އެފްރިކާދިއިސްލާމްދުނިޔެ

އިނގިރޭސިވިލާތުން ގައްޒާފީ އަށް ކެމިކަލް ހަތިޔާރު ވިއްކި : ރިޕޯޓް

ކެމިކަލް ވެޕަން - ފޮޓޯ : ޕްރެސް ޓޯވީ

 

ކެމިކަލް ވެޕަން - ފޮޓޯ : ޕްރެސް ޓޯވީ

 

ވޭތުވެ ދިޔަ 40 އަހަރަކީ ލީބިޔާގައި ގައްޒާފީގެ ބާރު އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮތް އަހަރު ތަކެވެ. ތެލުގެ މުއްސަދިކަން ލިބިފައިވާ ލީބިޔާއަށް ހަތިޔާރު ވިއްކުމައްފަހު ވޭތުވެ ދިޔަ އަހަރުތަކަކީ ހުނޅަގުގެ ބާރުތަކުގެ ޖީބުތައް ފައިސާއިން ފުރުނު އަހަރުތަކަކަށް ވަނީ ވެފައެވެ. 1992 ވަނަ އަހަރު އދ ގެ ސަލާމަތީ މަޖިލިހުން ފާސްކުރި އެ މަޖިލިހުގެ ރިސޮލިއުޝަން 748 އިން ލީބިޔާއަށް  ފަނާކުރަނިވި ހަތިޔާރު ވިއްކުން މަނާކުރި ކަމުގައިވިޔަސް ޤައްޒާފީ ވަނީ އޭނާގެ ހަތިޔާރު ގުދަންތައް ފުރުމައްޓަކައި 30 ބިލިޔަން ޑޮލަރު ހޭދަކޮށްފައެވެ.

އިނގިރޭސިވިލާތަކީ ފަނާކުރުވަނިވި ހަތިޔާރާއި ދެކޮޅައް އެންމެ އަޑު ހަރުކޮށް ވާހަކަ ދައްކާ އެއްބައެވެ. އަދި "އިންޓަރނެޝަނަލް ކެމިކަލް ވެޕަންސް ކޮންވެންޝަން" ގެ ދަށުން ފަނާކުރުވަނިވި ހަތިޔާރު އުފައްދާ، ވިއްކާ އަދި އެ ރައްކާކުރުމަކީ މަނާކަމަކަށް ވާއިރި، އިނގިރޭސިވިލާތުން މި މުޢާހަދާގައި ސޮއިކޮށް ޤައްޒާފި ފަދަ އަނިޔާވެރި ވެރިންނަށް މި ހަތިޔާރު ގިނަ އަދަދަކަށް ވިއްކާފައި ވުމަކީ ދެކޮޅު ޖެހޭ ކަމަކަށް ނުވެއެވެ.

އިނގިރޭސިވިލާތުން މިފަދަ ހަތިޔާރު ކިއްކުމުގައި ބައިވެރި ވެފާވާކަމަށް 'ސަންޑޭ ހެރާލްޑް' ގެ އެޑިޓަރ، އަދި އެތައް އެވޯޑް ތަކެއް ލިބިފައިވާ 'ނެއިލް މެކޭ' 2002 ވަނަ އަހަރު ޝާއިޢު ކޮއްފައިވާ އާޓިކަލް އެއްގައި ވެއެވެ. އެހެން ކަމުން ގިނަ ބަޔަކު ދަނީ އިނގިރޭސިވިލާތުން ސޮއިކޮއްފައިވާ މި އެއްބަސްވުމާއި ޚިލާފައް އަދި މި މުޅި އެއްބަސްވުން ހަލާކުކޮއްލާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޤައްޒާފީ ފަދަ މި އެއްބަސްވުމުގައި ސޮއި ނުކުރާ، އަނިޔާވެރި ވަރިއަކަށް އިނގިރޭސީން ވަނީ ހަތިޔާރު ވިއްކާފައި ކަމާއި މެދު ޝައްކު ކުރާ މީހަކު މިހާރަކު ނެތެވެ.

ލިބިޔާގެ އިތުރުން އިނގިރޭސިން މި ފަދަ ކެމިކަލް ވިއްކާފައި ވާކަމަށް މެކޭ ހާމަކުރާ އިތުރު ޤައުމުގެތަކުގެ ތެރޭގައި ޔަމަން، އިސްރާއިލް އަދި ސައޫދީ ސަރުކާރު ހިމެނެއެވެ. އަދި ހަމަ އިނގިރޭސި ވިލާތުން ނުރައްކާތެރި ކެމިކަލް ބައިތައް ވިއްކާފައި ވާ ޤައުމު ތަކުގެ ތެރޭގައި ސައިޕްރަސް، ކެންޔާ، އިންޑިޔާ، ކުވައިތު، މެލޭޝިއާ، ނައިޖީރިއާ، އޮމާން، ޕާކިސްތާން، ސިންގަޕޫރު، ސޮލެވޭނިއާ، ސައުތު އެފްރިކާ، ސައުތު ކޮރެއާ، ސްރީލަންކާ، ތުރުކީ އަދު އުގެންޑާ ހިމެނެއެވެ.

ރިޕޯޓުގައި އިތުރައް ބުނެފައިވާ ގޮތުން އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ޓްރޭޑުން ވަނީ ފަނާކުރުވަނިވި ހަތިޔާރު އުފައްދަން ބޭނުން ކުރާ ކެމިކަލް 26 ޤައުމަކަށް ވިއްކި ކަމަށްވެސް އިޢުތިރާފް ވެފައެވެ.

ދުނިޔޭގެ ސަލާމަތައް އެންމެ ބޮޑަށް ވިސްނާ، ބޮޑެތި އެގްރީމަންޓްތައް ތަސްދީޤުކޮށް ދުނިޔެއިން ޓެރެރިސްޓް ހަރަކާތްތައް ނައްތާލަން މަސައްކަތްކުރާ ޤައުމުތަކުގެ ޙާލަތަކީ މިއީ ކަމަށް ދިރާސާތަކުން އެނގިގެންދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *