އަފްޣާނިސްތާނުގައި މިދިޔަ ހޮނިހިރު ދުވަހު އެމެރިކާސިފައިންގެ އެތައްބަޔަކު މަރާލައިފިއެވެ.
ރަސްމީ ފަރާތްތަކުން ޚަބަރު ދިން ގޮތުގައި އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި މުޖާހިދުން އިއްޔެ ދިން ޙަމަލާތަކުގައި މަރުވި އެމެރިކާސިފައިންގެ އަދަދަކީ 6 އެކެވެ. ނަމަވެސް މުޖާހިދުންގެ ބައެއް ވެބްސައިޓުތަކުން ހާމަކުރާ ގޮތުގައި އިއްޔެ މަރާލެވުނު އެމެރިކާ ސިފައިންގެ އަދަދު 15 އަށްވުރެ މަތިވާނެއެވެ.
އިއްޔެގެ ހަމަލާތަކާއި ގުޅިގެން އެމެރިކާއިން ހާމަކުރާގޮތުގައި މިމަހުގެ މިހާތަނަށް މަރުވި އެމެރިކާސިފައިންގެ އަދަދަކީ 23 އެވެ. އަދި މިދިޔަ މަހު އަފްޣާނިސްތާނުގައި މަރުވި އެމެރިކާސިފައިންގެ އަދަދަކީ 60 އެވެ. އެމެރިކާއާއި ނޭޓޯ ސިފައިންނަށް މުޖާހިދުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތެރި ހަމަލާތަކާއިވިދިގެން އެކަމާއި ބިރުން އަމިއްލައަށް މަރުވާސިފައިންގެ އަދަދުވެސް އުޅެނީ ވަރަށް މަތީގައެވެ.
އަފްޣާނިސްތާނާއި ޢިރާޤުގައި މަރުވާ އެމެރިކާ ސިފައިންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. މިކަމާ ގުޅިގެން އޮބާމާގެ ސަރުކާރަށް މިހާރުވަނީ މީންދުވަހަކު ކުރިމަތިނުވާވަރަށް ޢާއްމުންގެ ޕްރެޝަރު ކުރިމަތިވެފައެވެ.
اللهم انصر المجاهدين في سبيلك في كل مكان
ރާއްޖެއިސްލާމް.ކޮމް އިން ނަކަލުކޮށްފައި

ކޮމެންޓް (0)
ލޯޑް ކުރަމުން...