އެފްރިކާ ލީބިޔާގެ ދެކުނުން ގައްޒާފީގެ ދަރި ސައިފުލް އިސްލާމް ހައްޔަރުކޮށްފި

ލީބިޔާގެ ދެކުނުން ގައްޒާފީގެ ދަރި ސައިފުލް އިސްލާމް ހައްޔަރުކޮށްފި

ލީބިޔާގެ ދެކުނުން ގައްޒާފީގެ ދަރި ސައިފުލް އިސްލާމް ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައިފުލް އިސްލާމް ހައްޔަރު ކުރުމަށްފަހު މަދިންދާ ބޯޓުގައި ޒިންޓާނަށް އައިސް. Photo: Ismail Zitouni/Reuters

 

ލީބިޔާގެ ދެކުނުން ގައްޒާފީގެ ދަރި ސައިފުލް އިސްލާމް ހައްޔަރުކޮށްފިއެވެ.

 

ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރި ސައިފުލް އިސްލާމް ހައްޔަރު ކުރެވިފައިވާކަން ލިބިއާގެ އިންތިގާލީ ކައުންސިލްގެ ޖަސްޓިސް މިނިސްޓަރު ވަނީ މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ. ލީބިއާގައި ކުރިއަށް ދިޔަ ހަނގުރާމައަށް ފަހު ފިލައިގެން އުޅެނިކޮން އޭނާ ހައްޔަރުކުރެވިފައިވަނީ ލީބިޔާގެ ދެކުނުން ކަމަށާއި މިހާރު ސައިފުލް އިސްލާމް ވަނީ ލީބިއާގެ ޒިންޓާން  އޭ ކިޔުނު ސަރައްދުގައިކަމަށެވެ. ޚަބަރުތައް ބުނާގޮތުގައި ބަދަލުކުރެވުނު ހަމަލާތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ޒަހަމްވެފައިވާކަމަށާއި އެހެނަސް އެހާބޮޑު ޒަހަމްތަކެއް ލިބިފައިނުވެއެވެ. ދާދިފަހުން މީޑިއާގައި އާންމުވެފައިވާ ފޮޓޯއެއްގައި ސައިފް ހެޔޮހާލުގައި ޒިންޓާއަށް ފޭބުމުގެ ކުރިން މަދިންދާބޯޓުގައި އިށީންދެގެން އިން މަންޒަރު ފެނެއެވެ. (މަތީގައިވާ ފޯޓޯގައި) އަދި އިތުރު ފޮޓޯއެއްގައި ސޯފާއެއްގައި އަރިއަކަށް އޮށޯވެގެން އޮތްއިރު ނަމަވެސް އަތްތިލަ ޒަޚަމްވުމުން ބެންޑޭޖްކޮށްފައިވެއެވެ.

 

ލީބިއާގެ ކުރީގެ ސަރުކާރުގައި ނުފޫޒުގަދަ ސައިފުލް އިސްލާމް ހައްޔަރު ކޮށްފައި މިވަނީ އިންޓަނެޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އޭނާ ހައްޔަރުކުރުމަށް  އަމުރު ނެރެފައިވަނިކޮށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.