންދަނީ މިސުރުގެ އިންތިޚާބުގައި އިޚްވާނުލް މުސްލިމީން ކާމިޔާބުހޯދައި ވެރިކަން ކުރާނެ ދުވަހަކަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.