އެފްރިކާ ލީބިޔާގެ އީޙްވާނުލް މުސްލީމީންއިން އެޤައުމުގެ ޢާއްމުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފި

ލީބިޔާގެ އީޙްވާނުލް މުސްލީމީންއިން އެޤައުމުގެ ޢާއްމުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފި

ލީބިޔާގެ އީޙްވާނުލް މުސްލީމީންއިން އެޤައުމުގެ ޢާއްމުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

 

10 އަހަރު ވަންދެން ލީބިޔާގައި މަނާކޮށްފައި އޮތް އިޙްވާނުލް މުސްލީމީންއިން އެޤައުމުގެ ރައްޔިތުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފިއެވެ.

މިގޮތުން ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މިހާރު އެޖަމާޢަތުންދަނީ އެޤައުމުގެ އެހެން ސަރައްދުތަކަށް ދަތުރުކުރަމުންނެވެ. 9 މސްދުވަހުގެ ހަޅުތާލަށްފަހު އެޤައުމުގައި 42 އަހަރުވަންދެން ވެރިކަންކުރި ކާނާލް މުއައްމިރުލް ޣައްޒާފީގެ ވެރިކަން ވެއްޓްމަށްފަހު އިހްވާނުލް މުސްލިމީންއިން އެޤައުމުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ހިންގަންފެށި ސިލްސިލާ ކޮންފަރެންސްގައި ބެންޒާޣީގައި ވާހަކަ ދައްކަމުން އިޙްވާނުލް މުސްލިމީންގެ ރައީސް ސުލައިމާން ޢަބްދުލް ޤާދިރު ވަނީ އެޤައުމުގެ އެހެން ޖަމާޢަތްތަކަށް ވަކިވެ ނުގަނެ އެކުވެރި ވުމަށް ގޮވާލައްވާފައެވެ.

ބެންޒާޣީގައި ބޭއްވި ޙަފްލާއެއްގެތެރޭގައި އެތައް ސަތޭކަ ބަޔަކާއި ވާހަދައްކަވަމުންން ޢަބްދުލް ޤާދިރު ވިދާޅުވީ އެޖަމާއތުންބޭނުންވަނީ ލީބިޔާގެ ރައްޔިތުންނަކީ ފުރިހަމަ މިނިވަން ކަމުގައި އުޅޭ ބަޔަކަށް ހެދުމަށްކަމަށާއި އަދި އުފައްދަން ބޭނުންވަނީ މަޖަނީ ގޮތުންނާއި އިޖުތިމާޢީގޮތުން ފުރިހަމަ ޖީލެއްކަމަށާއި އަދި ރައްޔިތުންނަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައިވެސް އިސްލާމީ އުސޫލުތަކަށް ޢަމަލުކުރާ ބަޔަކަށް ހެދުން ކަމަށެވެ.

މަސްރަހް ދިރާސާކުރައްވާފަރާތްތަކުން ބުނެފައިވަނީ ލީބިޔާގައި ބާއްވާ އިންތިޚާބް ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑީ އިސްލާމީ ޚިޔާލުގެ މިޖަމާޢަތަށެވެ. އެއީ އެޖަމާޢަތުގައި ހަރުދަނާ ސިޔާސީ ޕްލޭނެއް އެކަށާއެޅިފައިވާތީކަށް އެފަރާތްތަކުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.