ރިޕޯޓް "ހުރިހާ އެއްޗެއް" އެނގިގެން ނޫޅޭށެވެ! (2 ވަނަ ބައި)

"ހުރިހާ އެއްޗެއް" އެނގިގެން ނޫޅޭށެވެ! (2 ވަނަ ބައި)

"ހުރިހާ އެއްޗެއް" އެނގިގެން ނޫޅޭށެވެ! (2 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުރީބައި: “ހުރިހާ އެއްޗެއް” އެނގިގެން ނޫޅޭށެވެ! (1 ވަނަ ބައި)  

މަތިން ބާއްވާލެއްވުނު އިލާހީ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އުޞޫލުތަކަށް އިންސާނާ ބޭނުންވަނީ މިފަދަ ގުނާ ޢަދަދު ނުކުރެވޭހާ އެތައް އެތައް ސަބަބުތަކާއި ހެދިއެވެ. އިންސާނާ ބޭނުންހާގޮތަކަށް ރަނގަޅު ކަންކަމާއި، ނުރަނގަޅު ކަންކަމާއި، ޙައްޤުތަކާއި ކަނޑައަޅަން ވެއްޖެނަމަ ދުނިޔެ ވެގެންދާނީ އަހަރެމެންގެ ޚިޔާލަށް ނުގެނެވޭފަދަ، ޤަލަމުން ނުލިޔެވޭފަދަ ބޮޑު އޮޅުންސުވާއްޔަކަށެވެ.

ސައިކަލުގެ މައްސަލައެއް ދިމާވުމުން ކަމާއި ބެހޭ އިންޖިނޭރުންގެ ބަސް އަހަރެމެން ޤަބޫލުކުރުން ފިޔަވައި އިތުރު ގޮތެއް ނޯވެއެވެ. އަދި ސައިކަލަށް މައްސަލައެއް ދިމާވިޔަ ނުދޭންވެގެން އޭތި އުފެއްދި ކުންފުނިން ދީފައިވާ ގައިޑްލައިންތަކުގައި ވާގޮތަށް ކަންތައްތައް ކުރަންޖެހެއެވެ. ބޮޑު އަނިޔާއެއްވެ އޮޕްރޭޝަނެއް ކުރަން ޖެހިއްޖެނަމަ ދާނީ ޑޮކްޓަރުން ކައިރިއަށް ހޮސްޕިޓަލަށެވެ.މީހަކަށް ކާރު ދުއްވަން އިނގުނަސް އަދި މަތިންދާބޯޓު ދުއްވާކަށް ނޭނގޭނެއެވެ. މިކަން ކީރިތި ޤުރުއާނުގައި ބަޔާނަވެގެންވެއެވެ. ނަހްލު ސޫރަތުގެ 43 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވަނީ އަހަރެމެންނަށް ކަމެއް ނޭނގޭކަމުގައިވާނަމަ އިނގުމުގެ އަހުލުވެރިންނާ ސުވާލު ކުރުމަށެވެ.

ދުނިޔަވީ އުޞޫލުތަކަކީ މިއީ ކަމަށްވާއިރު އިންސާނާގެ އެންމެހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އިންސާނާ އުފެއްދެވި ފަރާތް ފިޔަވައި ދެން އެހެން ކޮން ފަރާތަކަށް ހެއްޔެވެ؟ އިންސާނާގެ ހަށިގަނޑާއި ބެހޭގޮތުން މެޑިސިން ކޯހެއްގައި 10 އަހަރު ވަންދެން ކިޔެވީމާވެސް އިނގިގެންދަނީ ހަމަ އިންސާނާއަށް ލިބިގެންވާ ޢިލްމުގެ މަދުކަމެވެ. މީގެ 1400 އެތައް އަހަރެއްގެ ކުރިން ބާއްވާލެއްވުނު ކީރިތި ޤުރުއާނުގައިވާ ސައިންޓިފިކް، ޢިލްމީ އެތައް ކަމެއްގެ ޙަޤީޤަތް އިންސާނުންނަށް ހޯދުނީ ދާދި މިދާކަށް ދުވަހުއެވެ. އެންމެ ކުޑަމިނުން ފުރާނައިގެ އަޞްލެއްވެސް އިންސާނުންނަކަށް ނޭނގެއެވެ. ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމްނަ ރައިޓްސްގައި ހިމެނޭ ގިން ކަންކަމަކީ މީގެ 1400 އެތައް އަހަރެއް ކުރިން އަހަރެމެން ދަސްކޮށް، ޢަމަލު ކުރަމުން އައިސްފައިވާ ރައިޓްސް ތަކެކެވެ.

އަހަރެމެން އިޚްތިޔާރު ކުރީ އިސްލާމް ދީނެވެ. އެހެންކަމުން އިސްލާމް ދީނުގެ ޙުކުމްތައް އަހަރެމެންނަށް ޤާއިމް ކުރެވޭނެއެވެ. އަހަރެމެންގެ ދީނީ ކަންކަމަށް ފުރައްސާރަކޮށް، ފާޑު ކިޔައި، ވަކި ގޮތަކަށް ކަންތައްތައް ކުރުމަށް މަޖުބޫރު ކުރުވުމަށް ބާރު އެޅޭގޮތަށް ވާހަކަ ދެއްކުމަކީ ހަމަ ޙަޤިޤަތުގައިވެސް ވަރަށް ނާތަހުޒީބީ "ބާބެރިކް" ޢަމަލެކެވެ. އެއީ މި ތަހުޒީބީ، މިނިވަން ދުނިޔެއާއި ހަމަ އެއްވެސް ގޮތަކަށް ގުޅޭ ވާހަކަތަކެއް ނޫނެވެ.

ސިކުނޑިއަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ ތަންކޮޅަކީ އިންސާނާ ހެއްދެވި ފަރާތަށް ގޮންޖަހައި، ހެއްދެވި ފަރާތާއި ޖަދަލު ކުރެވޭނީ ކޮން ހައިސިއްޔަތަކުންކަމެވެ؟ އިންސާނާ އަށް ގެއްލުމާއި ހަލާކު ހުރި އެންމެހައިކަމެއް ޙަރާމް ކުރައްވައި،ފައިދާ ހުރި އެންމެހައިކަމެއް ހުއްދަކުރައްވައި، ބައެއް ބޮޑެތި ކުށްކުށް ކުރުމަކީ އަދަބު ލިބޭ ކަންކަންކަމުގައި އެކަލާންގެ ލައްވާފައިވާއިރު މިއިން އެއްވެސް ކަމަކަށް ފާޑު ކިޔަން އިންސާނާ މީ ކާކު ހެއްޔެވެ؟ އިންސާނާ ހެއްދެވި ފަރާތުގެ އެންގެވުން ތަކަށް ދެކޮޅު ހަދައި ވާހަކަ ދައްކަން ކެރޭއިރު، އިންސާނާ އާއި ބެހޭގޮތުން ތިމާއަށް އިނގެނީ ކޯންޗެއްހެއްޔެވެ؟ އިންސާނީ ޙައްޤުތަކާއި ޝަރަފާއި ކަރާމާތާއި ބެހޭގޮތުން އިނގެނީ ކޯންޗެއްހެއްޔެވެ؟

ތިގޮތަށް "ހުރިހާ އެއްޗެއް އެނގިގެން" ވާހަކަ ދައްކައި، ކަންކަމަށް ފާޑު ކިޔޭނަމަ ދުނިޔޭގައި ނުވާނެ، ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ހަމަ ކޮންމެ މީހަކީވެސް ޑޮކްޓަރެކެވެ. އިންޖިނޭރެކެވެ. ޕައިލެޓެކެވެ. އެމީހަކު އުޅެންވީ އެމީހަކު އޭރަކު އުޅެން ބޭނުންވި ގޮތަކަށެވެ. އެއްބަޔަކު އޮފީހަށް ދާނީ ހުސްގަޔާ، ސޯޓު ކޮޅެއް ލައިގެންނެވެ. ސްކޫލަށް ދާންވެސް ބޭނުން ހެދުމެއް ލެވޭނެއެވެ. އެއްވެސް ޤަވާޢިދަކަށް ޙުރުމަތްތެރިކޮށް ހިތާކަށް ނުޖެހޭނެއެވެ. ރާބޮއެ، ނުވަތަ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވެގެންހުރެ ވެހިކަލް ވެސް ދުއްވޭނެއެވެ. ކުޑަކުދިންނާއި، އަނބިދަރިންނާއި ބަދު އަޚުލާޤީ ޢަމަލުތައްވެސް ހިނގޭނެއެވެ. އެއީ "ޕިއްލޭ ސްޓައިލް" އިންސާނީ ޙައްޤުތަކާއި، ޝަރަފާއި ކަރާމާތެވެ!

ނަމަވެސް ވާހަކައެއް ބުނަންހެއްޔެވެ؟ އ.ދ. ގެ ނަމުގައި އިންސާނީ ޙައްޤުތަކާއިބެހޭ ފާޑުފާޑުގެ ވާހަކަތައް ނުދައްކާށެވެ! އ.ދ. ގެ އިންސާނީ ޙައްޤުތަކާއިބެހޭ މައި ޤަރާރު، ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގައި އަހަރެމެން ބޭނުން ދީނެއް އިޚްތިޔާރު ކުރުމުގެ ފުރިހަމަ މިނިވަންކަން އަހަރެމެނަށް ވަނީ ލިބިދީފައެވެ. އަހަރެމެން އ.ދ. ގެ އެހެނިހެން މުޢާހަދާތަކުގައި ސޮއިކޮށް ރިޒަވޭޝަންތަކާއި އޭތި މީތި ހަދާފައިވަނީ އ.ދ. ގެ ތެރެއިން ހެދިފައިވާ ޤަވާޢިދު ތަކާއި އުޞޫލުތަކާއި ފުރިހަމައަށް އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަހަރެމެން އިޚްތިޔާރު ކުރީ އިސްލާމް ދީނެވެ. އެހެންކަމުން އިސްލާމް ދީނުގެ ޙުކުމްތައް އަހަރެމެންނަށް ޤާއިމް ކުރެވޭނެއެވެ. އަހަރެމެންގެ ދީނީ ކަންކަމަށް ފުރައްސާރަކޮށް، ފާޑު ކިޔައި، ވަކި ގޮތަކަށް ކަންތައްތައް ކުރުމަށް މަޖުބޫރު ކުރުވުމަށް ބާރު އެޅޭގޮތަށް ވާހަކަ ދެއްކުމަކީ ހަމަ ޙަޤިޤަތުގައިވެސް ވަރަށް ނާތަހުޒީބީ "ބާބެރިކް" ޢަމަލެކެވެ. އެއީ މި ތަހުޒީބީ، މިނިވަން ދުނިޔެއާއި ހަމަ އެއްވެސް ގޮތަކަށް ގުޅޭ ވާހަކަތަކެއް ނޫނެވެ.   (ނިމުނީ)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.