ދިއިސްލާމް ސެކިއުރިޓީ އޮފިޝަލަކު މަރާލިކަމުގެ ކުށުގައި ސައުދީމީހެއްގެ މައްޗަށް މަރުގު ޙުކުމް ތަންފީޒްކޮށްފި

ސެކިއުރިޓީ އޮފިޝަލަކު މަރާލިކަމުގެ ކުށުގައި ސައުދީމީހެއްގެ މައްޗަށް މަރުގު ޙުކުމް ތަންފީޒްކޮށްފި

ސެކިއުރިޓީ އޮފިޝަލަކު މަރާލިކަމުގެ ކުށުގައި ސައުދީމީހެއްގެ މައްޗަށް މަރުގު ޙުކުމް ތަންފީޒްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދި ޢަރަބިއްޔާގެ ޤައުމީދިދަ

ސައުދި އަރަބިއްޔާގެ ރިޔާޟުގެ ސެކިއުރިޓީ އޮފިޝަލަކު މަރާލިކަމުގެ ކުށުގައި ފަހުދް ބިން ސައިފް އަލްޤަހްތާނީ ނަމަކަށް ކިޔާ ސައުދީ މީހެއްގެ މައްޗަށް އެޤައުމުން މަރުގެ ޙުކުމް ތަންފީޒުކޮށްފިއެވެ.

ސައުދީ ޢަރައްބިއްޔާގެ ދާޚިލީ ވުޒާރާއިން ހާމަކުރެއްވިގޮތުގައި މިހާކު މަރާލިކަމުގެ ކުށުގެ އިތުރުން ފަހުދް އަލްޤަހްތާނީގެ މައްޗަށްވަނީ ޤާތް ނަމަކަށްކިޔާ މަސްތުވުމަށްބޭނުންކުރާ ފަތާއި އަދި މަނާ ބޭސް އެތެރެކުރުމުގެ ތުޙްމަތުވެސް ކުރެވިފައެވެ. އަދި މީގެ އިތިރުން ހަތިޔާގެންގުޅުމާއި، ބަނގުރާބުއިމާއި އަދި މީސްމީހުންގެ ތަކެއްޗަށް ގެއްލުންދިނުންފަދަ ކުށްތައްވެސް މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވާކަމަށް އެވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ހަސަން ބިން ސާލިމް މަޖުރްޝީ ނަމަކަށް ކިޔާ ސެކިއުރިޓީ އޮފިޝަލަށް މީނާ ބަޑިން ހަމަލާދީފައިވަނީ ޤާތު އެތެރެކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް ފުލުހުން އޭނާއާއި ކުރިމަތިލީމައެވެ. މިކުރިމަތިލުމުގައި އެހެން ބައެއް ފުލުހުންނަށްވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.