ސެކިއުރިޓީ ބޯޑަރު ފޫދުއްވާލުމަށްފަހު ވޯލްޑްކަޕް ޓްރޮފީ ޖަހައިގަންނަން މަސައްކަތް ކޮށްފިއެވެ.
ރޭ އޮތް ވޯލްޑް ކަޕްގެ ފައިނަލް މެޗް ފެށުމުގެ ކުޑައިރުކޮޅެއްކުރިން 'އިންސާނީ ތަފާތުކުރުމާއި ދެކޮޅު' ޓީޝާޓެއް ލާފައިވާ ހުރި މީހަކު ސެކިއުރިޓީން ފޫދުއްވާލުމަށްފަހު ޓްރޮފީއާއި ދާދި ގާތަށްވަނީ އައިސްފައެވެ. އޭނާގެ ޓީޝާޓުގައި 'ޖިމީ ޖަމްޕް' ވެސް ޖަހާފައިވެއެވެ. އޭނާއަށް ޓްރޮފީއާއި ގާތްވިކަމުގައިވިޔަސް ޓްރޮފީ ކައިރީ ހުރި ސެކިއުރިޓީ ގާޑެއްގެ އަވަސް ހަރަކާތުން އޭނާވަނީ ބިންމައްޗަށް ވައްޓާލާފައެވެ.
ޓްރޮފީ ޖަހައިގަންނަން ދިޔަ މިމީހާ އަތުލައިގަނެ ހަތް ސެކިއުރިޓީންގެ ބެލުމުގެ ދަށުގައި ގެންދިޔަ އިރު ފައިނަލް މެޗުގައި ކުޅޭ ދެޓީމުން ދަނޑުމަތީގައި ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ.
ދަނޑުމައްޗަށާއި ޓީމުތަކަށް ދޭ ޓްރޮފީއަކީ އަސްލު ޓްރޮފީ އެއް ނޫނެވެ. އެއީ ރަމްޒީ ޓްރޮފީއެކެވެ. އަސްލު ޓްރޮފީގެ އަގުބޮޑުކަމުން އެޓްރޮފީ ޗެމްޕިއަން ޓީމަށްވެސް ނުދޭކަމަށް ހަބަރުތަކުންބުނެއެވެ. ޗެމްޕިއަން ޓީމަށްދެނީ ރަން ޕްލެޓް ލާފައިވާ 'ނަމޫނާ' ޓްރޮފީއެކެވެ.





ކޮމެންޓް (0)
ލޯޑް ކުރަމުން...