ދިއިސްލާމް ފަލަސްޠީނުގައި ހުންނަ ޔޫސުފްގެފާނުގެ ޒިޔާރަތަށް ހަތްސަތޭކަ ޔަހޫދީ ވަޒަންވެރިން ގަދަކަމުން ވަދެގެންފި

ފަލަސްޠީނުގައި ހުންނަ ޔޫސުފްގެފާނުގެ ޒިޔާރަތަށް ހަތްސަތޭކަ ޔަހޫދީ ވަޒަންވެރިން ގަދަކަމުން ވަދެގެންފި

ފަލަސްޠީނުގައި ހުންނަ ޔޫސުފްގެފާނުގެ ޒިޔާރަތަށް ހަތްސަތޭކަ ޔަހޫދީ ވަޒަންވެރިން ގަދަކަމުން ވަދެގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަބުލްސްގައި ހުންނަ ޔޫސުފްގެފާނުގެ ޒިޔާރަތް

އިޒްރޭލުގެ ދާޚިލީ ވަޒީރު އެލި ޔިޝައި އިސްވެހުރި، ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިންގެ ބައިގަނޑެއް ނަބުލްސްގެ އިރުމަތީގައި ހުންނަ ޔޫސުފް ނަބީކަލޭގެފާނުގެ ޒިޔާރަތުގެ ތެރެއަށް ގަދަކަމުން  ވަދެގެންފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތުގައި ޔަހޫދީންތައް އެޒިޔާރަތުގެ ތެރެއަށް ވަދެގަތީ އިޒްރޭލުގެ އިސްތިޢުމާރީ ސިފައިންގެ ހިމާޔަތުގައި ތިބެގެންނެވެ.

އެސަރަޙައްދުގެ މީހުން ބުނި ގޮތުގައި އިޒްރޭލުގެ ސިފައިންވަނީ ޔަހޫދީންތައް އެތަނަށް ވަނުމަށް ހުރަސްއެޅުމަށްޓަކައި ގާ އުކަމުންދިޔަ ފަލަސްޠީނުގެ އާއްމުންނަށް ގޭސްބޮމާއި އެހެނިހެން ހަތިޔާރުތަކުން ހަމަލާދީފައެވެ. އެމީހުން އިތުރަށް ބުނި ގޮތުގައި އިޒްރޭލުގެ ސިފައިން ފަހުން ވަނީ އަވަށުގެ ގެތަކަށް ވަދެ ގެތައް ބަލައި ފާސްކުރުމަށްފަހު ޔަހޫދީ ވަޒަންވެރިންނާ ދިމާއަށް ގާ އުކިކަމަށް ބުނެ ދެ މީހަކު  ހައްޔަރުކޮށްފައެވެ.

މިޢަމަލު ހިންގި ޔަހޫދީ ގްރޫޕްގެ އިސް ވެރިޔަކަށް ހުރި އިޒްރޭލުގެ ދާޚިލީ ވަޒީރު ވަނީ ޔަހޫދީންނަށް ފަސޭހައިން ޒިޔާރަތަށް ވަދެ އަޅުކަންކުރެވޭނީ އެތަން ފުރިހަމަގޮތުގައި އިޒްރޭލުގެ ބާރުގެ ދަށަށް ގެނައިސްގެން ކަމަށް ބުނެ އެކަމަށް ގޮވާލައިފައެވެ.

ފަލަސްޠީނުގެ ބިމުގައިވާ މިފަދަ މުޤައްދަސް ތަންތަނަށް ޔަހޫދީން އަރައިގަންނަމުން ދާތީ ފަލަސްޠީނުގެ ރައްޔަތުން ދަނީ އެކަމާ ވަރަށްބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

__________________

މަސްދަރު: ދި ޕެލަސްޓައިން ޓެލެގްރާފް

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.