އޭޝިއާ ޗައިނާއިން ޕާކިސްތާނަށް ރޭލުދަތުރުން ގުޅާލަނީ

ޗައިނާއިން ޕާކިސްތާނަށް ރޭލުދަތުރުން ގުޅާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޗައިނާއިން ޕާކިސްތާނަށް ރޭލުދަތުރުން ގުޅާލުމަށް ޗައިނާއިން ހުށައަޅައިފިއެވެ.

ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ފަހަކަށް އައިސް ބަދަހިވުމުގެ ނަތީޖާއެއްގެ ގޮތުން ދެޤައުމުން މިފަދަ ކަމަކަށް ޝައުގުވެރިވެފައިވަނީ އެއްބަޔަކު އަނެއްބައެއްގެ މެދުގައި ވިޔަފާރިއާއި އެހެނިހެން ގުޅުންތައް ދެމެހެއްޓުމުގެ ގޮތުންނެވެ. ހަބަރު ލިބޭގޮތުގައި ރޭލު ދަތުރުކުރުމުގެ ގޮތުން ރޭލު ދަނގަޑު އަޅާނީ ގިލްގިޓް ސަރަހައްދުގެ ތެރެއިން ގޮސް ޖައްމުކަޝްމީރުގެ މިހިސާބަށް ރޭލު އަންނަނީ ހިމާލިޔާ ފަރުބަދަތަކުގެތެރޭގައިވާ ކަރަކޯރާމް ފަރުބަދަތަކުގެ ތެރެއިންނެވެ.

ޕާކިސްތާނާއި ޗައިނާގެ ދެމެދުގައި ޤާއިމުކުރުމަށް ވިސްނަމުންދާ ރޭލުދަގަނޑުގެ މައްސަލާގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަނީ އިންޑިއާއިންނެވެ. އިންޑިއާއިން މިމަޝްރޫއަށް ފިއްތުންތައް ފޯރުކުރުމަށް މިހާރުވެސް ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން މިމަޝްރޫއަކީ 'ބިރުހުރި' މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ސިޔާސީ މީހުންދަނީ ވާހަކަ ދައްކަމުންނެވެ.

ޓެގް

އޭޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.