ދިއިސްލާމް ޖަލުބަލަހައްޓާ މީހުންގެ އަމުރަށް ނަމާދު ދޫކޮށްނުލި ފަލަސްޠީނުގެ އަސީރުން ޖޫރިމަނާކޮށްފި

ޖަލުބަލަހައްޓާ މީހުންގެ އަމުރަށް ނަމާދު ދޫކޮށްނުލި ފަލަސްޠީނުގެ އަސީރުން ޖޫރިމަނާކޮށްފި

ޖަލުބަލަހައްޓާ މީހުންގެ އަމުރަށް ނަމާދު ދޫކޮށްނުލި ފަލަސްޠީނުގެ އަސީރުން ޖޫރިމަނާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ މީހުން ހުކުރު ނަމާދުކުރަމުން ދާއިރު އިޒްރޭލުގެ ސިފައިން ބަލަހައްޓައިގެން

އިޒްރޭލުގެ "ޢަސްޤަލާނު" ޖަލުގައި ތިބި ފަލަސްޠީނުގެ އަސީރުންތަކެއް ޖަލުބަލަހައްޓާ މީހުންގެ އަމުރަށް ނަމާދު ދޫކޮށްނުލުމުން އެމީހުން ޖޫރިމަނާކޮށްފިއެވެ.

ފަލަސްޠީނުގެ އަސީރުންގެ ފޯރަމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޢަސްޤަލާނު ޖަލުގެ ޔުނިޓް 18 ގައި ހައްޔަރުކޮށްފައި ތިބި ފަލަސްޠީނުގެ އަސީރުންނާ ސުވާލުކުރުމަށް ޖަލުގެ ތަޙުޤީޤު ޓީމުން އެގޮޅިއަށް ވަންއިރު އަސީރުން ތިބީ ނަމާދުކުރަންކަމަށާއި އެމަންޒަރު ފެނުމުން ޔަހޫދީ އޮފިޝަލުންނަށް ކެތްނުކުރެވި ރުޅިއައިސްގެން ނަމާދު ދޫކޮށްލުމަށް އަސީރުންނަށް އަމުރުކުރިކަމަށެވެ. ނަމަވެސް ފަލަސްޠިނުގެ އަސީރުން އެގޮތަށް ޢަމަލުކުރުމަށް އިންކާރުކޮށް ނަމާދު ފުރިހަމަކުރުމާ ގުޅިގެން ޖަލުގެ އޮފިޝަލުންވަނީ ޖަލުގެ ވެރިންގެ އަމުރަށް ނުކިޔަމަންތެރިވީކަމަށް ބުނެ ތަފާތު އަދަބުތައް އަސީރުންނަށް ދިނުމަށް އަމުރުނެރެފައެވެ.

އަސީރުންގެ ފޯރަމުން ބުނާގޮތުގައި ނަމާދު ދޫކޮށްލުމަށް އިންކާރުކުރި އަސީރުންނަށް ޖަލުގެ ކެންޓީނު ބޭނުންކުރުން މަނާކޮށް ކޮންމެ އަސީރަކު 150 ޝެކްލް އިން ޖޫރިމަނާކުރުމަށް މިހާރުވަނީ ނިންމާފައެވެ. އިޒްރޭލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ޖަލުގައި ފަލަސްޠީނުގެ އަސީރުންގެ ތަރުޖަމާނުކަން ކުރަމުންދާ ނާޞިރު ނާޖީ ބުނިގޮތުގައި އެމީހުން މިހާރުވަނީ ޖަލުގައި ހަޅުތާލުކުރުމަށް ތައްޔާރުވެފައެވެ.

________

މަޞްދަރު: ދި ޕެލަސްޓައިން އިންފޮމޭޝަން ސެންޓަރ

ޓެގް

ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.