މަޝްހޫރު ފިލްމު ޑައިރެކްޓާ ރޯމަން ޕޮލަންސްކީ އެމެރިކާއާ ހަވާލުކުރުމަށް ސްވިޒާލޭންޑުން ދެކޮޅު ހަދައިފިއެވެ.
އެމެރިކާއިން މީނާ ބޭނުންވެގެން އުޅެނީ 1977 ވަނަ އަހަރު މީނާ 13 އަހަރުގެ އަންހެން ކުއްޖަކާއެކު ބަދު އަޚްލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައެވެ. ސްވިޒާލޭންޑުން ހާމަކުރާގޮތުގައި، މީނާއާ ދެކޮޅަށް އެމެރިކާއިން އެކަށީގެންވާފަދަ ހެއްކެއް ހުށައަޅައިފައެއް ނުވެއެވެ. މިހެން ކަމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ގޭ ބަންދުގައި ހުންނަ ޕޮލަންސްކީ، މިއަދުގެ 12:30 ފެށިގެން ވަނީ ބަންދުން ދޫކޮށްލައިފައެވެ. "އުމުރުން 76 އަހަރުވެފައިވާ ފްރާންސްގެ ފިލްމު ޑައިރެކްޓާ އެމެރިކާ އަކާ ހަވާލެއް ނުކުރެވޭނެ" ކަމަށް މިއަދު ނެރުނު ބަޔާނެއްގައި ސްވިޒާލޭންޑުގެ ޖަސްޓިސް މިނިސްޓްރީން ހާމަކޮށްފައި ވާކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ޚަބަރު ދެއެވެ.
ތިން ފިލުމަކުން އޮސްކާ އެވޯޑު ހާސިލް ކޮށްފައިވާ ޕޮލޮންސްކީއަށް ތުހުމަތު ކުރެވެމުން ދަނީ ފިލްމެއްގެ ޝޫޓިނެއްގައި 13 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ ރާ ފުޅިއަކުން ޖަހާ އޭނާއަށް ނިދާ ބޭހެއް ކާންދިނުމަށްފަހު ރޭޕްކުރުމުގެ މައްސަލައެއްގައެވެ.
މިހާރަކަށް އައިސް މިފަދަ މަޝްހޫރު މީހުންގެ ތެރޭގައި ކުޑަކުދިންނާއެކު ބަދު އަޚްލާގީ އަމަލު ހިންގުން ހުޅަނގުގެ "ތަހްޒީބު" ވެފައިވާ ގައުމުތަކުގައި ވަނީ ވަރަށް އާންމު ކަމަކަށް ވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...