ދިއިސްލާމް މިސްރުގެ ޕާލަމެންޓްރީ އިންތިޙާބްގައި ވޯޓްލަމުން އެބަދޭ

މިސްރުގެ ޕާލަމެންޓްރީ އިންތިޙާބްގައި ވޯޓްލަމުން އެބަދޭ

މިސްރުގެ ޕާލަމެންޓްރީ އިންތިޙާބްގައި ވޯޓްލަމުން އެބަދޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

Photo by: Amr Abdallah Dalsh / Landov

 

މިސްރުގައި އޮތް ހުސްނީ މުބާރަކުގެ ވެރިކަން ރައްޔިތުން ނުކުމެ ނިމުމަކަށް ގެނެސް އެ ޤައުމުގައި މިނިވަން ދިމިޤްރާތީ ވެރިކަމެށް ޤާއިމް ކުރުމަށް ޕާލަމަންޓް އިންތިޙާބްގައި ވޯޓުލުން ކުރިޔައް އެބަދެއވެ. އިއްޔެ ފެށުނު މި އިންތިޚާބްގައި ވޯޓުލުން ކުރިޔަށްދާނީ މިސްރުގެ ބޮޑެތި ސިޓީތަކުގައި އިއްޔެގެ އިތުރުން މިއަދާއި މާދަމައެވެ.

ދެވަނަ ބުރުގައި އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގައި ވޯޓުލާނީ ފުރަތަމަ ބުރުގައި ވޯޓްލީ ބޮޑެތި ސިޓީތައް ފިޔަވައި ބާކީ ހުރި ހުރިހާ ސިޓީ ތަކުންނެވެ. ޑިސެމްބަރު މަހުގެ 21 ގައި ވޯޓްލާނީ، ވޯޓް އެއްވަރުވީ ސިޓީ ތަކުގައި އެކަންޏެވެ.

މިސްރުގަ އޮތް ވެރިކަން ރައްޔިތުން ނިކުމެ ބަދަލުކޮއް، ޤާނޫނު އަސީސީގެ ދަށުން ބާއްވާ މި އިންތިހާބްގައި ޕާލަމަންޓްގެ ދަށުގެއަށް 498 މެންބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު މި ބުރުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވެނީ މުބާރަކްގެ އަނިޔާވެރި ވެރިކަމުގައި އެ ޕާޓީއެއްގެ ހަރަކާތްތައް މަނާ ކޮށްފައިވާ އިޚްވާނުލް މުސްލިމީން އިންނެވެ. ނަމަވެސް މި އިންތިޚާބުގައި އެ ޕާޓީން ބައިވެރިވަނީ  ފްރީޑަމް އެންޑް ޖަސްޓިސް ގެ ނަމުގައެވެ.

ދަށުގޭގެ އިތުރުން ޕާލަމެންޓްގައި ދެން ހިމެނެނީ މަތިގެ ކަމުގައި ވާ ޝޫރާ މަޖިލީހެއެވެ. މިއީ އެހާ ބޮޑު ބާރުތަކެއް ލިބިފައިވާ ޕާލަމެންޓެއް ނޫނަސް މި އިންތިޚާބް އަންނަ އަހަރުގެ ޖެނުއަރީ 29 ގައި ބާއްވާ އިރު ވާދަވެރިވާނެ ކަމަށް ބެލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.