ދިއިސްލާމް ނޯވޭ ސަރުކާރުގެ މައިމަރުކަޒަށް ޓެރަރިސްޓް ހަމަލާ ދިން އެންޑަރސް ބެހްރިން ބްރީވިކްގެ ޝަރީޢަތް ފަށައިފި

ނޯވޭ ސަރުކާރުގެ މައިމަރުކަޒަށް ޓެރަރިސްޓް ހަމަލާ ދިން އެންޑަރސް ބެހްރިން ބްރީވިކްގެ ޝަރީޢަތް ފަށައިފި

ނޯވޭ ސަރުކާރުގެ މައިމަރުކަޒަށް ޓެރަރިސްޓް ހަމަލާ ދިން އެންޑަރސް ބެހްރިން ބްރީވިކްގެ ޝަރީޢަތް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ނޯވޭ ސަރުކާރުގެ މައިމަރުކަޒަށް ޓެރަރިސްޓް ހަމަލާދިން ބްރީވިކް

ނޯވޭގެ ވެރިރަށް އޮސްލޯގައި ހުންނަ އެގައުމުގެ ސަރުކާރުގެ މައިމަރުކަޒަށް މިއަހަރު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު އެންޑަރސް ބެހްރިން ބްރީވިކްގެ ޝަރީޢަތް ނޯވޭގައި ފަށައިފިއެވެ.

ޖުލައި 22 ގައި ދިން މިނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި 77 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައި ވެއެވެ. މި ހަމަލާގެ ޒިންމާ ބްރީވިކް ވަނީ އުފުލާފައެވެ. މިޝަރީޢަތަށް ބްރީވިކް ގެންގޮސްފައިވަނީ ފުލުހުންގެ ހައްޔަރުގައި ހުރެގެންނެވެ.

ޝަރީޢަތުގައި ބްރީވިކަށް ވާހަދައްކަން ފުރުޞަތު ދިނުމުން ހަރުކަށިކަމާއެކު ބްރީވިކް ބުނެފައިވަނީ އޭނާ އަކީ ނޯވޭގެ ރެސިސްޓެންސް މޫވްމަންޓްގެ މިލިޓަރީ ކޮމާންޑަރެއް ކަމަށެވެ. ފުރަތަމަ ޝަރީޢަތުގައި ބްރީވިކްގެ ހައްޔަރުގެ މުއްދަތު 12 ހަފްތާ އަށް އިތުރުކޮށްފައި ވެއެވެ. އެހެންކަމުން އަންނަ އަހަރުގެ ފެބުރުއަރީ 6 އާ ހަމައަށް ބްރީވިކް ހުންނާނީ ފުލުހުންގެ ހައްޔަރުގައެވެ.

ޤާނޫނީ ބައެއް ފަރާތްތަކުން ބުނެފައިވަނީ ބްރީވިކްގެ މައްޗަށް 21 އަހަރުގެ ޖަލުގެ ޙުކުމެއް ތަންފީޒު ކުރެވޭނެ ކަމަށެވެ.

މިފަދަ ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއެއް ރޭވުމުގެ ފަހަތުގައިވީމީހެއްގެ ޝަރީޢަތް މިހާ ފިނިކޮށް ކުރިއަށްގެންދާތީ ބައިނަލްއަޤްވާމީ މުއްސަސާތަކުން ދަނީ ނޯވޭއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ބްރީވިކް އަކީ ކްރިސްޓިއަން ދީނުގެ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓެކެވެ. އޭނާ މި ހަމަލާ ދީފައިވަނީ ޔޫރަޕްގައި އިސްލާމްދީން ބާރުމިނުގައި ފެތުރެމުންދާތީ، މުސްލިމުންނަށް އަންނަ ރުޅިން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ނޯވޭ ސަރުކާރުގެ މައިމަރުކަޒަށް ޓެރަރިސްޓް ހަމަލާދިން ބްރީވިކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.